ވިލިމާލެ މަސްޖިދުއްސަލާމް ހުރި ބިމުގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
'މަސްޖިދުއްސަލާމް' މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވައިފި އެވެ.
މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ މިއީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ. މި މިސްކިތް ވެގެންދާނީ ވިލިމާލޭގައި އަޅާ ޖާގަ ތަނަވަސް މިސްކިތަކަށެވެ.
މި މިސްކިތުގެ ބިންގާ އަޅައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރ ޑރ. ޝަހީމްް ވިދާޅުވީ މިއީ ވިލިމާލޭގައި ބިނާކުރާ ޖާގަ ތަނަވަސް ރީތި މިސްކިތަކަށްވާނެ ކަމަށާއި މިއީ ވިލިމާލޭ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާ ކަމެއްކަމަށެވެ.
ޒަމާނީ ފެންވަރަށް ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ދެ ބުރީގެ މިސްކިތެކެވެ. މި މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން 2 ކުލާސްރޫމާއި އިމާމު ރޫމް ހިމެނޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް