އައްޑޫ ސިޓީގެ މޭޔަރ، އަލީ ނިޒާރު
އައްޑޫ ސިޓީގެ މޭޔަރ، އަލީ ނިޒާރު

މައްސަލަ ހުރިކަން އެނގި ތިބެ އައްޑޫ ކައުންސިލުން ޕިކަޕަކަށް ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި

އައްޑޫ ސިޓީ ކައުންސިލުން ހިތަދޫ އަވަށުގެ މުނިސިޕަލް ޚިދުމަތްތަކަށް ބޭނުންވާ ޕިކަޕެއް ގަތުމުގައި، އެ އުޅަނދަކީ މައްސަލަ ހުރި އެއްޗެއްކަން އެނގި ތިބެ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ބޮޑު ޚަރަދެއް ކޮށްފައިވާކަން އޮޑިޓް އޮފީހުގެ ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، މި ޕިކަޕް ހޯދުމަށް ފުރަތަމަ ކުރި އިޢުލާނާ ގުޅިގެން 395,000 ރުފިޔާއަށް ގެނައި އުޅަނދުގައި ގިނަ މައްސަލަތަކެއް ހުރުމުން އެ އެއްބަސްވުން ބާޠިލުކުރިއެވެ. ނަމަވެސް، ދެވަނަ ފަހަރަށް ކުރި އިޢުލާނާ ގުޅިގެން 345,000 ރުފިޔާއަށް ޕިކަޕް ސަޕްލައިކުރަން ހުށަހެޅި ފަރާތުގެ ލިޔެކިޔުންތަކުން، އެއީ ކުރިންވެސް މައްސަލަ ހުރެގެން އަނބުރާ ފޮނުވާލި ޕިކަޕްކަން އެނގެން އޮތްއިރުވެސް ކައުންސިލުން ވަނީ އެކަން ބަލައިގެންފައެވެ.

މި އުޅަނދާ 15 މާރިޗު 2024 ގައި ކައުންސިލުން ހަވާލުވީ އެއްވެސް އިންސްޕެކްޝަނެއް ހެދުމަކާ ނުލައެވެ. އޭގެ 12 ދުވަސް ފަހުން ހެދި އިންސްޕެކްޝަނުން، އެއީ މުނިސިޕަލް މަސައްކަތްތަކަށް އެކަށީގެންނުވާ އަދި ގިނަ މައްސަލަތަކެއް ހުރި އުޅަނދެއްކަން ކަށަވަރުވިއެވެ. އެ މައްސަލަތައް އިޞްލާޙުކުރުމަށް އެންގުމުން ބަދަލުގައި ގެނައި ޕިކަޕުގައިވެސް ގިނަ އުނިކަންތައްތަކެއް ހުރިކަން އިންސްޕެކްޝަނުން ވަނީ ދައްކާފައެވެ.

އޮޑިޓް އޮފީހުން ބުނިގޮތުގައި، މި މައްސަލަތައް ޙައްލުނުކޮށް އަދި ލަސްވުމުގެ ސަބަބުން އުނިކުރަންޖެހޭ ފައިސާ އުނިކުރުމެއް ނެތި، 2 ޖުލައި 2024 ގައި އެއްބަސްވުމުގެ މުޅި ޖުމުލަ އަގު ކަމަށްވާ 345,000 ރުފިޔާ ވަނީ ކޮންޓްރެކްޓަރަށް ދޫކޮށްފައެވެ.

މީގެ އިތުރުން، ފައިސާ ދޫކުރުމަށްފަހު 30 ޖުލައި 2024 ގައި ހިތަދޫ އަވަށު އޮފީހާ ޕިކަޕް ހަވާލުކުރިއިރުވެސް އޭގައި ގިނަ މައްސަލަތަކެއް ހުރިކަން އެ އޮފީހުގެ ރިޕޯޓުން އެނގެން އޮތް ކަމަށް އޮޑިޓްގައިވެއެވެ. މިއީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.64 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފަށް ހިންގާފައިވާ މުޢާމަލާތެއްކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
ޚަބަރު 13 Oct 2026
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
މިކަމަށް ޓަކައި އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ޚަބަރު 13 Oct 2026
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
މި ނިންމެވުމުގެ މަޤްޞަދަކީ، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތަށް އެދި ދިގު މުއްދަތަކަށް އިންތިޒާރުކުރަމުންދާ އުމުރުން ދުވަސްވީ މީހުން އެ މާތް އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދެއްވުމެވެ.
ޚަބަރު 12 Oct 2026