މިފްކޯއިން މި މަހުގެ 7 ވަނަ ދުވަހު ގަތް މަހަށް 393،205 ރުފިޔާ ދޫކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން 07 ޖޫން 2026 ވަނަ ދުވަހު މަސްވެރިންގެ އަތުން ގަނެފައިވާ މަހުގެ ތަފާސްހިސާބުތައް އެ ކުންފުނިން އާންމުކޮށްފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ ދުވަހު އެކި ސަރަހައްދުތަކުން ޖުމްލަ 393,205.50 ރުފިޔާގެ މަސް ވަނީ ގަނެފައެވެ.

މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިފްކޯއަށް 20 ދޯންޏަކުން 267,390.50 ރުފިޔާގެ ކަޅުބިލަ މަސް ކިރުވާފައިވެއެވެ.

މީގެ އިތުރުން، 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބޮޑު ކަންނެލި 11 ދޯންޏަކުން 21,840.00 ރުފިޔާގެ މަސް ކިރުވާފައިވާ ކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި 15 ދޯންޏަކުން 103,975.00 ރުފިޔާގެ 15 ކިލޯއިން މަތީގެ ބޮޑު ކަންނެލި ކިރުވާފައިވާ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.

ޖުމްލަ ގޮތެއްގައި 07 ޖޫން 2026 ވަނަ ދުވަހު މިފްކޯގެ އެކި ސަރަހައްދުތަކަށް 25 ދޯންޏަކުން ވަނީ މަސް ކިރުވާފައެވެ. މި ހުރިހާ ސަރަހައްދަކުން ކިރުވި މަހަށް ފައިސާ ދައްކާފައިވަނީ 09 ޖޫން 2026 ގައެވެ. މިފްކޯއަކީ ރާއްޖޭގެ މަސްވެރިން ބާނާ މަސް ގަނެ، އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރާ ސަރުކާރުގެ މައި ކުންފުންޏެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026
ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ދަޢުވަތު އަރުވައިފި
ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ދަޢުވަތު އަރުވައިފި
ރައީސް މި ދަޢުވަތު އެރުއްވީ ދެ ޤައުމުގެ ދެމެދުގައި މުހިންމު 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިއަދު މެންދުރުފަހު ދެއްވި ރަސްމީ ބަޔާނުގައެވެ. ބޮޑުވަޒީރަށް ދަޢުވަތު އަރުވަމުން ރައީސް ވިދާޅުވީ، ޕާކިސްތާނުން ދެއްވި ހޫނު މެހެމާންދާރީގެ ބަދަލުގައި، ރާއްޖެއިން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ އުފާ ހޯއްދެވުމަށް އިންތިޒާރު ކުރައްވާ ކަމަށެވެ.
ޚަބަރު 21 Oct 2026
ސާކް ސަމިޓް ބޭއްވުމުގެ މާހައުލު ގާއިމުކުރުމަށް މެންބަރު ގައުމުތަކާ ގުޅިގެން މަސައްކަތްކުރަން ރާއްޖެ ތައްޔާރު: ރައީސް މުއިއްޒު
ސާކް ސަމިޓް ބޭއްވުމުގެ މާހައުލު ގާއިމުކުރުމަށް މެންބަރު ގައުމުތަކާ ގުޅިގެން މަސައްކަތްކުރަން ރާއްޖެ ތައްޔާރު: ރައީސް މުއިއްޒު
ރައީސް މިހެން ވިދާޅުވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި، ދެ ގައުމުގެ ދެމެދުގައި މުހިންމު 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށް ފަހު ދެއްވި ބަޔާނުގައެވެ. ރައީސް ވިދާޅުވީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރަހައްދީ ގުޅުން ބަދަހިކުރުމުގައި ސާކްގެ މުހިންމުކަން ރާއްޖެއިން ގަބޫލުކުރާ ކަމަށާއި، ސާކް ހަރަކާތްތެރި ކުރުވުމަށް ރާއްޖެއިން އިސްނަގައިގެން ބިނާކުރަނިވި ދައުރެއް އަދާކުރަން ދެމިއޮންނާނެ ކަމަށެވެ. އަދި ސަރަހައްދީ އެއްބާރުލުމުގެ ފުރިހަމަ ފައިދާ ހޯދުމަށް އިތުބާރު ގާއިމުކުރުމާއި، މާނަހުރި މަޝްވަރާތައް ކުރުމާއި، އެއްބަޔަކު އަނެއް ބަޔަކަށް ދެނެގަތުން ވަރުގަދަކުރަން ޖެހޭ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ޚަބަރު 21 Oct 2026
ރާއްޖޭގެ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދުމަށް ދަތުރުފުޅުގެ ތެރެއިން މަޝްވަރާކުރެވުނު: ރައީސް ޑރ. މުޢިއްޒު
ރާއްޖޭގެ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދުމަށް ދަތުރުފުޅުގެ ތެރެއިން މަޝްވަރާކުރެވުނު: ރައީސް ޑރ. މުޢިއްޒު
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި ދެ ޤައުމުގެ ދެމެދުގައި 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށްފަހު، މިއަދު މެންދުރުފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސް ވިދާޅުވީ، ދެ ޤައުމުގެ މުސްތަޤުބަލާ ގުޅިފައިވާ ޒުވާނުން ބާރުވެރިކުރުވުމަކީ ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. ޕާކިސްތާނަކީ ޒަމާނުއްސުރެ ރާއްޖޭގެ ދަރިވަރުންނަށާއި، ކުޅިވަރު ކުޅުންތެރިންނާއި، ކޯޗުން އަދި އެކި ދާއިރާތަކުގެ ޒުވާން ޕްރޮފެޝަނަލުންނަށް ސްކޮލަޝިޕާއި ތަމްރީނުގެ އަގުހުރި ފުރުސަތުތައް ފަހިކޮށްދެމުން އަންނަ ޤައުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 21 Oct 2026