ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ފެށުމަށް ޒުވާނުން ބ. ކިހާދޫއަށް ފުރައިފި

އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ އަދި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޖީލެއް ބިނާކުރުމަށް ސަރުކާރުން ފައްޓަވާފައިވާ "ދިވެހި ވަޠަނީ ޚިދުމަތް" (ނޭޝަނަލް ސާވިސް) ގެ ދެވަނަ ބެޗުގެ ފަންނީ ތަމްރީނުތަކުގައި ބައިވެރިވާ ޒުވާނުން މިއަދު ބ. ކިހާދޫއަށް ފުރައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗް ފުރިހަމަކުރި ޒުވާނުންގެ ތެރެއިން، ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން މިއަދު ބ. ކިހާދޫގައި ޤާއިމުކޮށްފައިވާ އެމް.އެން.ޑީ.އެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސްއަށް ފުރާފައިވާ ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ 77 ޒުވާނުން ބައިވެރިވެއެވެ. އުމުރުން 16 އަހަރާއި 19 އަހަރާއި ދެމެދުގެ މި ޒުވާނުންނަށް، ތަފާތު 6 ފަންނީ ދާއިރާއަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުޞަތު މި ޕްރޮގްރާމުގެ ތެރެއިން ލިބިގެންދާނެއެވެ.

ސަރުކާރުގެ އަމާޒަކީ ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމީ ލޯބި ހުރި، އަދި މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރުތައް ލިބިފައިވާ ޒިންމާދާރު ޖީލެއް ބިނާކުރުމެވެ. މި ތަމްރީނުތަކަކީ ޒުވާނުންގެ މުސްތަޤުބަލު ބައްޓަންކުރުމަށާއި ޤައުމީ ޚިދުމަތަށް ނުކުތުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
ޚަބަރު 13 Oct 2026
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
މިކަމަށް ޓަކައި އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ޚަބަރު 13 Oct 2026
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
މި ނިންމެވުމުގެ މަޤްޞަދަކީ، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތަށް އެދި ދިގު މުއްދަތަކަށް އިންތިޒާރުކުރަމުންދާ އުމުރުން ދުވަސްވީ މީހުން އެ މާތް އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދެއްވުމެވެ.
ޚަބަރު 12 Oct 2026