މަހަށް ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ

ގދ. ގައްދޫ ކައިރީގައި މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަނިކޮށް، މޫދު އަޑިން މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ގދ. ގައްދޫ، އޭޝިޔާ، އިސްޙާޤު ރަޝީދު (44އ) އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ދޯންޏަކުން މަހަށް ގޮސް އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 ޖޫން 7 ވާ އާދިއްތަ ދުވަހުގެ ފަތިހު 05:40 އެހައިކަންހާއިރުއެވެ. މި ރިޕޯޓް ލިބުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އޭނާ ހޯދުމަށް ކުރި މަސައްކަތުން، އިސްޙާޤު ފެނިފައިވަނީ މޫދު އަޑީގައި އޮއްވައެވެ. އޭނާ ފެނުމާއެކު ވަނީ ވަގުތުން ގދ. ގައްދޫއަށް ގެންގޮސްފައެވެ. ނަމަވެސް، ގައްދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި، އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ލިލީމީޑް / އއ. ރަސްދޫ، މުޙައްމަދު ޢުލްވާން ރަޝީދު )21އ( އާއި، ގުލްދަސްތާގެ / އއ. ރަސްދޫ، އަޙްމަދު ޢަރީފު )37އ( އާއި، ހަވާމަންޒިލް / އއ. ރަސްދޫ، އިބްރާހީމް ދިނާން )30އ( އާއި، ފެހިވިނަ / އއ. ރަސްދޫ، އަޙްމަދު އިކުލީލް )37އ( އާއި، ކާރނޭޝަންމާގެ / އއ. ރަސްދޫ، އަޙްމަދު މުޙައްމަދު )44އ( އަދި ކާރނޭޝަންމާގެ / އއ. ރަސްދޫ، ޢަލީ ވަސީމް )44އ( އާއި، ވިދުވަރުގެ / ހދ. ކުމުންދޫ، ލީނާ މޫސާ )23އ( އާއި، ހިކިފިނިފެންމާގެ / އއ. ތޮއްޑޫ، ރިމާޒު މުޙައްމަދު )29އ( ގެ އިތުރުން ބަންގްލަދޭޝް، މެހެދީ ހަސަން )27އ( އެވެ.
ޚަބަރު 18 Oct 2026
ސައިބަރ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ސީޕީ
ސައިބަރ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ސީޕީ
ސީޕީގެ މެސެޖުގައި ވަނީ ސައިބަރ ކުށްތައް ހުއްޓުވުމަށާއި، މިފަދަ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދައި، ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ފުޅާކުރަމުންކަން ފާހަގަކުރައްވާފައެވެ.
ޚަބަރު 18 Oct 2026
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ގޮތުން ހުންނަ ޚިޔާލުތަފާތުވުންތަކަކީ، ރާއްޖެއަށް އަންނަ އިންވެސްޓަރުންނާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ބަދަލުވެގެން ނުވާނެ ކަމަށާއި، އިންވެސްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ދޮގު ކެމްޕޭނުތައް ހުއްޓާލުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ޚަބަރު 17 Oct 2026
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026