ޓެސްލާ ކުންފުނިން ޑްރައިވަރަކާ ނުލައި ދުއްވާ ޓެކްސީގެ ޚިދުމަތް ތައާރަފުކުރުމުގެ ތެރެއިން، އެ ކުންފުނީގެ ރަން ކުލައިގެ "ސައިބަރކެބް" ރޮބޮޓެކްސީ
ޓެސްލާ ކުންފުނިން ޑްރައިވަރަކާ ނުލައި ދުއްވާ ޓެކްސީގެ ޚިދުމަތް ތައާރަފުކުރުމުގެ ތެރެއިން، އެ ކުންފުނީގެ ރަން ކުލައިގެ "ސައިބަރކެބް" ރޮބޮޓެކްސީ

ޓެސްލާގެ ޑްރައިވަރެއް ނެތި ދުއްވާ "ސައިބަރކެބް" ގެ މައްސަލަ އެމެރިކާގެ ރެގިއުލޭޓަރުން ބަލަން ފަށައިފި

މަޝްހޫރު ކާރު އުފައްދާ ކުންފުނި ޓެސްލާއިން އަލަށް ތަޢާރަފުކުރި، އަމިއްލައަށް ދުއްވާ "ސައިބަރކެބް" ރޮބޯޓެކްސީގެ ރައްކާތެރިކަމާ ގުޅޭގޮތުން އެމެރިކާގެ ނޭޝަނަލް ހައިވޭ ޓްރެފިކް ސޭފްޓީ އެޑްމިނިސްޓްރޭޝަން (އެން.އެޗް.ޓީ.އެސް.އޭ) އިން ރަސްމީކޮށް ތަޙުޤީޤެއް ފަށައިފިއެވެ. މި ތަޙުޤީޤު ފަށާފައި މިވަނީ ޓެކްސަސްގެ އޮސްޓިންގައި ވިޔަފާރި އުޞޫލުން މި ޚިދުމަތް ދޭން ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.

އެމެރިކާގެ ފެޑެރަލް ސޭފްޓީ އޭޖެންސީން އިއްޔެ ހާމަކުރި ގޮތުގައި، މި ތަޙުޤީޤުގައި މައިގަނޑު ގޮތެއްގައި ބަލާނީ ޤައުމީ ފެންވަރުގެ ވެހިކަލް ރައްކާތެރިކަމުގެ މިންގަނޑުތަކަށް (ފެޑެރަލް މޯޓަރ ވެހިކަލް ސޭފްޓީ ސްޓޭންޑަރޑްސް) ސައިބަރކެބް ފެތޭކަމަށް ޓެސްލާއިން ކަނޑައެޅި ގޮތާއި، އެކަމުގައި ބޭނުންކުރި ޓެކްނިކަލް މަޢުލޫމާތުތަކެވެ. އަދި އޮޓޮނޮމަސް ޑިޒައިނަކަށް ވުމުން ބައެއް މިންގަނޑުތައް މި އުޅަނދަށް ނުހިނގާނެ ކަމަށް ޓެސްލާއިން ނިންމި ނިންމުމަކީ ޤާނޫނީ ގޮތުން ރަނގަޅު ނިންމުމެއްތޯ ވެސް މި އޮޑިޓްގެ ތެރެއިން ބަލާނެއެވެ.

ސައިބަރކެބަކީ އިންސާނެއްގެ އެހީތެރިކަމާ ނުލައި އަމިއްލައަށް ދުއްވުމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ދެ މީހުންގެ ޖާގައިގެ އިލެކްޓްރިކް ކާރެކެވެ. ޢާންމު ކާރުތަކާ ޚިލާފަށް މި ވެހިކަލްގައި ސްޓިއަރިންގ ވީލެއް، ބްރޭކާއި އެކްސެލެރޭޓަރ ފަދަ ޕެޑަލްތަކެއް އަދި ސައިޑް ލޯގަނޑުތަކެއް ނުހުރެއެވެ.

ޓެސްލާއިން ސެޕްޓެމްބަރ 3 ވީ ބުރާސްފަތި ދުވަހު އޮސްޓިންގެ ކަނޑައެޅޭ ވަކި ސަރަޙައްދުތަކެއްގައި މި ޚިދުމަތް ފަށާފައިވާއިރު، މިއީ އެ ކުންފުނީގެ ވެރިޔާ އީލޮން މަސްކްގެ ބޮޑު "ރޮބޯޓެކްސީ" ވިއުގަ ޤާއިމުކުރުމުގެ ފެށުމެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް އެހެން ސަރަޙައްދުތަކަށް ފުޅާކުރުމަށް ވަނީ ރޭވިފައެވެ.

އެމެރިކާގެ ޤާނޫނު އޮންނަ ގޮތުން ވެހިކަލްތައް ރައްކާތެރިކަމުގެ މިންގަނޑަށް ފެތޭކަން ކަށަވަރުކުރުމުގެ ބާރު ފުރަތަމަ މަރުޙަލާގައި ލިބިފައިވަނީ އުފައްދާ ކުންފުންޏަށެވެ. ނަމަވެސް އެކަމުގައި ޤަވާޢިދާ ޚިލާފު ކަމެއް ހުރިތޯ ބަލައި، ފިޔަވަޅު އެޅުމުގެ ފުރިހަމަ ބާރު އެން.އެޗް.ޓީ.އެސް.އޭ އަށް އޮވެއެވެ.

އެ އޭޖެންސީން ބުނެފައިވަނީ އަމިއްލައަށް ދުއްވާ އުޅަނދުތަކާ ގުޅޭ އައު ޤަވާޢިދުތައް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އެ މަސައްކަތް ނިމެންދެން ވެސް މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތަކަށް ކުންފުނިތަކުން ތަބާވާންޖެހޭނެ ކަމަށެވެ. މި ތަޙުޤީޤު ގާތްގަނޑަކަށް 1،000 ސައިބަރކެބަށް އަމާޒުވާނެއެވެ. ރޮއިޓަރސްގެ ރިޕޯޓްތައް ބުނާގޮތުން އިއްޔެއާ ހަމައަށް ޓެކްސަސްގައި ރަޖިސްޓްރީ ކޮށްފައިވަނީ މިފަދަ 45 ވެހިކަލެވެ.

މި ތަޙުޤީޤާ ގުޅިގެން ޓެސްލާއިން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

އެން.އެޗް.ޓީ.އެސް.އޭ އިން ފާހަގަކުރި ގޮތުގައި، މިފަދަ ތަޙުޤީޤެއް ފެށުމަކީ ސައިބަރކެބުން ޤާނޫނާ ޚިލާފުވެފައިވާކަން ކަށަވަރުވާ ކަމެއް ނޫނެވެ. މިއީ އެ ކުންފުނީގެ ސެޓްފިކޭޝަންތަކަކީ މިހާރު ހުރި ސަލާމަތީ މިންގަނޑުތަކަށް އެކަށީގެންވާ ގޮތެއްގައި ތައްޔާރުކޮށްފައިވާ އެއްޗެއްތޯ ބެލުމަށް ހިންގާ އޮޑިޓެކެވެ. ނަމަވެސް، މިއީ އަމިއްލައަށް ދުއްވާ ކާރުތަކުގެ ޓެކްނޮލޮޖީ ކުރިއަރުވަން މަސައްކަތްކުރާ ޓެސްލާއަށް ކުރިމަތިވި ވަރަށް މުހިންމު އަދި ނާޒުކު އިމްތިޙާނެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026