ނޭޝަނަލް ޑިޒާސްޓަރ ރިޑަކްޝަން އަދި އަރބަން ރެސިލިއަންސް އާ ގުޅޭ ޓްރެއިނިންގ ވާކްޝޮޕެއް ބާއްވައިފި
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި މާލޭ ސިޓީ ކައުންސިލް އަދި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ގުޅިގެން، ހާދިސާތަކާއި ކާރިޘާތަކުން އަރައިގަތުމަށް ވިލުންތެރިކުރުމާ ގުޅޭގޮތުން ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ.
މި ތަމްރީން ޕްރޮގްރާމަކީ މޭކިންގ ސިޓީސް ރެސިލިއެންޓް، އެމްސީއާރު 2030ގެ ދަށުން ހާދިސާތަކާއި ކާރިޘާތަކުން ލިބޭ ގެއްލުންތަކަށް ފިޔަވަޅުއެޅުމުގައި ހުރި ގޮންޖެހުންތަކަށް ދެނެގަނެ، ޙައްލު ހޯދާ މިފަދަ ކާރިޘާތަކަށް ވިލުންތެރި ތަނަކަށް މާލެ ސިޓީ ހެދުމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ތަމްރީން ޕްރޮގްރާމެކެވެ.
މޭކިން ސިޓީސް ރެސިލިއެންސް އެމްސީއާރު 2030 ގެ ނަމުގައި ހިންގާ ކެމްޕޭނަކީ ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އިން އިސްނަގައިގެން ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި ކުރިއަށްގެންދާ ކެމްޕޭނެކެވެ.
އާބަން ހިރާސްތައް ކުޑަކުރުމާއި އެމްސީއާރު 2030 ކެމްޕޭނުގެ އޮނިގަނޑާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ހިންގާ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިމަހުގެ 21 އިން 22 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް