ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއަށް ވާދަކުރަން ހުޅުވައިލައިފި، އިންތިޚާބު ނޮވެންބަރުގެ ފަހުކޮޅު

ހ ހަޅަ
ޚަބަރު 11 Oct 2026

ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

މި އިންތިޚާބުގެ ވޯޓު ނެގުން އޮންނާނީ އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި އިޢުލާނުގައިވާ ގޮތުން، ތިނަދޫ ކައުންސިލުގެ ރައީސްކަމަށް ވާދަކުރަން އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ކެންޑިޑެސީ ފޯމާއި އެއާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ އިތުރުން -/1500 ރުފިޔާގެ އިދާރީ ފީ ދެއްކުން ކުރިއަށްދާނީ އެ ކޮމިޝަނުގެ "މައި ޕޯޓަލް" މެދުވެރިކޮށެވެ.

ކައުންސިލްގެ ރައީސްކަމަށް އަމިއްލަ ގޮތުން ކުރިމަތިލާ ފަރާތެއްނަމަ، އެ ދާއިރާއަކުން ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މަދުވެގެން 50 މީހުންގެ ތާއީދު އޮތްކަން މައި ޕޯޓަލް މެދުވެރިކޮށް ސާބިތުކޮށްދޭން ޖެހެއެވެ. އަދި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރާ ފަރާތްތަކުން ޕާޓީގެ ޤަރާރު ހުށަހަޅަންޖެހޭއިރު، ހުރިހާ ކެންޑިޑޭޓުންވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރި ލިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ނޮވެންބަރު 28 ގައި ބާއްވާ މި ބައި-އިލެކްޝަނުގެ ވޯޓުލުން ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ. އަދި ވޯޓު ފޮށިތައް ބަންދުކުރާތާ ބައިގަޑިއިރުގެ ތެރޭގައި ވޯޓު ގުނަން ފަށާނެ ކަމަށްވެސް އެ ކޮމިޝަނުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރަސްމާލެ މަޝްރޫޢު ނުހުއްޓުވޭނެ، ޔާމީނާއި އެމްޑީޕީ ކުރަނީ އެއް މަސައްކަތެއް: މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
ރަސްމާލެ މަޝްރޫޢު ނުހުއްޓުވޭނެ، ޔާމީނާއި އެމްޑީޕީ ކުރަނީ އެއް މަސައްކަތެއް: މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
ރަސްމާލޭގައި ޔޫއޭއީގެ ކުންފުންޏަކުން ހިންގަން އުޅޭ ބިޔަ މަޝްރޫޢަށް ހުރަސްއެޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އެމްޑީޕީއާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޚަބަރު 11 Oct 2026
ހުޅުމާލޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ޒުވާނަކު ޖޫރިމަނާކޮށް، ސައިކަލް ޓޯކޮށްފި
ހުޅުމާލޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ޒުވާނަކު ޖޫރިމަނާކޮށް، ސައިކަލް ޓޯކޮށްފި
ހުޅުމާލެ ފޭސް 1 ގައި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް، އެ ސައިކަލް ދުއްވި މީހާއަށް ފިޔަވަޅު އަޅައިފިއެވެ.
ޚަބަރު 11 Oct 2026
ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް: އަންހެން ކުދިންގެ ޤާބިލުކަމާއި ހުނަރު ފާހަގަކުރައްވައި މެޑަމް ސާޖިދާ ތަހުނިޔާ ވިދާޅުވެއްޖެ
ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް: އަންހެން ކުދިންގެ ޤާބިލުކަމާއި ހުނަރު ފާހަގަކުރައްވައި މެޑަމް ސާޖިދާ ތަހުނިޔާ ވިދާޅުވެއްޖެ
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖެއާއި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުދިންގެ ހިތްވަރާއި، އުންމީދުތަކާއި އަދި އެކުދިންގެ ކިބައިގައިވާ ޤާބިލުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ޚަބަރު 11 Oct 2026
އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ސަރުކާރު ދެމިއޮންނާނެ: ރައީސް މުޢިއްޒު
އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ސަރުކާރު ދެމިއޮންނާނެ: ރައީސް މުޢިއްޒު
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި، އަންހެން ކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެ ކުދިންނަށް ފުރިހަމަ ކުރިއެރުން ހޯދައިދިނުމަށް ފުރުޞަތުތައް ފަހިކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ޚަބަރު 11 Oct 2026