ފޮޓޯ: ޕީއެސްއެމް
ފޮޓޯ: ޕީއެސްއެމް

ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމާ ގުޅޭގޮތުން ސަފީރުންނާއެކު ފޮރިން މިނިސްޓަރު މުހިންމު ބައްދަލުވުމެއް ބާއްވަވައިފި

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް، ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ ދިވެހި އެމްބަސީތަކާއި ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންނާ އެކު މަތީ ފަންތީގެ މުހިންމު ބައްދަލުވުމެއް ބާއްވަވައިފިއެވެ.

ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމަކީ، މިޝަންތަކުގެ މިހާރުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށާއި، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ސްޓްރެޓީޖިކް ރޯޑްމެޕް ހާމަކުރެއްވުމުގެ މަގުސަދުގައި ބޭއްވެވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ދިވެހިރާއްޖެ އިސްކުރުން" ނުވަތަ "މޯލްޑިވްސް-ފަސްޓް" ޚާރިޖީ ސިޔާސަތު ކުރިއެރުވުމުގައި ބޭރު ގައުމުތަކުގައި ތިއްބަވާ ސަފީރުންނާއި މިޝަންތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އިހުތިރާމްކުރާ އަދި ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކުރާ ކޮންމެ ގައުމަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާއަކާ އެކު ގުޅުން ބަދަހިކުރުމަށް ރާއްޖެ އަބަދުވެސް ތައްޔާރަށް އޮތްކަން މިނިސްޓަރު ހާމަކުރެއްވިއެވެ. މީގެއިތުރުން، މި ސިޔާސަތު އަމަލީ ގޮތުން ތަންފީޒުކޮށް، ނަތީޖާ ނެރުމުގެ އެންމެ ކުރީ ސަފުގައި މަސައްކަތްކުރައްވާ ބޭފުޅުންނަކީ ޚާރިޖީ މަންދޫބުންކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި އިގްތިސާދީ ޑިޕްލޮމެސީއަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައި، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށާއި، ބޭރުގެ އިންވެސްޓަރުންނަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމަށް އިސްކަންދެއްވުމަށް މިނިސްޓަރު އިރުތިޝާމް ސަފީރުންނަށް އިލްތިމާސްކުރެއްވިއެވެ. އަދި ރާއްޖޭގެ މުހިންމު އިގްތިސާދީ ދާއިރާތައް ކުރިއެރުވުމަށާއި، ދެފަރާތުގެ ވިޔަފާރިއާއި ތަރައްގީގެ އާ ފުރުސަތުތައް ހޯދުމަށް ބޭރު ގައުމުތަކާއެކު ގާތުން މަސައްކަތްކުރުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

ހަމައެއާއެކު، ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ގައުމީ ތަރައްގީއަށް ފައިދާހުރި ފުރުސަތުތައް ހޯދައިދިނުމަށާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ އަދި އެކި ބޭނުންތަކުގައި ދަތުރުކުރާ ދިވެހި ރައްޔިތުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ކޮންސިއުލަރ ޚިދުމަތްތައް އަވަހަށް ފޯރުކޮށްދީ، ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދިނުމަށް ޚާރިޖީ ވަޒީރު ވަނީ މިޝަންތަކުގެ އިސްވެރިންނަށް ގޮވާލައްވާފައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026