ހޯރަފުށީގެ ކުޑަކުދިންގެ މަރުކަޒުގައި ތިބި ކުދިންތަކަކު މީހަކަށް ހަމަލާދީ ސީރިއަސް އަނިޔާތަކެއް ދީފި

ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ރެހެބިލިޓޭޝަން ސެންޓަރު (ހާފްވޭ ހައުސް) ގައި ބައިތިއްބާފައި ތިބި ކުދިންތަކަކު އެ ރަށު މީހަކަށް ހަމަލާދީ، ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް އަނިޔާތަކެއް ދީފިއެވެ.

މި ހާދިސާއާ ގުޅޭގޮތުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު އަސްފަމް ވިދާޅުވީ، މި ހަމަލާ ދީފައިވަނީ އެ ސެންޓަރު ކުރިމަތީގައި އޮންނަ ފާލަމެއްގައި މަސްބާނަން ހުރި މީހަކަށް ކަމަށެވެ. ފުރަތަމަ އެ ކުދިންނާއި އެ މީހާއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރުމަށްފަހު، އެ ކުދިން އޭނާ ފަހާ ދުވުމުން އޭނާ ސަލާމަތްވާން ވަނީ ފަޅުގެއަކަށް ވަދެފައެވެ. ނަމަވެސް، ތިން ކުއްޖަކު އެ ގެއަށް ވަދެ އޭނާއަށް ވަރަށް ރަހުމުކުޑަ ގޮތަކަށް ހަމަލާދީފައިވާ ކަމަށް އަސްފަމް ވިދާޅުވިއެވެ.

މި ހަމަލާގައި އަނިޔާވެފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ ފެނުނުއިރު އޮތީ ހޭނެތިފައި ކަމަށާއި، ހަށިގަނޑުގެ ބޭރުންނާއި އެތެރެއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ކައުންސިލުން މައުލޫމާތު ދެއެވެ. "އޭނާއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވޭ. މިއީ ވަރަށް އަނިޔާވެރި ހަމަލާއެއް،" އަސްފަމް ވިދާޅުވިއެވެ. އެ މީހާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ ހއ. ދިއްދޫ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ މަރުކަޒުގައި ތިބި ތިން ކުއްޖަކު އެތަނުން ނުކުމެ، ރަށު މީހަކަށް ހަމަލާދީފައިވާ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ކަމާބެހޭ އިދާރާތަކާ ގުޅިގެން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް، އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ މަރުކަޒުގެ ފާރުމަތީގައި ތިބެ ތިން ކުއްޖަކު ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ބޭއަދަބީ އިޝާރާތްތައް ކުރަމުންދެއެވެ. އެ ސަރަހައްދުގައި ފުލުހުންނާއި އާންމުން އެއްވެފައި ތިއްބާ ފެންނައިރު، އަނިޔާވި މީހާ ހޭނެތިފައި އޮއްވާ ގެންދާ މަންޒަރުވެސް ވީޑިއޯތަކުން ފެނެއެވެ.

ހޯރަފުށީގެ އަތިރިމަތީ ސަރަހައްދުގައި މި ހާފްވޭ ހައުސް ގާއިމްކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 30 ގައެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ކުށްކުރާ ކުދިންނާއި ކުށުގެ ވެށީގައި އުޅޭ ކުދިން އިސްލާހުކުރުމަށް މަރުކަޒުތަކުގައި ބައިތިއްބަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، 2019 ވަނަ އަހަރު އެ ގާނޫނު ތަސްދީގުކުރި ފަހުން ހަ އަހަރު ވެގެންދިޔައިރުވެސް މިފަދަ ނިޒާމެއް ފުރިހަމައަށް ތަންފީޒު ކުރެވިފައި ނުވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
ޚަބަރު 13 Oct 2026
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
މިކަމަށް ޓަކައި އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ޚަބަރު 13 Oct 2026
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
މި ނިންމެވުމުގެ މަޤްޞަދަކީ، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތަށް އެދި ދިގު މުއްދަތަކަށް އިންތިޒާރުކުރަމުންދާ އުމުރުން ދުވަސްވީ މީހުން އެ މާތް އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދެއްވުމެވެ.
ޚަބަރު 12 Oct 2026
ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއަށް ވާދަކުރަން ހުޅުވައިލައިފި، އިންތިޚާބު ނޮވެންބަރުގެ ފަހުކޮޅު
ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއަށް ވާދަކުރަން ހުޅުވައިލައިފި، އިންތިޚާބު ނޮވެންބަރުގެ ފަހުކޮޅު
އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި އިޢުލާނުގައިވާ ގޮތުން، ތިނަދޫ ކައުންސިލުގެ ރައީސްކަމަށް ވާދަކުރަން އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ކެންޑިޑެސީ ފޯމާއި އެއާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ އިތުރުން -/1500 ރުފިޔާގެ އިދާރީ ފީ ދެއްކުން ކުރިއަށްދާނީ އެ ކޮމިޝަނުގެ "މައި ޕޯޓަލް" މެދުވެރިކޮށެވެ.
ޚަބަރު 11 Oct 2026