އަނަކް ކްރަކަޓާއު އަލިފާންފަރުބަދަ ގޮވުމާ ގުޅިގެން އިންޑޮނޭޝިއާގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރައިފި

އިންޑޮނޭޝިއާގެ މަޝްހޫރު އަލިފާންފަރުބަދައެއް ކަމަށްވާ އަނަކް ކްރަކަޓާއު އާދީއްތަ ދުވަހު ގޮވައި، ޖައްވުގެ ތެރެއަށް އަޅިތައް ބޭރުވުމުގެ ސަބަބުން އެ ޤައުމުގެ އެކި ސަރަޙައްދުތަކުގެ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރައިފިއެވެ.

މި ހާދިސާއާ ގުޅިގެން ޖަކާޓާ ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ މައި ވައިގެ ބަނދަރު، ސުކާނޯ-ހައްތާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން ވަނީ މެދުކަނޑާލަން ޖެހިފައެވެ. މީގެ އިތުރުން، ވައިގެ ތެރެއަށް ފެތުރިގެންދިޔަ އަޅީގެ ސަބަބުން އެ ސަރަޙައްދުގެ އިތުރު ފަސް އެއާޕޯޓެއްގެ ދަތުރުތަކަށް ވެސް ވަނީ އަސަރުކޮށްފައެވެ.

އަލިފާންފަރުބަދަ ގޮވަން ފަށާފައިވަނީ އެ ޤައުމުގެ ގަޑިން ފަތިހު 3:53 ހާއިރުއެވެ. ގާތްގަނޑަކަށް 30 ސިކުންތަށް ދެމިގެންދިޔަ މި ގޮވުމާއެކު ދިޔާ އަލިފާން (ލާވާ) އަދި ބޮޑެތި އަދަދަކަށް އަޅި ބޭރުވަމުންދާ ކަމަށް ކަމާބެހޭ އިދާރާތަކުން ރިޕޯޓުކޮށްފައިވެއެވެ. ޖައްވުގެ ތެރެއަށް 20،000 އާއި 50،000 ފޫޓު އުސްމިނަށް އެރި މި އަޅީގެ ވިލާގަނޑު ވަނީ ޖަކާޓާ، ބަންޓެން އަދި ވެސްޓް ޖާވާ ފަދަ ސަރަޙައްދުތަކަށް ފެތުރިފައެވެ.

މި ހާދިސާގެ ސަބަބުން 516 ފްލައިޓެއްގެ ދަތުރުތަކަށް ބުރޫއަރައި، ގާތްގަނޑަކަށް 22،800 ފަސިންޖަރުންނަށް އޭގެ އަސަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއާލައިންތަކުން ދަތުރުތައް ކެންސަލްކޮށް ނުވަތަ ފަސްކުރަމުންދާއިރު، ފަސިންޖަރުން ފުރުމުގެ ކުރިން އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، އަސަރުކޮށްފައިވާ ސަރަޙައްދުތަކުގެ ސްކޫލްތަކުގެ ކިޔެވުމާއި މަސްވެރިކަމުގެ ޙަރަކާތްތައް ވެސް ވަގުތީ ގޮތުން ވަނީ ހުއްޓާލާފައެވެ. މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ނުވަތަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އަލިފާންފަރުބަދައިން ބޭރުވާ ވިހަ ގޭހާއި އަޅީގެ ސަބަބުން ނުރައްކާ އޮތުމުން، އޮފިޝަލުން ދަނީ އެ ސަރަޙައްދު ވަރަށް ގާތުން މޮނީޓަރު ކުރަމުންނެވެ.

ޖާވާ އަދި ސުމަޓްރާ ދެމެދު އޮންނަ ސުންޑާ ކަނޑުއޮޅީގައި އޮންނަ އަނަކް ކްރަކަޓާއު އަލިފާންފަރުބަދައަކީ، 2018 ވަނަ އަހަރު ވަރުގަދައަށް ގޮވައި ބިމުން ބައެއް ކަނޑަށް ގިރައިގެން ދިއުމުގެ ސަބަބުން ނުރައްކާތެރި ސުނާމީއެއް އުފެދި ގިނަ ބައެއްގެ ފުރާނަ ގެއްލިގެންދިޔަ ހާދިސާއާ ގުޅިގެން މުޅި ދުނިޔެއަށް ވެސް މަޝްހޫރުވެފައިވާ ތަނެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026