މާމަ ކާފަގެ ލޯބި، ތަރުބަވީ ޖީލެއްގެ ބިންގާ

އާއިލާއެއްގެ އެންމެ ވަރުގަދަ ބިންގަލަކީ އެ އާއިލާއެއްގައި ތިބި އިސްރަށްވެހިން ނުވަތަ މާމައިންނާއި ކާފައިންނެވެ. އެބޭފުޅުންނަކީ ދިރިއުޅުމުގެ އެތައް ތަޖުރިބާއަކުން ފުރިގެންވާ، ޖީލުތަކަކަށް ހިޔާވަހިކަމާއި އަޅާލުން ދެއްވާފައިވާ އަދި ދެއްވަމުން ގެންދަވާ މާތް ރަޙުމަތެކެވެ. ޢާއިލާތަކަށާއި، މުޖުތަމަޢަށް އަދި މުޅި ޤައުމަށް އިސްރަށްވެހިން ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ އަގުހުރި ޚިދުމަތްތައް ބަލައިގަނެ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަމުންދަނީ "ޤައުމީ މާމަކާފަ ދުވަސް" ގެ ގޮތުގައެވެ.

މާމަކާފަ ދުވަހަކީ އިސްރަށްވެހިންގެ މުއްސަނދި ތަޖުރިބާއާއި އޯގާތެރިކަމުގެ އިތުރުން، ޢާއިލީ ގުޅުންތައް ބަދަހިކުރެއްވުމުގައި އެބޭފުޅުން އަދާކުރައްވާ މުހިންމު ދައުރުގެ އަގުވަޒަންކުރުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ. 2026 ވަނަ އަހަރުގެ މި ދުވަސް ޚާއްޞަކުރެވިފައިވަނީ ޢާއިލާގެ އެކި ޖީލުތަކުގެ މެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ޢާއިލީ އަދި އިޖުތިމާޢީ ކަންކަމުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމަށެވެ. އެގޮތުން މިއަހަރުގެ މާމަކާފަ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ: "މާމަ ކާފަގެ ލޯބި، ތަރުބަވީ ޖީލެއްގެ ބިންގާ" މިއެވެ. މި ޝިޢާރުން ރަމްޒުކޮށްދެނީ ރަނގަޅު ތަރުބިއްޔަތެއްގެ މަތީގައި ޖީލެއް ބިނާކުރުމުގައި މާމައާއި ކާފަގެ ލޯތްބާއި އިރުޝާދުގެ މުހިންމުކަމެވެ.

މާމަ ކާފައަކީ އަޅުގަނޑުމެންގެ ދިރިއުޅުމަށް އުފާވެރިކަމާއި ފަސޭހަކަން ގެނެސްދޭ، މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ މަތިވެރި ނިއުމަތެކެވެ. މައިންބަފައިން ފަދައިން ހަރުކަށިކަން ދެއްކުމުގެ އިތުރުން، އެކުވެރިން ފަދައިން މަޖާ މިޒާޖެއްގައި އަބަދުވެސް އޯގާތެރިކަމާއެކު މަރުހަބާ ކިޔުމަށް މާމައާއި ކާފަ ތިބެނީ ތައްޔާރަށެވެ. މާމަކާފަ އަޅުގަނޑުމެންނަށް ދިރިއުޅުމުގެ އެންމެ މުހިންމު ފިލާވަޅުތައް އުނގަންނައިދީ އަޅުގަނޑުމެންގެ ހަޔާތް އުޖާލާކޮށްދެއެވެ. ބޭނުމެއް ޖެހޭ ކޮންމެ ހިނދެއްގައިއަޅުގަނޑުމެންގެ އަތުގައި ހިފާ، ދާއިމަށްޓަކައި އެމީހުންގެ ހިތުގެ އެންމެ ފުންމިނުގައި ބައިތިއްބައެވެ.

އާއިލީ އޮނިގަނޑުތަކަށް ބަދަލުވަމުންދާ މި ޒަމާނުގައި، އާއިލާގެ ހަމަޖެހުމާއި ގުޅުން ދެމެހެއްޓުމަށް މާމަ ކާފަ އަދާކުރާ ދައުރު ވަރަށް ބޮޑެވެ. އެކަނިވެރި މައިން ނުވަތަ ބަފައިންނަށާއި، ވަޒީފާ އަދާކުރާ މައިންބަފައިންނަށް ދަރިން ބެލުމުގެ ކަންކަމުގައި އެހީތެރިވުމުގައި މާމަކާފަ އިސް ދައުރެއް އަދާކުރެއެވެ. އެގޮތުން، ކުދިންނަށް ބޭނުންވާ ލޯތްބާއި، ރައްކާތެރިކަމާއި އަދި އަގުހުރި ތަރުބިއްޔަތު ދިނުމުގައި އެމީހުން އަގުނުކުރެވޭ ފަދަ ޚިދުމަތެއް ކޮށްދެއެވެ. މިކަމުގެ ސަބަބުން ކުދިންނަށް ފައިދާވުމުގެ އިތުރުން، މާމަ ކާފަގެ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުވެ، އެމީހުންގެ ދިރިއުޅުމަށް ވެސް އިތުރަށް އުޖާލާކަމާއި އުފާވެރިކަން ލިބިގެންދެއެވެ.

ބަދަލުގައި އެއްވެސް މާއްދީ މަންފާއަކަށް އެދުމެއްނެތި މާމަކާފަ ވެދޭ ޤުރުބާނީއާއި ދޭ މިންނެތް ލޯތްބަށްޓަކައި، މާމަ އާއި ކާފައަށް ފުރިހަމަ ލޯތްބާއި، އޯގާތެރިކަމާއި، އަދި ޚާއްޞަ ސަމާލުކަމެއް އަޅުގަނޑުމެން އެންމެން ވެސް ދޭންޖެހެއެވެ. އެމީހުންނަށް އިޙްތިރާމްކޮށް، ހެޔޮދުޢާކޮށް، ދިރިއުޅުމުގައި އެމީހުންނަކީ އަގުހުރި ބައެއްކަން އިހުސާސްކޮށްދިނުމަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެކެވެ. ހަގީގަތުގައިވެސް، މާމައާއި ކާފަގެ ލޯތްބަކީ ހެޔޮލަފާ، ތަރުބަވީ ޖީލެއް ބިނާކުރުމުގެ އެންމެ ވަރުގަދަ އެއް ބިންގަލެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ގޮތުން ހުންނަ ޚިޔާލުތަފާތުވުންތަކަކީ، ރާއްޖެއަށް އަންނަ އިންވެސްޓަރުންނާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ބަދަލުވެގެން ނުވާނެ ކަމަށާއި، އިންވެސްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ދޮގު ކެމްޕޭނުތައް ހުއްޓާލުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ޚަބަރު 17 Oct 2026
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
ޚަބަރު 13 Oct 2026
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
މިކަމަށް ޓަކައި އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ޚަބަރު 13 Oct 2026