އީދު ބަންދަށް 24 އަދި 25 ވެސް ބަންދު ކޮށްފި

ހ ހަޅަ
ޚަބަރު 13 May 2026

2026 މޭ 24 ވާ އާދީއްތަ ދުވަހާއި، 2026 މޭ 25 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދެދުވަހުގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ، އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން، ޢާއިލާއާއެކު ވީހާވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައެވެ. ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މިހާރު ވެސް ކަލަންޑަރުގައިވާ ގޮތުގެމަތީން، 2026 މޭ 31 ވާ އާދީއްތަ ދުވަހުއެވެ.

މި އަހަރުގެ އަޟްހާ އީދު ދުވަހަކީ 26 މެއި 2026 އެވެ. އަދި އީދު ބަންދުގެ ގޮތުގައި ލިބޭ 3 ދުވަހާއެކު ހަފްތާ ބަންދު ވެސް މީގެ ތެރެއަށް ވަދެގެންދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
85 ޒުވާން ޚަޠީބުން، ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ހަތަރު ވަނަ ބުރު ނިންމާ ސަނަދު ހާސިލްކޮށްފި
85 ޒުވާން ޚަޠީބުން، ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ހަތަރު ވަނަ ބުރު ނިންމާ ސަނަދު ހާސިލްކޮށްފި
މި ތަމްރީން ޕްރޮގުރާމު ފުރިހަމަކޮށް ސަނަދު ޚާސިލްކުރި ޚަޠީބުންނަށް ސަނަދު ދިނުމަށް މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
ޚަބަރު 27 Jun 2026
ފުވައްމުލައް ސިޓީ ޤުރުއާނާއި ބެހޭ މަރުކަޒު ހުކުރު ދުވަހު ހަވީރު ހުޅުވަނީ
ފުވައްމުލައް ސިޓީ ޤުރުއާނާއި ބެހޭ މަރުކަޒު ހުކުރު ދުވަހު ހަވީރު ހުޅުވަނީ
ފުވައްމުލައް ސިޓީގައި ސަރުކާރުން އިމާރާތްކުރި ޤުރުއާނާއި ބެހޭ މަރުކަޒު ހުކުރު ދުވަހު ހަވީރު ހުޅުވަން ތައްޔާރުވެއްޖެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ޚަބަރު 25 Jun 2026
ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފީ ދެއްކުމަށް ބީއެމްއެލް އިން ކާޑު ލިމިޓް އިތުރުކޮށްފި
ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފީ ދެއްކުމަށް ބީއެމްއެލް އިން ކާޑު ލިމިޓް އިތުރުކޮށްފި
ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ބޭނުންވާ ބޭރު ފައިސާގެ ދަތިކަން ހައްލުކޮށްދިނުމުގެ ގޮތުން، ވިސާއާ ގުޅުންހުރި ފީތައް ދެއްކުމަށް ކާޑު ލިމިޓް އިތުރުކޮށްދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
ޚަބަރު 25 Jun 2026
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށާއި އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތި ޓްރެފިކްކުރާކަމުގެ ތުހުމަތުގައިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ޚަބަރު 25 Jun 2026