މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އައު ސްކީމްތަކެއް ފެށުމަށް ތައްޔާރުވަނީ

ހ ހަޅަ
ޚަބަރު 28 Aug 2026

އަމިއްލަ ބޯހިޔާވަހިކަމެއް ބިނާކުރުމަށާއި ގަތުމަށް ފައިސާގެ ތަދިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އައު ސްކީމްތަކެއް ފެށުމަށް ތައްޔާރީތައް ވަމުން އަންނަކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ޕީއެސްއެމްގެ 'ރާއްޖެމިއަދު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙުމަދު ނާޒީމް މުޙައްމަދު ފާހަގަކުރެއްވި ގޮތުގައި، ޝަރުތު ހަމަނުވުމުގެ ސަބަބުން ބޭންކުތަކުން ގެދޮރު އެޅުމުގެ ލޯނު ނުލިބި ތިބި ވަރަށް ގިނަ ރައްޔިތުން އެބަތިއްބެވެ.

މިފަދަ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހިޔާވެހި ސްކީމަށް ގިނަ އަދަދެއްގެ މީހުން ހުށަހަޅާފައިވާއިރު، އެ މަޝްރޫޢުގެ ދަށުން 1.1 ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، ގެދޮރު ބިނާކުރުމަށް އެހީތެރިވުމުގެ ގޮތުން ބޭންކުތަކާ ގުޅިގެން އިތުރު ދެ ފައިނޭންސިންގ ޕްރޮގްރާމެއް ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. މި ސްކީމްތަކުގައި ސަރުކާރުން އެހީވަނީ، އަމިއްލަ ބިން އޮވެ ގެދޮރު ނޭޅިފައިވާ މީހުން ބޭންކުތަކުން ލޯނު ހޯދުމަށް ދައްކަންޖެހޭ މައިގަނޑު ޝަރުތެއް ކަމަށްވާ އިކުއިޓީ ފައިސާ ހަމަޖައްސައިދިނުމުގައެވެ.

މިގޮތުން، ދެ ލައްކަ ރުފިޔާގެ އިކުއިޓީ ސަރުކާރުން ހަމަޖައްސައިދީގެން އެއް މިލިއަން ރުފިޔާއާ ހަމައަށް ބޭންކު މެދުވެރިކޮށް ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށާއި، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި މި ސްކީމް އިފްތިތާޙުކުރުމަށް އަމާޒުހިފާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން، އަތޮޅުތަކުގައި ކުރިއަށްގެންދާ ފްލެޓް މަޝްރޫޢުތަކުން ހައުސިންގ ޔުނިޓެއް ބައްލަވައިގަތުމަށް އިކުއިޓީ ނެތް ފަރާތްތަކަށްވެސް އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ބައިގެ ދަށުން އިކުއިޓީގެ ގޮތުގައި 2.5 ލައްކަ ރުފިޔާ ދޫކުރެވޭނެ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

މި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހަތަރު ބޭންކަކާއެކު ފަހުމުނާމާ އެކުލަވާލުމުގެ މަސައްކަތް ހިނގަމުންދާއިރު، ސަރުކާރުގެ ވިސްނުމަކީ ނޮވެމްބަރު މަހުގެ ތެރޭގައި މި ސްކީމްތަކަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
މި ނިންމެވުމުގެ މަޤްޞަދަކީ، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތަށް އެދި ދިގު މުއްދަތަކަށް އިންތިޒާރުކުރަމުންދާ އުމުރުން ދުވަސްވީ މީހުން އެ މާތް އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދެއްވުމެވެ.
ޚަބަރު 12 Oct 2026
ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއަށް ވާދަކުރަން ހުޅުވައިލައިފި، އިންތިޚާބު ނޮވެންބަރުގެ ފަހުކޮޅު
ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއަށް ވާދަކުރަން ހުޅުވައިލައިފި، އިންތިޚާބު ނޮވެންބަރުގެ ފަހުކޮޅު
އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި އިޢުލާނުގައިވާ ގޮތުން، ތިނަދޫ ކައުންސިލުގެ ރައީސްކަމަށް ވާދަކުރަން އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ކެންޑިޑެސީ ފޯމާއި އެއާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ އިތުރުން -/1500 ރުފިޔާގެ އިދާރީ ފީ ދެއްކުން ކުރިއަށްދާނީ އެ ކޮމިޝަނުގެ "މައި ޕޯޓަލް" މެދުވެރިކޮށެވެ.
ޚަބަރު 11 Oct 2026
ރަސްމާލެ މަޝްރޫޢު ނުހުއްޓުވޭނެ، ޔާމީނާއި އެމްޑީޕީ ކުރަނީ އެއް މަސައްކަތެއް: މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
ރަސްމާލެ މަޝްރޫޢު ނުހުއްޓުވޭނެ، ޔާމީނާއި އެމްޑީޕީ ކުރަނީ އެއް މަސައްކަތެއް: މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
ރަސްމާލޭގައި ޔޫއޭއީގެ ކުންފުންޏަކުން ހިންގަން އުޅޭ ބިޔަ މަޝްރޫޢަށް ހުރަސްއެޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އެމްޑީޕީއާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޚަބަރު 11 Oct 2026
ހުޅުމާލޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ޒުވާނަކު ޖޫރިމަނާކޮށް، ސައިކަލް ޓޯކޮށްފި
ހުޅުމާލޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ޒުވާނަކު ޖޫރިމަނާކޮށް، ސައިކަލް ޓޯކޮށްފި
ހުޅުމާލެ ފޭސް 1 ގައި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް، އެ ސައިކަލް ދުއްވި މީހާއަށް ފިޔަވަޅު އަޅައިފިއެވެ.
ޚަބަރު 11 Oct 2026