ކެރަލާގައި ނުރައްކާތެރި ބައްޔެއް ފެތުރުން - ފޮޓޯ: ގެޓީ އިމޭޭޖްސް
ކެރަލާގައި ނުރައްކާތެރި ބައްޔެއް ފެތުރުން - ފޮޓޯ: ގެޓީ އިމޭޭޖްސް

އިންޑިއާގެ ކެރަލާގައި ނުރައްކާތެރި ބައްޔެއް ފެތުރެެމުންދާތީ ދިވެހިން ސަމާލުވާން އެދެފި

ހ ހަޅަ
ޚަބަރު 13 Jul 2024

ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއްކަމަށްވާ ބްރެއިން އީޓިން އެމީބާ އިންފެކްޝަން އިންޑިއާގެ ކެރެލާގައި ފެތުރެމުންދާތީ، އެ ސިޓީގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އެދެފިއެވެ. 

ކެރެލާގައި މި ނުރައްކާތެރި ބަލި ފެތުރެމުންދާތި އިންޑިއާގައި ހުންނަ ދިވެހި ރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ނެރުއްވި ބަޔާނެއްގައި ބުނީ ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއްކަމަށްވާ ބްރެއިން އީޓިން އެމީބާ އިންފެކްޝަން ފެތުރެމުންދާކަމަށާއި އަދި ކެރެލާގައި ދިރިއުޅޭ ރައްޔިތުން އެކަމަށް ސަމާލުވުމަށް ކެރެލާގެ ސިއްހަތާ ބެހޭ ވުޒާރާތަކުން އިލްތިމާސްކޮށްފައިވާ ކަމަށެވެ.

ސިއްހަތާއި ބެހޭ ވުޒާރާތަކުން ހާމަކުރެއްވިގޮތުގައި މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ފިޓް ޖެހުމާއި ބޮލުގައި ރިއްސުމާއި ހުން އައުމާއި ހޮޑުލުމާއި ކަނދުރާގެ ނާރު އެރުމާއި ވާނުވާ ނޭނގުން ހިމެނޭކަމަށެވެ. އަދި މިފަދަ އަލާމަތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ވަނީ އަންގައިފައެވެ.

ރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ނެރުނު އިއުލާނުގައި ބުނީ ސިކުނޑިއަށް ޖެހޭ ބްރެއިން އީޓިން އެމީބާ އިންފެކްޝަން އެ ބައްޔަކީ ކަންފަތުން ނުވަތަ ނޭފަތުން ހަށިގަނޑު ތެރެއަށްދާ ޖަރާސީމަކަށްވާތީ ކޯރާއި ސްވިމިން ޕޫލް ފަދަ ތަންތަނަށް އެރުން ރައްކާތެރި ނޫން ކަމަށެވެ. އަދި އެފަދަ ތަންތަނަށް އެރޭނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ކަންފަތާއި ނޭފަތަށް ފެން ނޭޅޭގޮތަށް އިޔާބަޑް އަދި ނޭސަލް ކްލިބް ފަދަ ތަކެތި ބޭނުންކުރުމަށްވެސް އިލްތިމާސް ކޮށްފައިވެއެވެ. 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝިޕް ކޮމިޝަންކޮށްދެެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރަށް ނަންދީފައިވަނީ "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގެ ނަމުންނެވެ.
ޚަބަރު 27 Jul 2026
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ އެއްވެސް ރަށެއް ބާކީނުކޮށް، ކޮންމެ ރަށެއްގައި އެންމެ ޒަމާނީ ފެންވަރުގެ ފިޓްނަސް ރެކްރިއޭޝަން މަރުކަޒުތަކާއި އައުޓްޑޯ ޖިމްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޚަބަރު 24 Jul 2026
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލަށް ފެށި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގައި ވާހަކަފުޅު ދައްކަވަމުން، މާލޭގައި ހުންނަ ސޯޝަލް ސެންޓަރުގެ ކޮންސެޕްޓަށް ރާއްޖޭގެ އެކި ސިޓީތަކާއި އަތޮޅުތަކުގައި ޒަމާނީ 'ޔޫތު ހަބް' ތައް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ޚަބަރު 24 Jul 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ އާއި މިއަދު ވަނީ މި އައްޔަންކުރުންތަކުގެ ތަފްސީލު ހާމަކޮށްފައެވެ.
ޚަބަރު 24 Jul 2026