1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ

ދިވެހިރާއްޖޭގެ ސަރުކާރުން ވަނީ، ޙައްޖު ކިއޫގައި ތިން އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ހޭދަކޮށްފައިވާ ފަރާތްތަކަށް އިސްކަންދީ، 1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ރައްޔިތުންނަށް އެރުވުމަށް ނިންމަވާފައެވެ.

މި ނިންމެވުމުގެ މަޤްޞަދަކީ، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތަށް އެދި ދިގު މުއްދަތަކަށް އިންތިޒާރުކުރަމުންދާ އުމުރުން ދުވަސްވީ މީހުން އެ މާތް އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދެއްވުމެވެ.

މި ނިންމެވުން ނިންމެވުމުގައި، ދިވެހިރާއްޖެއަށް ލިބޭ ޙައްޖު ކޯޓާއާއި، ޙައްޖުގެ އަޅުކަމަށް އިންތިޒާރުކުރަމުންދާ އުމުރުން ދުވަސްވީ ފަރާތްތަކުގެ ބޮޑު އަދަދަށާއި، ފައިސާ ދައްކާފައިވީ ނަމަވެސް އިންތިޒާރުކުރަންޖެހުނު މުއްދަތު ދިގުވުމުގެ ސަބަބުން ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ މުހިންމުކަމަށް ރިޢާޔަތްކުރެވިފައިވެއެވެ.

މި އުޞޫލުގެ ތަފްޞީލުތައް ހާމަކުރައްވަމުން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯމަންޓްސް، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ފާހަގަކުރެއްވީ، މި އައު އުޞޫލު ޢަމަލުކުރެވޭނީ އުމުރަށާއި ޙައްޖު ކިއޫގައި ރަޖިސްޓްރީވި ތާރީޚަށް އިންޞާފުވެރިކަމާއެކު ބަލައިގެން، ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ ގޮތެއްގައި ކަމަށެވެ.

އިޞްލާޙުކުރެވުނު އުޞޫލުގެ ދަށުން، މި ފުރުޞަތަށް ޝަރުޠުހަމަވާ ފަރާތްތަކަކީ 31 ޑިސެމްބަރ 2026 ގެ ނިޔަލަށް އުމުރުން 70 އަހަރު ފުރޭ، އަދި 31 ޑިސެމްބަރ 2023 ގެ ކުރިން ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކެވެ. މި ފުރުޞަތު ޚާއްޞަކުރެވިގެންވަނީ އިސްލާމްދީނުގެ ފަރުޟު ޙައްޖު އަދާކުރުމުގެ ނިޔަތުގައި، މީގެ ކުރިން ދުވަހަކުވެސް ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކަށެވެ. ފުރުޞަތު ލިބޭ 324 ފަރާތުގެ ތެރެއިން 86 ފަރާތަކީ އުމުރުން 75 އަހަރުން މަތީގެ ބޭފުޅުންނެވެ.

ޚާއްޞަ ގޮތެއްގައި، 1448 ވަނަ އަހަރު ޙައްޖަށް ދިއުމަށް ކުރިންވެސް ތަރުތީބުވެފައިވާ، އުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ ފަރާތްތަކުގެ ފުރުޞަތު ފަސްކުރުމެއްނެތް ގޮތަށް ދެމިއޮންނާނެކަން މިނިސްޓްރީއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކަށަވަރުކޮށްދެއްވައެވެ. މީގެއިތުރުން، މިހާރުގެ ޙައްޖު ކިއޫގައިވާ އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށްވެސް އިސްކަންދެވޭނެއެވެ. އަދި އާއިލާގެ މެންބަރުން އެކުގައި ޙައްޖަށް ދިއުމަށް ފައިސާ ދައްކައި، 1448 ވަނަ އަހަރު ޙައްޖަށް ދިއުމަށް ތަރުތީބުވެފައިވާނަމަ، އެހީތެރިއެއްގެ ގޮތުގައި އާއިލާގެ އެކަކު ބައިވެރިކުރުމުގެ ފުރުޞަތު ދެމެހެއްޓުމަށްވެސް އިސްކަންދެވޭނެއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާގޮތުގައި، މި އުޞޫލު އެކުލަވާލެވިފައިވަނީ ޙައްޖު ކޯޓާގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށާއި، ޙައްޖަށް ދިއުމަށް އިންތިޒާރުކުރާ އުމުރުން ދުވަސްވީ ފަރާތްތަކުގެ އަދަދު މަދުކޮށް، ކުރިއަށްހުރި އަހަރުތަކުގައި ހަގު އުމުރުފުރާތަކުގެ ފަރާތްތަކަށް ޙައްޖަށް ދިއުމުގެ ފުރުޞަތު އިތުރަށް ފަހިކޮށްދިނުމުގެ މަޤްޞަދުގައެވެ.

އުމުރުން 65 އަހަރުން ދަށުގެ ބައެއް ފަރާތްތަކަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ގާތްގަނޑަކަށް އެއް އަހަރު ދުވަހަށް ފަސްވެގެންދިޔަ ނަމަވެސް، މި ގެނެވުނު ބަދަލުގެ ސަބަބުން އިސްލާމްދީނުގެ މި އަސާސީ ރުކުން ފުރިހަމަކުރުމަށް އެދިއެދި ތިބި އުމުރުން ދުވަސްވީ ސަތޭކައިންމަތީގެ ދިވެހި ރައްޔިތުންނަށް އައު އުންމީދެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

މި ނިންމެވުމަކީ ޙައްޖުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމަށާއި، ޙައްޖުގެ ފުރުޞަތުތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށާއި، ޙައްޖު ކިއޫގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ހެކިދޭ ކަމެކެވެ. އުމުރުން ދުވަސްވީ ރައްޔިތުންނަށް އިސްކަންދިނުމާއެކު، އުމުރުން 65 އަހަރާއި 69 އަހަރާ ދެމެދުގެ ފަރާތްތަކަށް ކަނޑައެޅިފައިވާ ފުރުޞަތުތައް ރައްކާތެރިކޮށްދިނުމުން، ކުރިއަށްހުރި އަހަރުތަކުގައި ހުރިހާ އުމުރުފުރާއެއްގެ ޙައްޖާޖީންނަށްވެސް ފައިދާކުރާނެފަދަ، ދެމެހެއްޓެނިވި އުޞޫލެއް ޤާއިމުވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026