އަމިއްލަ ދިވެހި އުފެއްދުން ޖަޕާނުގެ ވެބްސައިޓެއްގައި ދައްކާލުމަށް ފުރުސަތެއް
ޚަބަރު
21 Aug 2024
ޖަޕާނުގެ މަޝްހޫރު ވިޔަފާރި ކުންފުންޏެއް ކަމަށްވާ އޮޓާނީ ޓްރޭޑިން ލިމިޓެޑުން ވިޔަފާރިތަކަށް އެމީހުންގެ ފުޑް ޓްރިޕް ވެބްސައިޓުގައި ކާބޯތަކެތީގެ އުފެއްދުންތައް ދައްކާލުމުގެ ފޯރިގަދަ ފުރުސަތެއް ހުޅުވާލައިފިއެވެ.
1 އޭޕްރީލް 2024 އިން 31 މާޗް 2025 އަށް ފުޑް ޓްރިޕް ގައި ބީޓުބީ ޕްލެޓްފޯމް މެދުވެރިކޮށް ކުންފުނިތަކަށް ކާބޯތަކެތީގެ އުފެއްދުންތައް އެއްވެސް އަގެއް ނުލައި އިޝްތިހާރު ކުރެވޭނެއެވެ.
މި އިސްނެގުމަކީ ޖަޕާނުގެ މާކެޓަށް ވަދެ، އެމީހުންގެ ވިޔަފާރި ހުށަހެޅުންތަށް ހޯދަން ބޭނުންވާ ފަރާތްތަކަށް ލިބޭ އަގުހުރި ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރާނީ ފުޑް ޓްރިޕް ޕްލެޓްފޯމް https://www.food-trip.jp މެދުވެރިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް