މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ގާތްގަނޑަކަށް އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 16 Jun 2026

މިއަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖެއަށް 999,344 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.9 އިންސައްތައިގެ ދަށްވުމެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖެއަށް ދުވާލަކު އެވްރެޖްކޮށް 6,057 ފަތުރުވެރިން އާދެއެވެ. އަދި ހިނގަމުންދާ ޖޫން މަހުގެ ފުރަތަމަ 14 ދުވަހުގެ ތެރޭގައި އެކަނިވެސް 55,353 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މިއަހަރުވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓަކީ ޗައިނާއެވެ. އެގޮތުން ޗައިނާއިން މިހާތަނަށް 154,823 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ލިސްޓުގެ ދެވަނައިގައި 137,267 ފަތުރުވެރިންނާއެކު ރަޝިއާ އޮތްއިރު، ތިންވަނައިގައި އޮތީ 83,143 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިނގިރޭސިވިލާތެވެ.

ފަތުރުވެރިން ރާއްޖެއަށް އެތެރެވި މަގުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އެތެރެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) މެދުވެރިކޮށެވެ. އެއީ 972,238 ފަތުރުވެރިންނެވެ. މީގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓުން 3,969 ފަތުރުވެރިން އެތެރެވިިއިރު، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން 3,451 ފަތުރުވެރިން ވަނީ ރާއްޖެއަށް އެތެރެވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން ގެނައުމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕްރޮސެކިއުޓަރ ޖެނެރަލް، ޗައިނާގެ ޕްރޮސެކިއުޓަރ ޖެނެރަލާ ރަސްމީ މަޝްވަރާތައް ބާއްވަވައި، އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފި
ޕްރޮސެކިއުޓަރ ޖެނެރަލް، ޗައިނާގެ ޕްރޮސެކިއުޓަރ ޖެނެރަލާ ރަސްމީ މަޝްވަރާތައް ބާއްވަވައި، އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފި
މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލުން ވަނީ 'އެގްރީމަންޓް އޮން ކޯޕަރޭޝަން ބިޓްވީން ދަ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓަރޭޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ޕްރޮސެކިއުޓަރ ޖެނެރަލްސް އޮފީސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް' ގައި ސޮއިކުރައްވާފައެވެ.
ޚަބަރު 15 Sep 2026
ހިންނަވަރު ކައުންސިލު އިމާރާތުގެ 44 އިންސައްތަ މަސައްކަތް ނިމިއްޖެ
ހިންނަވަރު ކައުންސިލު އިމާރާތުގެ 44 އިންސައްތަ މަސައްކަތް ނިމިއްޖެ
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް)އާރްސީސީ( އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ ފާރުތަކުގައި ސިމެންތިޖެހުމާއި ވަށާ ފާރުގެ މަސައްކަތެވެ.
ޚަބަރު 15 Sep 2026
ޑޮލަރުގެ ރޭޓު ދަށްވަމުން އެބަދޭ: މިނިސްޓަރ ސަޢީދު
ޑޮލަރުގެ ރޭޓު ދަށްވަމުން އެބަދޭ: މިނިސްޓަރ ސަޢީދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން ސަރުކާރާ ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.
ޚަބަރު 15 Sep 2026
ރައްޔިތުންނަށް އެކަށީގެންވާ އަގުތަކެއްގައި އަސާސީ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސް އެންމެ އިސްކަން ދެއްވާ އެއް ކަންތައް: މިނިސްޓަރ ސަޢީދު
ރައްޔިތުންނަށް އެކަށީގެންވާ އަގުތަކެއްގައި އަސާސީ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސް އެންމެ އިސްކަން ދެއްވާ އެއް ކަންތައް: މިނިސްޓަރ ސަޢީދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެންމެ އަސާސީ ތިން ބާވަތް ކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން ގިނަ އައު އައިޓަމްތަކެއް ސަރުކާރުން އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެސްޓީއޯ މެދުވެރިކޮށް އެ ތަކެތި ރާއްޖެ ގެނެސް، ހޯލްސޭލަރުންނަށް ފޯރުކޮށްދެމުންދާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު 15 Sep 2026