އައްޑޫ ސިޓީގައި ބޭއްވުނު ސަމިޓަކީ ވަރަށް ކާމިޔާބު، އަދި ރަނގަޅު ނަތީޖާތަކެއް ނެރެވޭ ކަހަލަ މަޝްވަރާތަކެއް ކުރެވުނު ސަމިޓެއް: ވަޒީރު އާދަމް ޝަރީފު

އައްޑޫ ސިޓީގައި ބޭއްވުނު ސަމިޓަކީ ވަރަށް ކާމިޔާބު، އަދި ރަނގަޅު ނަތީޖާތަކެއް ނެރެވޭ ކަހަލަ މަޝްވަރާތަކެއް ކުރެވުނު ސަމިޓެއް: ވަޒީރު އާދަމް ޝަރީފު

އައްޑޫ ސިޓީގައި މި ބޭއްވުނު ސަމިޓަކީ ވަރަށް ކާމިޔާވު އަދި އެދެވޭ ރަނގަޅު ނަތީޖާތަކެއް ނެރެވޭ ކަހަލަ މަޝްވަރާތަކެއް ކުރެވުނު ސަމިޓެއް ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ފުރިހަމަ ސިޓީ ބްރޭޑެއް ތަރައްްްޤީކޮށް ޕްރިމިއަރ ބްރޭންޑެއްގެ ގޮތުގައި އައްޑޫ ޕްރޮމޯޓުކުރުމަށް ޑެސްޓިނޭޝަން އައްޑޫ 2024 ސަމިޓް ނިންމުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްމިއްޔާތުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އައްޑޫ ސިޓީ ކައުންސިލުން ކުރައްވަމުން ގެންދަވައި މަސައްކަތްތަކަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާފައި ވެއެވެ. އެ ގޮތުން އެ މަނިކުފާނު ވިދާޅުވީ އައްޑޫ ސިޓީއާއެކީގައި މަސައްކަތްކުރަން ވަރަށް ފަސޭހަ ކަމަށާ، އައްޑޫ ސިޓީގެ ފަރާތުން ގެންގުޅުއްވާ ފަހި ވިސްނުން އެއީ ކަންކަން ކުރުމުގައި ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާ ކަމެއް ކަމަށެވެ. އަދި ވަޒީރު ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކާ، އެކި ކުންފުނިތަކާ އަދި ޓުއަރިޒަމުގެ ސިނާއަތާ ގުޅުން ހުރި އެކިފަރާތްތަކުން ދޭންޖެހޭ އެއްބާރުލުންތަކެއް ނުވަތަ ގުޅިގެން މަސައްކަތްކުރަންޖެހޭ ކަންތައްތަކެއް ނުވަތަ ދާއިރާތަކެއް ހުރިކަން މި ސަމިޓުން އެނގިގެން ދިޔަ ކަމަށެވެ.

މިއަދު މި ސަމިޓުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި އަޅުގަނޑު ތިޔަބޭފުޅުންނަށް ހަމަ ޔަޤީންކަން އަރުވަން ބޭނުން ސަރުކާރުގެ ތެރެއިން ކުރަންޖެހޭ ހަމަ ކޮންމެ ކަމެއްކުރުމުގައި ޚާއްޞަކޮށް ސިޓީ ކައުންސިލުގެ ފަރާތުން މި ކަމަށް ޓަކައި ކުރަންޖެހޭ ކޮންމެ މަޝްވަރާއެއްގައި އަޅުގަނޑު އިރާދަ ކުރެއްވިޔާ ކައުންސިލުން އެދިވަޑައިގަންނަވައި ކޮންމެ ފަހަރަކު ކޮންމެ ޙާލަތެއްގައި ވިލަރެސްކުރުމުގެ މަސައްކަތްކޮށްދޭނެ ވާހަކަ ޔަޤީންކަމާއެކު ތިޔަ ބޭފުޅުންނަށް އަރުވަން ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތިގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ސިޓީސް މިނިސްޓްރީގެ އަމާޒަކަށް ވާނީ ރައްޔިތުން ނުވަތަ ކައުންސިލުތަކުން އިސްވެ ފައްޓާ ކޮންމެ ކަމެއްގައި ސަރުކާރާ، ރައްޔިތުންނާ އަދި ކައުންސިލުތަކާ ގުޅުވާލަދިނުމުގެ މަސައްކަތްތައްކުރުން ކަމަށް ވިދާޅުވިއެވެ. އަދި އައްޑޫގައި ޓުއަރިޒަމް ސިނާއަތު ފުޅާކުރުމަށް ސަރުކާރުގެ ތެރޭންކުރަން ޖެހޭ ކޮންމެ ކަމެއް އަދި ޚާއްޞަކޮށް ސަމިޓުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ދަތުރުފަތުރުކުރުމުގެ ނިޒާމާ، އަލަށް ފައްޓަވައި ވިޔަފާރިވެރިންނަށް ޓެކްސްގެ ތެރޭން ހުރި ގޮންޖެހުންތައް ޙައްލުކޮށްދިނުމަށް އެ ބޭފުޅުންގެ ޙައްޤުގައި ސަރުކާރާ ހަމައަށް އެ ވާހަކަތައް ގެންގޮސްދެއް ވާނެ ކަމަށް ވިދާޅުވިއެވެ.

ޑެސްޓިނޭޝަން އައްޑޫ 2024 ސަމިޓް ނިންމަވައި ލެއްވުމަށް ފަހު މިރޭގެ ވަގުތެއްގައި ވަޒީރު މާލެ ވަޑައިގަންނަވައި ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ސަމިޓުގައި ވަޒީރުގެ އަރިހުގައި އައްޑޫ ސިޓީ ހިމެނޭ ކުލަސްޓަރ ބަލަހައްޓަވައި ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ އާދަމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026