ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކުގެ ސުވާލުތަކަށް އެއް ދުވަހުގެ ތެރޭގައި ޖަވާބުދާރީވާން ޕީޖީ އޮފީހުން ނިންމައިފި

ސައުތު އީސްޓް އޭޝިއާ ޖަސްޓިސް (ސީޖަސްޓް) ނެޓްވޯކުން ފޮނުވާ ނުރަސްމީ ސުވާލުތަކަށް ސަރުކާރު ބަންދު ނޫން އެއް ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ޚާއްޞަ ޕްރޮސެކިއުޓަރެއް ކަނޑައެޅުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ، އަލަށް ފެންނަމުންދާ ޑިޖިޓަލް ކުށްތަކާ ގުޅޭގޮތުން ބޭއްވި ސީޖަސްޓްގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް އަލްއުސްތާޛު (ރިޓަޔާޑް) ޢައްބާސް ޝަރީފެވެ. މި ބައްދަލުވުމުގައި ޕީޖީ ޢައްބާސް ޝަރީފު ވިދާޅުވީ، ޤާނޫނީ އެހީތެރިކަން ހޯދުމުގެ ރަސްމީ މަރުޙަލާ ފެށުމުގެ ކުރިން، އެކި ޤައުމުތަކުގެ ޕްރޮސެކިއުޓަރުންގެ މެދުގައި އޮންނަ ސީދާ މުޢާމަލާތަކީ ޙައްދުފަހަނައަޅައިދާ ކުށްތައް ހުއްޓުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

"ގުޅުންތައް ބަދަހިކުރަނީ ނެޓްވޯކްތަކަކުން ނޫނެވެ. މީހުންނެވެ،" ބައިނަލްއަޤްވާމީ ގުޅުންތަކުގެ މުހިންމުކަން ފާހަގަކުރައްވަމުން ޕީޖީ ޢައްބާސް ވިދާޅުވިއެވެ.

މީގެއިތުރުން، އަންނަ އަހަރުން ފެށިގެން މިފަދަ ސުވާލުތަކަށް ޖަވާބުދާރީވާ މުއްދަތުތައް ޢާންމުކޮށް ހާމަކުރައްވާނެ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޤާނޫނީ ދާއިރާއަށް ދާދިފަހުން ގެނެވުނު އިޞްލާޙުތަކުގެ ތަޖުރިބާއާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެކުލަވާލާފައިވާ "ޕީޖީއޯ 2.0 އޭއައި ގަވަރނަންސް ފްރޭމްވޯކް" މި ނެޓްވޯކުގެ މެންބަރު ޤައުމުތަކާ ޙިއްޞާކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޕީޖީ ޢައްބާސް ވަނީ 2027 ވަނަ އަހަރު ބާއްވާ ސީޖަސްޓްގެ އަހަރީ ޕްލެނަރީ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަން އިޢުލާނު ކުރައްވާފައެވެ. މިއީ އިންޑިއާ ކަނޑުގެ ޤައުމެއްގައި މި ނެޓްވޯކުގެ މިފަދަ ބައްދަލުވުމެއް ބޭއްވޭ ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026