ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި މިނިސްޓަރ ސަޢީދު.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި މިނިސްޓަރ ސަޢީދު.

ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވަޢުދެއް ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ ޑރ. މުޢިއްޒު: މިނިސްޓަރ ސަޢީދު

އ އައިމިނަތުު މުޙައްމަދު
ޚަބަރު 07 Oct 2026

ދިވެހިރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވަޢުދުފުޅުތަކެއް އެއްކުރައްވައި ފޮތެއްގެ ސިފައިގައި ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސަޢީދު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު އެކަން އެގޮތަށް ކުރެއްވީ ނުހަނު ހާމަކަމާއި ތެދުވެރިކަމާއެކު، އެ ވަޢުދުތައް ފުއްދެވުމުގެ ސާފު ހެޔޮ ނިޔަތުގައި ކަމަށެވެ. މިއީ މީގެ ކުރީގެ އެއްވެސް ވެރިއަކު ކުރައްވާފައި ނުވާފަދަ ހިތްވަރުގަދަ އަދި ޒިންމާދާރު ނިންމެވުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު މިއަދުގެ ވަރަށް ގިނަ ވަގުތު ޚާއްޞަކުރެއްވީވެސް ސަރުކާރުގެ މަޝްރޫޢުތަކާއި ވަޢުދުތަކުގެ އަދާހަމަ ބެއްލެވުމަށް ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ. އެގޮތުން، ކޮންމެ މަޝްރޫޢެއްގެ އަދާހަމަ ރައީސް އަމިއްލަފުޅަށް ބައްލަވައި، ކަންކަން ނިމެމުންދާ މިންވަރު ވަޒަންކުރެއްވި ކަމަށާއި، މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި އެއްވެސް ދައްޗެއް އޮތް ނަމަ، އެކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާ އިސްނެންގެވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން، ކޮންމެ ވަޢުދަކާ ގުޅޭ މަސައްކަތްތަކުގައި ޝާމިލްވާ ހުރިހާ ޒިންމާދާރު ފަރާތްތަކާ އެއް ޙާޒިރުގައި ބައްދަލުކުރައްވައި، ރައްޔިތުންނަށް ކޮށްދެއްވަން ހުރި ކަންކަމަށް އެންމެ އިސްކަން ދެއްވައިގެން ރައީސް ވަގުތު ޚާއްޞަކުރައްވަނީ އިޚްލާޞްތެރިކަމާއެކު ޤައުމަށް ޚިދުމަތްކުރެއްވުމަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ޝައުޤާއި ސަމާލުކަމުގެ ބޮޑުކަމުން ކަމަށް ސަޢީދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިފަދަ ހަރުދަނާ އަދި އިޚްލާޞްތެރި މަސައްކަތްޕުޅުތަކަކީ ވެރިކަންކުރާ ޕާޓީއަށްވެސް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އަދި ފަޚުރެއް ކަމުގައި މިނިސްޓަރ ސަޢީދު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ބީއެމްއެލްގެ އެހީތެރިކަމާއެކު ނަރސަސް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
ބީއެމްއެލްގެ އެހީތެރިކަމާއެކު ނަރސަސް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑު" ގެ މާލީ އެހީތެރިކަމާއެކު، މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަން (އެމްއެންއޭ) އިން ހުޅުމާލެ ފޭސް 2 ގައި ކުރިއަށްގެންދިޔަ "ޒައިތޫން" ނަފްސާނީ ދުޅަހެޔޮކަމުގެ ރީހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޚަބަރު 07 Oct 2026
ހުއްދަނެތި ބޭންކިންގ ޚިދުމަތްދީ، ޑޮލަރު ގަނެވިއްކާ މައްސަލައެއްގައި ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފި
ހުއްދަނެތި ބޭންކިންގ ޚިދުމަތްދީ، ޑޮލަރު ގަނެވިއްކާ މައްސަލައެއްގައި ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފި
ހުއްދަނެތި ބޭންކިންގ ޚިދުމަތް ދިނުމާއި، ޤަވާޢިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފިއެވެ.
ޚަބަރު 07 Oct 2026
ހުޅުމާލޭގެ ނުރައްކާތެރި އެކްސިޑެންޓް: 4 މީހެއްގެ ހާލު ސީރިއަސް، އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް!
ހުޅުމާލޭގެ ނުރައްކާތެރި އެކްސިޑެންޓް: 4 މީހެއްގެ ހާލު ސީރިއަސް، އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް!
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 5 މީހުންގެ ތެރެއިން 4 މީހެއްގެ ހާލު ސީރިއަސް ކަމަށާއި، އެކްސިޑެންޓްވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ފުލުހުންގެ ތަހުގީގަށް ހާމަވެއްޖެއެވެ.
ޚަބަރު 07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 5 މީހަކަށް އަނިޔާވެއްޖެ
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 5 މީހަކަށް އަނިޔާވެއްޖެ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 5 މީހަކަށް އަނިޔާވެ، އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
ޚަބަރު 07 Oct 2026