ލަންދޫގައި ރޯގާ ފެތުރޭތީ ކޮވިޑާއި އިންފްލުއެންޒާއަށް ޓެސްޓުކުރުމަށް އެޗްޕީއޭއިން އިރުޝާދު ދީފި

ނ. ލަންދޫގައި ހުން އައިސްގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވަމުންދާތީ، ކޮވިޑް-19 އާއި އިންފްލުއެންޒާއަށް ޓެސްޓުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިރުޝާދު ދީފިއެވެ.

ލަންދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދޭ ގޮތުގައި، އަޟްހާ އީދު ބަންދަށްފަހު އެ ރަށުގައި ރޯގާޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އާންމުކޮށް ދުވާލަކު 10 ވަރަކަށް މީހުން ފަރުވާ ހޯދަން އަންނަ ނަމަވެސް، ފަހަކަށް އައިސް ދުވާލަކު 30 އަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކަމުންދާ ކަމަށް އެ މަރުކަޒުން ފާހަގަކުރެއެވެ.

ބަލިޖެހިގެން އަންނަ މީހުންގެ ކިބައިން ފެންނަ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި، ކެއްސުމާއި، ބޮލުގައި ރިއްސުން އަދި ރޯގާގެ އާންމު އަލާމާތްތައް ހިމެނެއެވެ. މީގެ އިތުރުން، އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

ރޯގާ ފެތުރެމުންދާތީ ލަންދޫ ސްކޫލްގެ ހާޒިރީއަށްވެސް ވަނީ އޭގެ އަސަރުކޮށްފައެވެ. އީދު ބަންދަށްފަހު ސްކޫލް ހުޅުވުނުއިރު، ބަލިވެގެން ގިނަ އަދަދެއްގެ ކުދިން ސްކޫލަށް ނާދެއެވެ. އެގޮތުން 200 އެއްހާ ކުދިން ކިޔަވާ އެ ސްކޫލަށް މިދިޔަ ދުވަސްތަކުގައި ހާޒިރުވެފައިވަނީ 150 އެއްހާ ކުދިންނެވެ.

މި ހާލަތާ ގުޅިގެން ސްކޫލް ވަގުތީ ގޮތުން ބަންދުކުރުމާ މެދު ސިއްހީ މަރުކަޒުން އެޗްޕީއޭގެ ލަފަޔަކަށް އެދުމުން، އެޗްޕީއޭއިން ލަފާދީފައިވަނީ ވަކި ގޮތެއް ނިންމުމުގެ ކުރިން ބަލި ފެތުރެން މެދުވެރިވާ ސަބަބު ދެނެގަތުމަށް ޓެސްޓުތައް ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން، މިހާރު ދަނީ ބަލިމީހުންގެ ސާމްޕަލް ނަގައި ކޮވިޑް-19 އާއި އިންފްލުއެންޒާއަށް ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އީދު ބަންދުގެ ކުރިންވެސް، ރާއްޖޭގެ އެކި ހިސާބުތަކުގައި އިންފްލުއެންޒާ އާއި ވައިރަލް ހުން އަދި މާލެ ސަރަހައްދުގައި ހިމަބިހި ފެތުރެމުންދާތީ އެޗްޕީއޭއިން ވަނީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭއިން ދީފައިވާ އިރުޝާދުތައް:

  • ހުން އައިސް ރޯގާގެ އަލާމާތްތައް ފެންނަނަމަ ގޭގައި މަޑުކުރުމާއި މީހުން އެއްވާ ތަންތަނަށް ނުދިއުން.

  • ބަލީގެ އަލާމާތްތައް ބޮޑުވާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން.

  • ހޮސްޕިޓަލް ނުވަތަ ކްލިނިކްތަކަށް ދާއިރު މާސްކު އެޅުމާއި ބޭކާރު ގޮތުގައި އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުން.

  • ހިމަބިަހީގެ އަލާމާތެއް ފެނިއްޖެނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެންވެސް އެކަހެރިވެގެން ތިބުން.

  • އެއާޕޯޓާއި ފެރީ ޓާމިނަލް ފަދަ ތޮއްޖެހޭ ތަންތަނުގައި މާސްކު އެޅުން.

  • ސައިބޯނިލައިގެން ގަވާއިދުން އަތް ދޮވުމާއި ހޭންޑް ސެނިޓައިޒާ ބޭނުންކުރުން.

  • ބަލިތަކުން ރައްކާތެރިވުމަށް ޖަހަންޖެހޭ ވެކްސިންތައް ފުރިހަމަކުރުން.

  • މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް މަދިރި މަދުކުރުމާއި ހަށިގަނޑު ނިވާވާފަދަ ހެދުން އެޅުން.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ގޮތުން ހުންނަ ޚިޔާލުތަފާތުވުންތަކަކީ، ރާއްޖެއަށް އަންނަ އިންވެސްޓަރުންނާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ބަދަލުވެގެން ނުވާނެ ކަމަށާއި، އިންވެސްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ދޮގު ކެމްޕޭނުތައް ހުއްޓާލުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ޚަބަރު 17 Oct 2026
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
ޚަބަރު 13 Oct 2026
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
މިކަމަށް ޓަކައި އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ޚަބަރު 13 Oct 2026