ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދީ ކުރިއެރުމަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ދައުރު މުހިންމު: މާލީ ވަޒީރު

ހ ހަޅަ
ޚަބަރު 24 Aug 2026

ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދު ފުޅާކޮށް ކުރިއެރުވުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ދައުރު ނުހަނު ބޮޑު ކަމުގައި މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި "ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026 އަދި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޑިޖިޓަލައިޒޭޝަނާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އާއި، އީ-ގަވަރނަންސް އަދި ފިންޓެކް ފަދަ ޒަމާނީ ޓެކްނޮލޮޖީތަކަކީ މުޖުތަމަޢުތައް ގުޅުވައިދީ، ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ވިޔަފާރިތަކަށް އެހީތެރިވެދިނުމާއެކު އައު އިޤްތިޞާދީ ފުރުޞަތުތައް ތަނަވަސްކޮށްދޭނެ ވަސީލަތްތަކެކެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެއަށް ބަލާއިރު، ޓެކްނޮލޮޖީގެ ޒަރީޢާއިން އީޖާދީ އުފެއްދުންތައް ބޭނުންކޮށްގެން ދިމާވާ ޢަމަލީ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގެ އިތުރުން، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރުދަނާ އަދި ލާމެހިފައިވާ ނިޒާމެއް ޤާއިމުކޮށް، އިޤްތިޞާދީ ދުވެލި ހަލުވިކުރެވިދާނެ ކަމަށެވެ.

މީގެއިތުރުން، ސަރުކާރުތަކުގެ ޒިންމާއަކީ ހަރުދަނާ ސިޔާސަތުތަކާއި، ވަރުގަދަ މުއައްސަސާތަކާއި އެކަށޭނަ ޤަވާޢިދުތަކުގެ ތެރެއިން ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ ވިޔަފާރިތަކަކީ އިންވެސްޓްމަންޓްތައް އިތުރުކޮށް، އީޖާދީ ފިކުރުތަކަށް ޢަމަލީ ސިފަ ގެނެސް، ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ކުރިއެރުން ހޯދައިދޭ މައިގަނޑު ބާރު ކަމުގައިވެސް ވިދާޅުވިއެވެ.

"ދިވެހިރާއްޖެއަށް ބަލާއިރު، ޓެކްނޮލޮޖީއަކީ އީޖާދީ އުފެއްދުންތަކުގެ ޒަރީއާއިން އަމަލީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ލާމެހިފައިވާ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ މުހިންމު ވަސީލަތެއް" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ހަރުދަނާ ސިޔާސަތުތަކާއި، ވަރުގަދަ މުއައްސަސާތަކާއި އަދި ގަވާއިދުތަކުގެ ތެރެއިން އެކަށޭނަ މާހައުލެއް ބިނާކުރުމަކީ ސަރުކާރުތަކުގެ ޒިންމާއެކެވެ. އަދި އަމިއްލަ ވިޔަފާރިތަކަކީ އިންވެސްޓްމަންޓްތަކާއި، އީޖާދީ އުފެއްދުންތަކާއި، ވިޔަފާރީގެ ވިސްނުންތަކާއި ޓެކްނޮލޮޖީގެ ބޭނުންހިފައިގެން، ތަފާތު ޚިޔާލުތައް ހަގީގަތަކަށް ހަދައިދިނުމުގެ ގާބިލުކަން ލިބިފައިވާ މައިގަނޑު ބާރެވެ.

އެހެންކަމުން، ކުދި ޖަޒީރާ ޤައުމުތަކަށް މި ހުރިހާ ބާރުތައް އެއް އަމާޒަކަށް ގެނައުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ސަރުކާރުތަކާއި، ވިޔަފާރިތަކާއި، އިންވެސްޓަރުން އަދި ތަރައްޤީގެ ބައިވެރިން ގުޅިގެން މަސައްކަތްކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.

