ކަރެކްޝަންގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު ފިލައިފި

ހ ހަޅަ
ޚަބަރު 21 May 2026

ކަރެކްޝަންގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު ފިލައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު، ބޭސްފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް ފިލި މައްސަލައެއް، 2026 މެއި 20 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި މީހާއަކީ ސްކޭމުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހެކެވެ. ހަޅައަށް އެނގިފައިވާ ގޮތުގައި ފިލީ މ. އޮމެގާ / މާލެ، މޫސާ މުޙައްމަދު (38އ) އެވެ.

އޭނާ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މި ހަފްތާގަ އެވެ. އެއީ ބަންދު މުއްދަތު ހަމަވެގެން ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުންނެވެ. ބަންދަށް ދިނީ 30 ދުވަހެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ހުޅުމާލޭގެ ތިން ސުކޫލެއްގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި
ހުޅުމާލޭގެ ތިން ސުކޫލެއްގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި
މިި ޕްރޮގްރާމް ނިންމުމަށް، މެއި 20 ވަނަ ދުވަހުގެ ރޭ ރެހެންދި ސުކޫލުގައި ބޭއްވި ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާންއެވެ.
ޚަބަރު 21 May 2026
ޖަޕާނުގެ ސަފީރު ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ޖަޕާނުގެ ސަފީރު ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ދިފާޢީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ، ދެ ޤައުމުގެ ދެމެދުގައި ޤާއިމްކޮށްފައިވާ ޒަމާންވީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންނެވެ.
ޚަބަރު 21 May 2026
ކާރިޘާތަކުގައި ބޭނުންކުރުމަށް ބައެއް ސާމާނު އެންޑީއެމްއޭ އިން އެމްއެންޑީއެފް އަށް ހަވާލުކޮށްފި
ކާރިޘާތަކުގައި ބޭނުންކުރުމަށް ބައެއް ސާމާނު އެންޑީއެމްއޭ އިން އެމްއެންޑީއެފް އަށް ހަވާލުކޮށްފި
މި އެހީގެ ސަބަބުން ޤުދުރަތީ ކާރިޘާތަކާއި އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުންތަކުން ރައްކާތެރިވާން އަތޮޅުތެރޭގެ ރަށްރަށުގައި ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ލިބި، ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިވެގެން ދާނެއެވެ.
ޚަބަރު 21 May 2026
އިންޑިއާގައި ކުރިއަށްދާ "އެކްސަސައިޒް ޕްރަގާޓީ 2026"ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ
އިންޑިއާގައި ކުރިއަށްދާ "އެކްސަސައިޒް ޕްރަގާޓީ 2026"ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ
މޭ 20 ވަނަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަކަށް އިންޑިއާގެ މެގަލައިޔާގައި ހުންނަ އަމްރޯއި މިލިޓަރީ ސްޓޭޝަނުގައި ކުރިއަށްދާ މި އެކްސަސައިޒުގައި އިންޑިއާއާއި ދިވެހިރާއްޖޭގެ އިތުރުން، ބޫޓާން، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލައޯސް، މެލޭޝިއާ، މިޔަންމާ، ނޭޕާލް، ފިލިޕީންސް، ސީޝެލްސް، ސްރީލަންކާ، އަދި ވިއެޓްނާމް ބައިވެރިވެއެވެ.
ޚަބަރު 21 May 2026