ފުރަތަމަ ފްލައިޓުން މައްކާއަށް އައި ޙައްޖާޖީން މަދީނާއަށް ދިޔުމަށް ޓްރެއިން ސްޓޭޝަންއަށް ދާން ތައްޔާރުވެފަ.
ފުރަތަމަ ފްލައިޓުން މައްކާއަށް އައި ޙައްޖާޖީން މަދީނާއަށް ދިޔުމަށް ޓްރެއިން ސްޓޭޝަންއަށް ދާން ތައްޔާރުވެފަ.

ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ތާރީޚުތަކާއި ގަޑިތައް ހާމަކޮށްފި

މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ތާރީޚުތަކާއި ފްލައިޓްތަކުގެ ތަފްޞީލް މޯލްޑިވްސް ޙައްޖު މިޝަނުން މިހާރު ވަނީ އިޢުލާނުކޮށްފައެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައިވާ ގޮތުން، ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ. މި ހުރިހާ ފްލައިޓްތަކެއްވެސް ފުރުމަށް ހަމަޖެހިފައިވަނީ ސައުދީ އަރަބިއްޔާގެ މަދީނާއިން ކަމަށް އެ މިޝަނުން މަޢުލޫމާތު ދެއެވެ.

މިގޮތުން ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ފުރަތަމަ ފްލައިޓަކީ 2026 ޖޫން 5 ވާ ދުވަހު ސައުދީ އަރަބިއަން އެއާލައިންސް އިން ދަތުރުކުރާ ފްލައިޓެކެވެ. މި ފްލައިޓް މަދީނާއިން ފުރުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ފަތިހު 03:15 ގައި ކަމަށްވާއިރު، ރާއްޖެއަށް އާދެވޭނެ ކަމަށް ލަފާކުރެވެނީ މެންދުރުފަހު 14:00 ގައެވެ. އަދި ދެވަނަ ފްލައިޓް ޖޫން މަހުގެ 7 ވަނަ ދުވަހު މޯލްޑިވިއަން އެއާލައިންގައި ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، އެ ފްލައިޓް މަދީނާއިން ފުރާނީ ހެނދުނު 09:40 ގައެވެ. މި ފްލައިޓް ރާއްޖެއަށް ލަފާކުރާ ގަޑިއަކީ އެދުވަހުގެ ހަވީރު 17:40 އެވެ.

ޙައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައިވާ ތިންވަނަ ފްލައިޓް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 8 ވަނަ ދުވަހު ސައުދީ އަރަބިއަން އެއާލައިންސްގައެވެ. މި ފްލައިޓްވެސް މަދީނާއިން ފަތިހު 03:15 ގައި ފުރައިގެން ރާއްޖެއަށް އާދެވޭނެ ކަމަށް ބެލެވެނީ މެންދުރުފަހު 14:00 ގައެވެ. އެންމެ ފަހު ފްލައިޓް ނުވަތަ ހަތަރުވަނަ ފްލައިޓް ޖޫން މަހުގެ 9 ވަނަ ދުވަހު މޯލްޑިވިއަންގައި ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފްލައިޓް މަދީނާއިން ފުރާނީ އެދުވަހުގެ ހަވީރު 16:00 ގައި ކަމަށްވާއިރު، ރާއްޖެއަށް އާދެވޭނީ ޖެހިގެން އަންނަ ދުވަހުގެ ދަމުން ބައިގަޑި އެއްހާއިރު ނުވަތަ 00:01 ގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޙައްޖުވެރިންގެ ކަންކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާއިރު، ޙައްޖުވެރިން އެނބުރި ރާއްޖެ އައުމުގެ އިންތިޒާމްތައް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި ޙައްޖު މިޝަނުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. ޙައްޖުވެރިން އެނބުރި އައުމުން އެ ފަރާތްތަކަށް މަރުޙަބާ ކިޔުމުގެ އިންތިޒާމްތައް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މިހާރު ދަނީ ރޭވެމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
ޚަބަރު 13 Oct 2026
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
މިކަމަށް ޓަކައި އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ޚަބަރު 13 Oct 2026
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
މި ނިންމެވުމުގެ މަޤްޞަދަކީ، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތަށް އެދި ދިގު މުއްދަތަކަށް އިންތިޒާރުކުރަމުންދާ އުމުރުން ދުވަސްވީ މީހުން އެ މާތް އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދެއްވުމެވެ.
ޚަބަރު 12 Oct 2026