ގދ. ތިނަދޫން ސަބްސިޑީ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 03 Jun 2026

"ފަހި ހަކަތަ" ޕްރޮގްރާމްގެ ދަށުން ރަޖިސްޓްރީވެފައިވާ މަސްވެރި އުޅަނދުފަހަރަށް، ސަރުކާރުން ކަނޑައަޅާފައިވާ ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ގދ. ތިނަދޫގައި ހަމަޖައްސައިފިއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ހާމަކުރައްވާފައިވާ ގޮތުގައި، މި ނިންމުމަކީ މަސްވެރިންނަށް ތެލުގެ އަގަށް ކުރަންޖެހޭ ހޭދަ ކުޑަކޮށް، މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. މި އިންތިޒާމުގެ ދަށުން، ފަހި ހަކަތަ ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ހުރިހާ މަސްދޯނިތަކަށް މިހާރު ތިނަދޫން ހެޔޮ އަގުގައި ތެޔޮ އަޅަން ފުރުސަތު ލިބިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިންގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން މަސްވެރިން ބާނާ މަހަށް ދޭންޖެހޭ ފައިސާ ނުދެވި ހުރި ހުރިހާ ބެކްލޮގްތަކެއް ހަލާސްކޮށް، ގަވާއިދުން މަސްވެރިންނަށް ފައިސާ ލިބޭނެ މަގު ފަހިކޮށްދިނުމަކީ މި ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ކަންތަކެވެ. މީގެ އިތުރުން، ތެލާއި އައިސްގެ އަގު ހެޔޮކޮށްދިނުމަކީ މަސްވެރިންގެ ޖީބަށް ވަންނަ އާމްދަނީ އިތުރުކުރުމަށްޓަކައި މި ސަރުކާރުން ވެފައިވާ މުހިންމު ވައުދެކެވެ.

"ފަހި ހަކަތަ" އަކީ މަސްވެރި އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ ކޮންޓްރޯލް ކުރެވިފައިވާ، ހެޔޮ އަގުތަކެއްގައި ފޯރުކޮށްދިނުމަށްޓަކައި ތައާރަފްކުރެވިފައިވާ ނިޒާމެކެވެ. ތިނަދޫގައި މި ޚިދުމަތް ފެށުމާއެކު، ހުވަދު އަތޮޅުގެ ގިނަ އަދަދެއްގެ މަސްވެރިންނަށް ތެޔޮ ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބި، އޮޕަރޭޝަނަލް ޚަރަދުތައް ކުޑަވެގެންދާނެ ކަމަށް މިނިސްޓްރީން އުންމީދު ކުރެއެވެ.

މަސްވެރިކަމުގެ ދާއިރާއިން މަސްވެރިންނަށް ހުރި ތަކްލީފުތައް ނައްތާލައި، އިގްތިސާދީ ގޮތުން މަސްވެރިން ބާރުވެރިކުރުވުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ޚާއްޞަ އަމާޒެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޯ.އައި.ސީ. ގެ މެންބަރު ގައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލެއްހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދާނަކުރުމަށް ރާއްޖެއިން ގޮވާލައިފި
އޯ.އައި.ސީ. ގެ މެންބަރު ގައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލެއްހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދާނަކުރުމަށް ރާއްޖެއިން ގޮވާލައިފި
މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އޯ.އައި.ސީ.ގެ ބައްދަލުވުމެއްގައި ވަޒީރު އިރުތިޝާމް ބައިވެރިވަޑައިންނެވި ފުރަތަމަ ފަހަރެވެ.
ޚަބަރު 28 Aug 2026
ރައްޔިތުންގެ އަޑު: ގިނަ ބައެއްގެ ޝަކުވާއަކީ ބޯހިޔާވަހިކަން
ރައްޔިތުންގެ އަޑު: ގިނަ ބައެއްގެ ޝަކުވާއަކީ ބޯހިޔާވަހިކަން
އެ ބައްދަލުވުމުގައި ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނެފައިވަނީ، ދިރިއުޅޭނެ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން މިހާރުވެސް ދިރިއުޅެމުންދަނީ ނުހަނު ދަތިހާލުގައި ކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުން ތައާރަފުކުރި އެކިއެކި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެދި ހުށަހެޅި ނަމަވެސް، ތަފާތު ސަބަބުތަކާ ހެދި ލިސްޓުތަކުން ނަން އުނިވެ، އެއްވެސް ސްކީމަކުން ފުރުސަތެއް ލިބިފައިނުވާކަމުގެ ޝަކުވާ ވަނީ ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.
ޚަބަރު 28 Aug 2026
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އައު ސްކީމްތަކެއް ފެށުމަށް ތައްޔާރުވަނީ
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އައު ސްކީމްތަކެއް ފެށުމަށް ތައްޔާރުވަނީ
މިފަދަ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހިޔާވެހި ސްކީމަށް ގިނަ އަދަދެއްގެ މީހުން ހުށަހަޅާފައިވާއިރު، އެ މަޝްރޫޢުގެ ދަށުން 1.1 ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.
ޚަބަރު 28 Aug 2026
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026