330 ދިރާސާ ކަރުދާހާއެކު އެމްއެންޔޫގެ "ތެވެލި" ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 18 Aug 2026

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް 2026" ރެކޯޑު އަދަދެއް ކަމަށްވާ 330 ދިރާސާ ކަރުދާހާއެކު ރަސްމީކޮށް ފަށައިފިއެވެ. މިއީ 2017 ވަނަ އަހަރުން ފެށިގެން އެމްއެންޔޫ އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ކޮންފަރެންސްގެ 9 ވަނަ އެޑިޝަނެވެ.

އެމްއެންޔޫގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ކޮންފަރެންސް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ޝަރަފުވެރި މެހެމާން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދެވެ.

އޮގަސްޓް މަހުގެ 17 އިން 19 އަށް ކުރިއަށްދާ މި ކޮންފަރެންސަކީ ރާއްޖޭގައި ބޭއްވޭ މިފަދަ ސައިންޓިފިކް ކޮންފަރެންސަކަށް މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކަރުދާސް ހުށަހެޅުނު ފަހަރެވެ. މި އަހަރުގެ ކޮންފަރެންސްގައި ރާއްޖޭގެ އިތުރުން ދުނިޔޭގެ 25 ޤައުމަކުން ހުށަހަޅާފައިވާ ދިރާސާތައް ހިމެނެއެވެ.

މި ކޮންފަރެންސްގެ ސެޝަންތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮފެސަރުންނާއި، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ދިރާސާވެރިންގެ އިތުރުން ކުންފުނިތަކާއި ޤައުމީ ފެންވަރުގައި ހޯދާފައިވާ ހޯދުންތަކުގެ މައްޗަށް އަލިއަޅުވާލެވޭނެއެވެ.

މި އަހަރުގެ ކޮންފަރެންސްގެ ތީމަކީ "ޓްރާންސްފޯމޭޓިވް އިނޮވޭޝަން އިން ދަ 21ސްޓް ސެންޗަރީ: ސައިންސް، ޓެކްނޮލޮޖީ އެންޑް ސޮސައިޓީ" އެވެ. މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި ބައްލަވާލައްވާ ދާއިރާތަކުގެ ތެރޭގައި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތައް، އީޖާދާއި ޓެކްނޮލޮޖީ، ސައިންސާއި ޞިއްޙަތު، ދުނިޔޭގެ މަސްރަޙާއި ޞުލްޙަ، ތަޢުލީމު، ޖެންޑަރ އިކުއަލިޓީ، އިޤްތިޞާދާއި ވިޔަފާރި އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހިމެނެއެވެ.

ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، ތެވެލި ކޮންފަރެންސަކީ ދަރިވަރުންނަށް ޢިލްމާއި ދިރާސާއާއި އީޖާދީ ވިސްނުންތައް ކުރިއެރުވުމަށް ލިބޭ އަގުހުރި ފުރުޞަތެއް ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމެއް ނަމަވެސް، މިތަނުން އުފައްދާ ޢިލްމާއި ހޯދާ ހޯދުންތަކުގެ ފައިދާ ރާއްޖޭގެ ސަރަޙައްދުން ބޭރަށްވެސް ފޯރައި، އެތައް ބަޔަކަށް އެކި ގޮތްގޮތުން މަންފާކުރާނެ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ކޮންފަރެންސްގެ ޙަރަކާތްތަކުގެ ތެރެއިން އެމްއެންޔޫގެ ބެޗްލަރސް ޑިގްރީ ދަރިވަރުންނަށް ޚާއްޞަކޮށްގެން "އަންޑަރގްރެޖުއޭޓް ސްޓޫޑެންޓް ރިސާޗް ސިމްޕޯޒިއަމް" އިއްޔެ ވަނީ ބާއްވާފައެވެ. މީގެއިތުރުން ކޮންފަރެންސަށްފަހު ކުރިއަށްގެންދާ ޚާއްޞަ ވާރކްޝޮޕްތައް އޮގަސްޓް 20 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް އެކުލަވައިލުމަށް މަގުފަހިކުރުމާއި، ޢިލްމީ އަދި ސައިންޓިފިކް ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ މަތީ ތަޢުލީމުގެ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމެވެ. މީގެ އިތުރުން، އައު ޢިލްމު އުފައްދައި ކުރިއަރުވާ މަރުކަޒަކަށް އެމްއެންޔޫ ހެދުމާއެކު، ޤައުމީ ފެންވަރުގައި ނިންމާ މުހިންމު ނިންމުންތަކަކީ ޢިލްމީ ދިރާސާތަކުގެ އަލީގައި ނިންމާ ނިންމުންތަކަކަށް ހެދުމުގެ ނިޒާމު ތަރައްޤީކުރުމަށް އެހީތެރިވުމަކީވެސް މި ކޮންފަރެންސްގެ އަމާޒެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީ އަދި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.
ޚަބަރު 18 Aug 2026
ނެއްލާދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނެއްލާދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
ނިޒާމު ޓެސްޓްކޮށް ކަމިޝަން ކުރުމުގެ މަސައްކަތުގައި މި މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުން،ގެ އިތުރުން މަޝްރޫޢުގެ ކޮންޓްރެކްޓަރާއި، ފެނަކަ ކޯޕަރޭޝަނުން އަދި ނެއްލައިދޫ ކައުންސިލުން އަމަލީގޮތުން ބައިވެރިވެފައިވެއެވެ.
ޚަބަރު 18 Aug 2026
ރާއްޖޭގައި މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަށް އެކަމަށް ހާއްސަ އިތުރު 10 ޒޯން ކަނޑައަޅައިފި
ރާއްޖޭގައި މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަށް އެކަމަށް ހާއްސަ އިތުރު 10 ޒޯން ކަނޑައަޅައިފި
ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވައެވެ.
ޚަބަރު 18 Aug 2026
ޔުނެސްކޯ ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވްގެ ޓީމާ ވަޒީރު ބައްދަލުކުރައްވައިފި
ޔުނެސްކޯ ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވްގެ ޓީމާ ވަޒީރު ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ބަޔޮސްފިއަރ ރިޒާވް އޮފީހުގެ މުވައްޒަފުން ވަނީ އެ އޮފީހުން މިހާރު ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކާއި، ކުރިއަށް އޮތް ތަނުގައި ރޭވިފައިވާ ހަރަކާތްތަކާ ގުޅޭ ތަފުސީލީ މައުލޫމާތު ވަޒީރާ ހިއްސާކުރައްވާފައެވެ.
ޚަބަރު 18 Aug 2026