ފޮޓޯ: އެޑިޝަންއެމްވީ
ފޮޓޯ: އެޑިޝަންއެމްވީ

ހުޅުމާލޭގެ ނުރައްކާތެރި އެކްސިޑެންޓް: 4 މީހެއްގެ ހާލު ސީރިއަސް، އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް!

އ އައިމިނަތުު މުޙައްމަދު
ޚަބަރު 07 Oct 2026

ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 5 މީހުންގެ ތެރެއިން 4 މީހެއްގެ ހާލު ސީރިއަސް ކަމަށާއި، އެކްސިޑެންޓްވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ފުލުހުންގެ ތަހުގީގަށް ހާމަވެއްޖެއެވެ.

2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ދަންވަރު 02:55 އެހައިކަންހާއިރު ހިނގި މި އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން ބުނީ، މި ހާދިސާގައި އަނިޔާވި އެންމެންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފުރަތަމަ ފަރުވާ ދިނުމަށްފަހު، ހާލަތު ސީރިއަސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.

ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވި އެއް ސައިކަލުގައި 3 މީހުން އަރައިގެން ދަތުރުކޮށްފައިވަނީ މަގުގެ ވަންވޭއާ ޚިލާފަށެވެ. މީގެއިތުރުން، އެއީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސައިކަލެއް ކަމަށާއި، އެ ވަގުތު ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއް ނޫން ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ބީއެމްއެލްގެ އެހީތެރިކަމާއެކު ނަރސަސް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
ބީއެމްއެލްގެ އެހީތެރިކަމާއެކު ނަރސަސް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑު" ގެ މާލީ އެހީތެރިކަމާއެކު، މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަން (އެމްއެންއޭ) އިން ހުޅުމާލެ ފޭސް 2 ގައި ކުރިއަށްގެންދިޔަ "ޒައިތޫން" ނަފްސާނީ ދުޅަހެޔޮކަމުގެ ރީހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޚަބަރު 07 Oct 2026
ހުއްދަނެތި ބޭންކިންގ ޚިދުމަތްދީ، ޑޮލަރު ގަނެވިއްކާ މައްސަލައެއްގައި ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފި
ހުއްދަނެތި ބޭންކިންގ ޚިދުމަތްދީ، ޑޮލަރު ގަނެވިއްކާ މައްސަލައެއްގައި ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފި
ހުއްދަނެތި ބޭންކިންގ ޚިދުމަތް ދިނުމާއި، ޤަވާޢިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފިއެވެ.
ޚަބަރު 07 Oct 2026
ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވަޢުދެއް ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ ޑރ. މުޢިއްޒު: މިނިސްޓަރ ސަޢީދު
ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވަޢުދެއް ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ ޑރ. މުޢިއްޒު: މިނިސްޓަރ ސަޢީދު
ދިވެހިރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވަޢުދުފުޅުތަކެއް އެއްކުރައްވައި ފޮތެއްގެ ސިފައިގައި ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޚަބަރު 07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 5 މީހަކަށް އަނިޔާވެއްޖެ
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 5 މީހަކަށް އަނިޔާވެއްޖެ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 5 މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
ޚަބަރު 07 Oct 2026