އީރާނުން ރައްދު ހަމަލާތަކެއް ޔޫއޭއީ އާއި ކުވައިތަށް ދީފި

އެމެރިކާއިން އީރާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް ރައްދު ދިނުމުގެ ގޮތުން ކުވައިތާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުރި އަސްކަރީ މަރުކަޒުތަކަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ބުނެފިއެވެ. ނަމަވެސް، އެމެރިކާގެ އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރޭ އީރާނުން ދިން އެއްވެސް ހަމަލާއެއް އެ ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް، އޭގެ ތެރޭގައި ކުވައިތުގައި ހުރި މަރުކަޒުތަކަށް ވެސް، އަމާޒުވެފައި ނުވާ ކަމަށެވެ.

އީރާނުން ތަކުރާރުކޮށް ދެމުންދާ ހަމަލާތައް ކުވައިތުން ވަނީ ކުށްވެރިކޮށްފައެވެ. ކުވައިތުން ބުނެފައިވަނީ މިއީ އެ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، ގައުމުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށެވެ. މީގެ އިތުރުން، ޔަމަނުގެ ތާއިޒްގެ ހުޅަނގު ފަރާތުގެ އެކި ސަރަހައްދުތަކުގައި ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މެދުއިރުމަތީގެ އެހެނިހެން ހަބަރުތަކަށް ބަލާއިރު، ދެކުނު ލުބުނާނުން ހައްޔަރުކުރި ފަސް ރައްޔިތަކު މިނިވަންކޮށްފައިވާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވަނީ ހާމަކޮށްފައެވެ. އަދި ނަބަތިއްޔާ އަލްފައުގާ ކައިރީގައިވާ އަލީ އަލްތާހިރު ފަރުބަދަމަތީގެ އަޑީގައި ހުރި ހިޒްބުﷲ ގެ ކޮމާންޑް ސެންޓަރެއްގެ އިންފްރާސްޓްރަކްޗާ ނައްތާލާފައިވާ ކަމަށް އިސްރާއީލު ސިފައިން ބުނެފައިވެއެވެ. އިސްރާއީލުން ބުނި ގޮތުގައި އެތަނުގެ ތެރޭގައި ތިބި ބަޔަކު މަރުވެފައިވާއިރު، އިތުރު ބަޔަކު ވަނީ ފިލާފައެވެ.

އީރާން އެކަހެރިކުރުމާ ގުޅޭގޮތުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ، ޗައިނާއިން މިކަމުގައި އެއްބާރުލުން ދިނުމުގެ ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ވިޔަފާރި އުޅަނދުތަކަށް އީރާނުން ދޭ ހަމަލާތަކަށް އަދަބު ލިބެންޖެހޭނެ ކަމަށާއި، ގަލްފުގެ ގައުމުތަކާއި ތުރުކީ އަދި އަޒަރުބައިޖާނުން ވޮޝިންޓަނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން އީރާނަށް ނިއުކްލިއާ ބާރަކަށް ވިޔަނުދިނުމަށް ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށްވެސް ވެންސް ފާހަގަކުރެއްވިއެވެ.

މިދަނޑިވަޅުގައި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) އިން އިސްރާއީލުގައި ހުންނަ އެ ގައުމުގެ އެމްބަސީ ތެލް އަވީވުން ގުދުސްއަށް ބަދަލުކުރުމަށް ނިންމާފައިވާކަން ވަނީ އިއުލާނުކޮށްފައެވެ. ޑީއާރުސީގެ ރައީސް ފެލިކްސް ޝިސެކެދީ އިސްރާއީލަށް ކުރެއްވި ދަތުރުފުޅުގައި މިކަން އިއުލާނުކުރެއްވިއިރު، މިއީ ގުދުސްގައި އެމްބަސީ ގާއިމުކުރާ 11 ވަނަ ގައުމެވެ. ގުދުސްގެ މިލްކުވެރިކަމާމެދު ބޮޑެތި ދެބަސްވުންތަކެއް އޮތުމުން ގިނަ ގައުމުތަކުން އެމްބަސީތައް ބަހައްޓަނީ ތެލް އަވީވްގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ލިލީމީޑް / އއ. ރަސްދޫ، މުޙައްމަދު ޢުލްވާން ރަޝީދު )21އ( އާއި، ގުލްދަސްތާގެ / އއ. ރަސްދޫ، އަޙްމަދު ޢަރީފު )37އ( އާއި، ހަވާމަންޒިލް / އއ. ރަސްދޫ، އިބްރާހީމް ދިނާން )30އ( އާއި، ފެހިވިނަ / އއ. ރަސްދޫ، އަޙްމަދު އިކުލީލް )37އ( އާއި، ކާރނޭޝަންމާގެ / އއ. ރަސްދޫ، އަޙްމަދު މުޙައްމަދު )44އ( އަދި ކާރނޭޝަންމާގެ / އއ. ރަސްދޫ، ޢަލީ ވަސީމް )44އ( އާއި، ވިދުވަރުގެ / ހދ. ކުމުންދޫ، ލީނާ މޫސާ )23އ( އާއި، ހިކިފިނިފެންމާގެ / އއ. ތޮއްޑޫ، ރިމާޒު މުޙައްމަދު )29އ( ގެ އިތުރުން ބަންގްލަދޭޝް، މެހެދީ ހަސަން )27އ( އެވެ.
ޚަބަރު 18 Oct 2026
ސައިބަރ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ސީޕީ
ސައިބަރ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ސީޕީ
ސީޕީގެ މެސެޖުގައި ވަނީ ސައިބަރ ކުށްތައް ހުއްޓުވުމަށާއި، މިފަދަ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދައި، ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ފުޅާކުރަމުންކަން ފާހަގަކުރައްވާފައެވެ.
ޚަބަރު 18 Oct 2026
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ގޮތުން ހުންނަ ޚިޔާލުތަފާތުވުންތަކަކީ، ރާއްޖެއަށް އަންނަ އިންވެސްޓަރުންނާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ބަދަލުވެގެން ނުވާނެ ކަމަށާއި، އިންވެސްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ދޮގު ކެމްޕޭނުތައް ހުއްޓާލުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ޚަބަރު 17 Oct 2026
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026