އައިޓީއެފްސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދީބް ޔޫސުފް އަލްއާމާ، ރައީސް ޑރ. މުޢިއްޒުއާއި ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް
އައިޓީއެފްސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދީބް ޔޫސުފް އަލްއާމާ، ރައީސް ޑރ. މުޢިއްޒުއާއި ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

އިޤްތިޞާދީ ގުޅުން ބަދަހިކުރުމާއި ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އައިޓީއެފްސީގެ ސީއީއޯއާ މަޝްވަރާކުރައްވައިފި

ދިވެހިރާއްޖެއާއި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައިޓީއެފްސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދީބު ޔޫސުފް އަލް-އާމާއާ އެކު މިއަދު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ އައިޓީއެފްސީގެ ސީއީއޯ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެފަރާތުގެ ދެމެދުގައި އޮތް އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމާއި، ވިޔަފާރި ކުރިއެރުވުމާއި، އުމްރާނީ ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އިތުރުން ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ރާއްޖެއާއި އައިޓީއެފްސީއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެފަރާތުން ވެސް ވަނީ އަލުން ޔަޤީންކަން ދެއްވާފައެވެ.

އައިޓީއެފްސީއަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކުގެ މެދުގައި ވިޔަފާރި ކުރިއަރުވައި، އިޖުތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ މުއައްސަސާއެކެވެ.

ދިވެހިރާއްޖެއަށް އައިޓީއެފްސީގެ އެހީތެރިކަން ލިބެން ފަށާފައިވަނީ 2005 ވަނަ އަހަރުން ފެށިގެންނެވެ. އެގޮތުން، އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދީފައިވަނީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕް މެދުވެރިކޮށެވެ. އޭގެ ފަހުން ވެސް އެކި ފަހަރު މަތިން ރާއްޖެއަށް ވިޔަފާރީގެ މާލީ އެހީތެރިކަން އައިޓީއެފްސީން ވަނީ ފޯރުކޮށްދީފައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026
ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ދަޢުވަތު އަރުވައިފި
ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ދަޢުވަތު އަރުވައިފި
ރައީސް މި ދަޢުވަތު އެރުއްވީ ދެ ޤައުމުގެ ދެމެދުގައި މުހިންމު 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިއަދު މެންދުރުފަހު ދެއްވި ރަސްމީ ބަޔާނުގައެވެ. ބޮޑުވަޒީރަށް ދަޢުވަތު އަރުވަމުން ރައީސް ވިދާޅުވީ، ޕާކިސްތާނުން ދެއްވި ހޫނު މެހެމާންދާރީގެ ބަދަލުގައި، ރާއްޖެއިން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ އުފާ ހޯއްދެވުމަށް އިންތިޒާރު ކުރައްވާ ކަމަށެވެ.
ޚަބަރު 21 Oct 2026
ސާކް ސަމިޓް ބޭއްވުމުގެ މާހައުލު ގާއިމުކުރުމަށް މެންބަރު ގައުމުތަކާ ގުޅިގެން މަސައްކަތްކުރަން ރާއްޖެ ތައްޔާރު: ރައީސް މުއިއްޒު
ސާކް ސަމިޓް ބޭއްވުމުގެ މާހައުލު ގާއިމުކުރުމަށް މެންބަރު ގައުމުތަކާ ގުޅިގެން މަސައްކަތްކުރަން ރާއްޖެ ތައްޔާރު: ރައީސް މުއިއްޒު
ރައީސް މިހެން ވިދާޅުވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި، ދެ ގައުމުގެ ދެމެދުގައި މުހިންމު 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށް ފަހު ދެއްވި ބަޔާނުގައެވެ. ރައީސް ވިދާޅުވީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރަހައްދީ ގުޅުން ބަދަހިކުރުމުގައި ސާކްގެ މުހިންމުކަން ރާއްޖެއިން ގަބޫލުކުރާ ކަމަށާއި، ސާކް ހަރަކާތްތެރި ކުރުވުމަށް ރާއްޖެއިން އިސްނަގައިގެން ބިނާކުރަނިވި ދައުރެއް އަދާކުރަން ދެމިއޮންނާނެ ކަމަށެވެ. އަދި ސަރަހައްދީ އެއްބާރުލުމުގެ ފުރިހަމަ ފައިދާ ހޯދުމަށް އިތުބާރު ގާއިމުކުރުމާއި، މާނަހުރި މަޝްވަރާތައް ކުރުމާއި، އެއްބަޔަކު އަނެއް ބަޔަކަށް ދެނެގަތުން ވަރުގަދަކުރަން ޖެހޭ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ޚަބަރު 21 Oct 2026
ރާއްޖޭގެ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދުމަށް ދަތުރުފުޅުގެ ތެރެއިން މަޝްވަރާކުރެވުނު: ރައީސް ޑރ. މުޢިއްޒު
ރާއްޖޭގެ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދުމަށް ދަތުރުފުޅުގެ ތެރެއިން މަޝްވަރާކުރެވުނު: ރައީސް ޑރ. މުޢިއްޒު
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި ދެ ޤައުމުގެ ދެމެދުގައި 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށްފަހު، މިއަދު މެންދުރުފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސް ވިދާޅުވީ، ދެ ޤައުމުގެ މުސްތަޤުބަލާ ގުޅިފައިވާ ޒުވާނުން ބާރުވެރިކުރުވުމަކީ ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. ޕާކިސްތާނަކީ ޒަމާނުއްސުރެ ރާއްޖޭގެ ދަރިވަރުންނަށާއި، ކުޅިވަރު ކުޅުންތެރިންނާއި، ކޯޗުން އަދި އެކި ދާއިރާތަކުގެ ޒުވާން ޕްރޮފެޝަނަލުންނަށް ސްކޮލަޝިޕާއި ތަމްރީނުގެ އަގުހުރި ފުރުސަތުތައް ފަހިކޮށްދެމުން އަންނަ ޤައުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 21 Oct 2026