ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ސްރީލަންކާ ފަސް ދަރަޖަ ކުރިއަށް
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ސްރީލަންކާ ފަސް ދަރަޖަ ކުރިއަށް

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ސްރީލަންކާ ފަސް ދަރަޖަ ކުރިއަށް ޖެހިލައިފި

2026 ވަނަ އަހަރުގެ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ސްރީލަންކާ ފަސް ދަރަޖަ ކުރިއަށް ޖެހިލައި، 134 ވަނަ މަގާމަށް އަތުވެއްޖެއެވެ. ޖުމްލަ 180 ގައުމެއްގެ މައްޗަށް ބަލައި ތައްޔާރުކޮށްފައިވާ މި އިންޑެކްސްގައި ސްރީލަންކާއަށް ލިބިފައިވަނީ 40.77 ގެ ސްކޯއެކެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރް.އެސް.އެފް) އިން ނެރުނު އެންމެ ފަހުގެ ރިޕޯޓުން ދައްކާ ގޮތުގައި، މިއީ 2025 ވަނަ އަހަރު ސްރީލަންކާ އޮތް 139 ވަނަ މަގާމާ އަޅާބަލާއިރު ލިބުނު ކުރިއެރުމެކެވެ.

އާރް.އެސް.އެފް އިން ފާހަގަކުރާ ގޮތުގައި ސްރީލަންކާގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރި ހުރަސްތައް ބޮޑަށް ގުޅިފައިވަނީ 2009 ވަނަ އަހަރާ ހަމައަށް އެ ގައުމުގައި ކުރި ދާޚިލީ ހަނގުރާމައާއެވެ. އަދި ޓެމިލް ހަނގުރާމަވެރިން ބަލިކުރި ދުވަސްވަރު ގިނަ އަދަދެއްގެ ނޫސްވެރިންނަށް އަމާޒުކޮށް ހިންގި އަނިޔާވެރި އަމަލުތަކަށް މިހާތަނަށްވެސް އިންސާފު ލިބިފައި ނުވުމަކީ މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެ ޖަމިއްޔާއިން ބުނެއެވެ.

އެންމެ ފަހުގެ ރިޕޯޓުގައިވާ ގޮތުން، 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގައި ނޫސްވެރިކަން އަދިވެސް އޮތީ ނުރައްކަލުގެ ތެރޭގައެވެ. އެގޮތުން މީޑިއާގެ ދާއިރާގައި ތަފާތު ޚިޔާލުތަކަށް ފުރުސަތު ކުޑަވުމާއި، މީޑިއާގެ ކޮންޓްރޯލް މަދު ބައެއްގެ އަތްމަތީގައި އޮތުމުގެ އިތުރުން، މީޑިއާ އިދާރާތަކަކީ ސިޔާސީ ބޮޑެތި އާއިލާތަކަށް ބަރޯސާވެފައިވާ ތަންތަން ކަމަށް އާރް.އެސް.އެފް އިން ބުނެއެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ދުނިޔޭގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ "ދަތި" ނުވަތަ "ވަރަށް ނުރައްކާތެރި" ހާލަތެއްގައި ކަމަށް މި އިންޑެކްސްއިން ދައްކައެވެ.

ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި، އިންޑެކްސްގައި ހިމެނޭ 180 ގައުމާއި ސަރަހައްދުގެ އެވްރެޖް ސްކޯ މިހާ ދަށަށް ދިޔަ މިއީ ފުރަތަމަ ފަހަރެވެ. 2001 ވަނަ އަހަރުން ފެށިގެން، ޚާއްސަކޮށް ގައުމީ ސަލާމަތާ ގުޅުންހުރި ސިޔާސަތުތަކުގެ ދަށުން ހަރުކަށި ގާނޫނުތައް އިތުރުވުމުގެ ސަބަބުން، ޑިމޮކްރެޓިކް ގައުމުތަކުގައިވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ދަނީ ދަށްވަމުންނެވެ.

މި އަހަރުގެ އިންޑެކްސްގައި އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ ގާނޫނީ މިންގަނޑުތަކެވެ. މިއީ މުޅި ދުނިޔޭގައިވެސް ނޫސްވެރިކަމަކީ ކުށެއްގެ ގޮތުގައި ބަލާ މިންވަރު އިތުރުވަމުންދާކަމުގެ ސާފު ހެއްކެކެވެ. 2025 އާއި 2026 އާ ދެމެދު، އިންޑެކްސްގައި ހިމެނޭ 180 ގައުމުގެ ތެރެއިން 60 އިންސައްތައަށްވުރެ ގިނަ ގައުމުގައި (110 ގައުމެއްގައި) މި ދާއިރާގެ ސްކޯ ވަނީ ދަށަށް ގޮސްފައެވެ.

މި ހާލަތު އެންމެ ބޮޑަށް ފާހަގަކުރެވެނީ އިންޑިއާ (157 ވަނަ)، މިސްރު (169 ވަނަ)، އިސްރާއީލް (116 ވަނަ) އަދި ޖޯޖިއާ (135 ވަނަ) ފަދަ ގައުމުތަކުންނެވެ. ނޫސްވެރިކަމުގެ ގާނޫނުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި، ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުތަކާއި އާންމު ގާނޫނުތައް ބޭނުންކޮށްގެން ނޫސްވެރިކަން ކުށެއްގެ ގޮތުގައި ކަނޑައެޅުމަކީ މުޅި ދުނިޔޭގައިވެސް އާންމުވަމުންދާ ކަމެކެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދުގެ 32 ގައުމާއި ސަރަހައްދުގެ ތެރެއިން 21 ތަނެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ "ދަތި" ނުވަތަ "ވަރަށް ނުރައްކާތެރި" ހާލަތެއްގައެވެ.

މިއީ ދުނިޔޭގައި ނޫސްވެރިކަމަށް އެންމެ ބޮޑަށް ހުރަސްއަޅާ އެއް ސަރަހައްދު ކަމަށްވާއިރު، މި ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ. މީގެ މައިގަނޑު ސަބަބަކީ ނޫސްވެރިންނާ ދެކޮޅަށް ގާނޫނީ ގޮތުން ދޭ ހަމަލާތަކާއި، އަސާސެއް ނެތް ދައުވާތަކާއި، ހަރުކަށި ގާނޫނުތަކެވެ.

މީގެ އިތުރުން، މި ސަރަހައްދުގެ މުސްތަބިއްދު ސަރުކާރުތަކުން، ޚާއްސަކޮށް ޗައިނާއިން ގެންގުޅޭ ސެންސަރުކުރުމާއި ދޮގު މައުލޫމާތު ފެތުރުމުގެ އުސޫލުތައް މިހާރު އެ ގައުމުތަކުގެ ބޯޑަރުން ބޭރަށް ފެތުރެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

ވިދިވިދިގެން 10 ވަނަ އަހަރަށް މި އިންޑެކްސްގެ އެއްވަނަ ނޯވޭއިން ހޯދާފައިވާއިރު، އެންމެ ފުލުގައި އޮތީ ވިދިވިދިގެން ތިންވަނަ އަހަރަށް އެރިތުރިއާއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026