ދުނިޔޭގެ ކުއްލި ފަރުވާގެ ދުވަހުގެ މުނާސަބަތުގައި، އައި.ޖީ.އެމް.އެޗް ޓްރޯމާ އެންޑް އެމަރޖެންސީ ޑިޕާޓްމަންޓާއި އޭ.ޑީ.ކޭ ހޮސްޕިޓަލް ގުޅިގެން، 2022 ވަނަ އަހަރު "ބޭސިކް ލައިފް ސަޕޯޓް" އަދި "ބޭސިކް ފަސްޓް އެއިޑް" އާ ގުޅޭގޮތުން ކުރިޔަށް ގެންދިޔަ ތަމްރީނު ސެޝަންތަކެއް / ފޮޓޯ: އައިޖީއެމްއެޗް

އެމްޖެންސީ މެޑިސިން ޑޭ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ޚާއްސަ ފެއާއެއް ބާއްވަނީ

މިއަހަރުގެ ބައިނަލްއަޤުވާމީ އެމްޖެންސީ މެޑިސިން ޑޭ ފާހަގަކުރުމުގެ ގޮތުން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިންތިޒާމުކުރާ ޚާއްސަ "އެމްޖެންސީ ފެއާ" އެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ފެއާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 5 ވާ ބުދަ ދުވަހު މާލޭ އާޓިފިޝަލް ބީޗުގައެވެ. ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދާ މި ހަރަކާތަކީ ކުއްލި ފަރުވާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމާއި، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކާ މެދު އާންމުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ބާއްވާ ހަރަކާތެކެވެ.

އައިޖީއެމްއެޗުން މައުލޫމާތު ދޭ ގޮތުގައި، މި ފެއާގައި އެމްޖެންސީ ސާވިސްތަކުގެ މަސައްކަތްތައް ދައްކައިދޭ ލައިވް ޑެމޮންސްޓްރޭޝަންތައް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް އެންމެ މުހިންމު އެއް ކަންތައް ކަމުގައިވާ ސީޕީއާރު ދޭނެ ގޮތް ދަސްކޮށްދިނުމުގެ ޚާއްސަ ސެޝަންތައް ހިމެނެއެވެ.

މީގެ އިތުރުން، ކުޑަކުދިންނާއި ބޮޑެތިމީހުންނަށް ބައިވެރިވެވޭނެ ތަޢުލީމީ އަދި މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތަކާއި، ހަދިޔާ ދިނުމުގެ އިންތިޒާމުވެސް މި ފެއާގެ ތެރެއިން ވަނީ ހަމަޖެހިފައެވެ. އަދި ކުއްލި ފަރުވާގެ ދާއިރާގައި ހަރަކާތްތެރިވާ "ބަތަލުން" ނާ ބައްދަލުކޮށް، އެފަރާތްތަކުގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު އޮޅުންފިލުވުމުގެ ފުރުސަތުވެސް އާންމުންނަށް ލިބިގެންދާނެއެވެ.

އައިޖީއެމްއެޗުން ވަނީ އާއިލާ އާއި ރައްޓެހިންނާއެކު ވީހާވެސް ގިނަ ބަޔަކު މި ފެއާގައި ބައިވެރިވެ، މުހިންމު މައުލޫމާތުތަކެއް އުނގެނުމަށް ދައުވަތު އަރުވާފައެވެ. މިއީ ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
ޚަބަރު 13 Oct 2026
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
މިކަމަށް ޓަކައި އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ޚަބަރު 13 Oct 2026
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
މި ނިންމެވުމުގެ މަޤްޞަދަކީ، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތަށް އެދި ދިގު މުއްދަތަކަށް އިންތިޒާރުކުރަމުންދާ އުމުރުން ދުވަސްވީ މީހުން އެ މާތް އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދެއްވުމެވެ.
ޚަބަރު 12 Oct 2026