މީގެއިތުރުން، މި ފޯރަމަކީ ހަމައެކަނި ގޮންޖެހުންތަކާ މެދު މަޝްވަރާކުރުމަށް އޮތް ފުރުސަތެއް ނޫން ކަމަށާއި، މިއީ އައު ފުރުސަތުތައް ދެނެގަތުމަށާއި، ހައްލުތައް ހިއްސާކުރުމަށާއި، އީޖާދީ ޚިޔާލުތަކަށް މާލީ އެހީތެރިކަން ހޯދުމުގެ އިތުރުން، މާނަވީ އަދި ނަތީޖާ ނެރެވޭނެ ފަދަ ބައިވެރިވުންތައް ބިނާކުރުމަށް ލިބުނު އަގުހުރި ފުރުސަތެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ 2014ވަނަ އަހަރު ބޭއްވި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތިން ވަނަ ބައިނަލްއަޤުވާމީ ބައްދަލުވުމުން ފެށިގެން ސިލްސިލާ ގޮތެއްގައި ދެ އަހަރުން އެއް އަހަރުން ބާއްވަމުން އަންނަ ފޯރަމެކެވެ. މިފޯރަމްގެ މަގްސަދަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީގައި ދައުލަތްތަކުގެ އިތުރުން، އެގައުމުތަކުގެ ވިޔަފާރިތަކާއި އެކި އެކި އިންވެސްޓަރުންނާއި އެހީދޭ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީ.އޭ.އޭ.2' އިން ސީ.އޭ.އޭ.1' އަށް މަތިކޮށްފި
ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީ.އޭ.އޭ.2' އިން ސީ.އޭ.އޭ.1' އަށް މަތިކޮށްފި
މޫޑީސް އިން 8 އޮކްޓޫބަރު 2026 ގައި ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ރޭޓިންގއަށް މި ގެނައި ކުރިއެރުމަކީ، ކުރުމުއްދަތުގައި ޑިފޯލްޓް ހިރާސްތައް ބޮޑުތަނުން ކުޑަވެފައިވާކަމަށް މޫޑީސްއަށް ގަބޫލުކުރެވޭތީ ގެނައި ބަދަލެކެވެ. މީގެ ތެރޭގައި 2026 ވަނަ އަހަރުގެ އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ރިޒާވް ބޭންކް އޮފް އިންޑިއާއަށް އަދާކުރުމާއި، 2026 ވަނަ އަހަރުގެ މެއި އަދި ސެޕްޓެމްބަރު މަހު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އިންވެސްޓުކޮށްފައިވާ ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލްތަކަށް ފައިސާ ދައްކާ ހަލާސްކުރުމުގެ އިތުރުން، އެޕްރީލް 2026 އަށް މެޗުއަރވާން އޮތް 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑު 2031 ވަނަ އަހަރާ ހަމައަށް ފަސްކުރުން ހިމެނެއެވެ.
ޚަބަރު 08 Oct 2026
"ސަރުކާރުގެ ޚިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ މިއަދު އުފައްދަވައިފި
"ސަރުކާރުގެ ޚިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ މިއަދު އުފައްދަވައިފި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ )ހ(އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް މިއަދު އުފައްދަވައި، އެ އިދާރާތަކަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަންތަނުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.
ޚަބަރު 08 Oct 2026
ހަރުދަނާ ޝަޚުސިއްޔަތަކަށް ވާނީ އެމީހަކަށް ލިބިފައިވާ ޢިލްމާއި ހުނަރުތަކަކުން އެކަންޏެއް ނޫން: ވަޒީރު ހީނާ ވަލީދު
ހަރުދަނާ ޝަޚުސިއްޔަތަކަށް ވާނީ އެމީހަކަށް ލިބިފައިވާ ޢިލްމާއި ހުނަރުތަކަކުން އެކަންޏެއް ނޫން: ވަޒީރު ހީނާ ވަލީދު
ވަޒީރު މިހެން ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔުނިއަނުން، އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި ކުރިއަށްދާ އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތާއި އައްޝައިޚް ޙުސައިން ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ބަޙުސް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުބާރާތުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 08 Oct 2026
ރާއްޖޭގެ ދެވަނަ ބައިއީނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓް އެކުލަވާލުމަށްޓަކައި ޓެކްނިކަލް ވޯކިންގ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައިފި
ރާއްޖޭގެ ދެވަނަ ބައިއީނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓް އެކުލަވާލުމަށްޓަކައި ޓެކްނިކަލް ވޯކިންގ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައިފި
މި ބައްދަލުވުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި ޒިންމާތައް ފުރިހަމަކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޤައުމީ ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭއްވުނު ބައްދަލުވުމެކެވެ. ޕެރިސް އެގްރީމަންޓްގެ ދަށުން އެކުލަވާލަންޖެހޭ މި ރިޕޯޓަކީ، ވިހަ ގޭސްތައް ބޭރުކުރާ މިންވަރު ދަށްކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހާމަކުރުމަށް ތައްޔާރުކުރާ ރިޕޯޓެކެވެ.
ޚަބަރު 08 Oct 2026