ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދޫކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 23 Jun 2026

ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދަމުންދާ ކުދިންގެ ތެރެއިން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަންޖެހޭ ކުދިންނަށް އެހީތެރިވުމުގެ ގޮތުން، ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ފައިސާ މިދިޔަ އާދީއްތަ ދުވަހު ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ހަވާލުކޮށްފައެވެ. މިއީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާގެ ކަންކަން ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދެވުނު އެހީއެކެވެ.

މި މާލީ އެހީއަކީ 21 ފެބުރުވަރީ 2024 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ދޫކުރެވުނު ފައިސާއެކެވެ. އެ އެއްބަސްވުމުގެ ދަށުން، ކޮންމެ އަހަރަކު ވެސް ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ބޭނުންވާ މާލީ އެހީތެރިކަން ޒަކާތު ފަންޑުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޒަކާތު ފަންޑުން ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން، ތެލެސީމިއާ ކުދިންނަށް ދައުލަތުގެ ހިލޭ އެހީގައި ބޯންމެރޯ ހެދުމުގެ ފުރުޞަތު މިހާރު ވަނީ އިތުރަށް ފުޅާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އދ.ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އދ.ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިރާއްޖެއަށް ކޮންމެ ދުވަހަކުވެސް ތަޙައްމަލުކުރަންޖެހިފައިވާ ހަޤީޤަތެއް ކަމަށާއި، މިކަމުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް )ސިޑްސް( އަށް ދިމާވެފައިވާ މައްސަލަތަކުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
ޚަބަރު 22 Sep 2026
ޔޫއެން އަށް މާނަހުރި އިޞްލާޙުތައް ގެނައުމަށާއި ހަމަހަމަ ތަމްސީލުވުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ: ރައީސް
ޔޫއެން އަށް މާނަހުރި އިޞްލާޙުތައް ގެނައުމަށާއި ހަމަހަމަ ތަމްސީލުވުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެ އދ. ގެ މެންބަރަކަށް ވިތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖުގައެވެ. އދ. ގެ މެންބަރުކަން ދިވެހިރާއްޖެއަށް ލިބިފައިވަނީ، 21 ސެޕްޓެމްބަރު 1965 ގައެވެ.
ޚަބަރު 22 Sep 2026
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން އީގަލް ހިލްސްއާ އެކު ސޮއިކޮށްފި
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން އީގަލް ހިލްސްއާ އެކު ސޮއިކޮށްފި
ޔޫއޭއީގެ އަބޫދާބީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު ސޮއިކުރެއްވިއިރު އީގަލް ހިލްސް ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން މުހައްމަދު އަލައްބާރުއެވެ.
ޚަބަރު 22 Sep 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވަން ނިންމަވައި، ފައިސަލް ނަސީމަށް ތާއީދުކުރެއްވުމަށް ރައީސް ސޯލިހު ނިންމަވައިފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވަން ނިންމަވައި، ފައިސަލް ނަސީމަށް ތާއީދުކުރެއްވުމަށް ރައީސް ސޯލިހު ނިންމަވައިފި
ރައީސް އިބޫ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމުގެ އަޑުތައް މީގެ ކުރިން ފެންމަތިވެފައިވާއިރު، އެމަނިކުފާނުގެ އަރިސް ބޭފުޅުން ވެސް އެކަން މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައިވެއެވެ. ނަމަވެސް އެމަނިކުފާނުގެ އެ ނިންމެވުން ބަދަލުކުރައްވާ ފައިސަލްއަށް ތާއިދުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
ޚަބަރު 22 Sep 2026