ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް
ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް

ނިމިދިޔަ ޖޫން މަހު 265 މައްސަލައެއްގައި ދަޢުވާކުރުމަށް ކޯޓުތަކަށް ފޮނުވައިފި

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން (ޕީޖީ އޮފީސް) އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ޖޫން މަހުގެ ތެރޭގައި ޖުމްލަ 265 މައްސަލައެއްގައި ދަޢުވާކުރުމަށް ކޯޓުތަކަށް ހުށަހަޅާފައިވާކަން ހާމަވެއްޖެއެވެ.

ޕީޖީ އޮފީހުން ކޮންމެ މަހަކު ނެރޭ މަސައްކަތުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއީ މޭ މަހާ އަޅާބަލާއިރު ކުޑަ ކުރިއެރުމެކެވެ. މޭ މަހު ދަޢުވާކުރުމަށް ކޯޓުތަކަށް ފޮނުވާފައިވަނީ 263 މައްސަލައެވެ.

ޖޫން މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ އޮފީހަށް އަލަށް ލިބުނު މައްސަލަތަކުގެ އަދަދު ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު 59.4 އިންސައްތަ އިތުރުވެފައެވެ. އެގޮތުން މޭ މަހު 143 މައްސަލަ ލިބުނުއިރު، ޖޫން މަހު ވަނީ 228 މައްސަލަ ލިބިފައެވެ.

މިދިޔަ މަހު އެންމެ ބޮޑު އިތުރުވުމެއް ފާހަގަކުރެވިފައިވަނީ ތަޙުޤީޤީ އިދާރާތަކަށް ޤާނޫނީ ލަފާދިނުން ނުވަތަ 'ޑިއުޓީ ޕްރޮސިކިއުޝަން' މަރުޙަލާގައެވެ. މޭ މަހު 447 މައްސަލައެއްގައި ލަފާދީފައިވާއިރު، ޖޫން މަހު މި އަދަދު ވަނީ 683 އަށް އަރާފައެވެ. މިއީ ގާތްގަނޑަކަށް 52.7 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެ އިތުރުން، ކޯޓުތަކުގައި ކުރިއަށްދާ އަޑުއެހުންތަކަށް ޕްރޮސިކިއުޓަރުން ހާޒިރުވި މިންވަރުވެސް ވަނީ އިތުރުވެފައެވެ. ޖޫން މަހު 1,207 އަޑުއެހުމަކަށް ޕްރޮސިކިއުޓަރުން ހާޒިރުވެފައިވާއިރު، މޭ މަހު ހާޒިރުވެފައިވަނީ 1,150 އަޑުއެހުމަކަށެވެ.

ޕީޖީ އޮފީހުން ބުނީ، އެ އޮފީހުގެ މަސައްކަތްތައް ހަރުދަނާކޮށް، އަވަސް ސްޕީޑެއްގައި ދަޢުވާތައް އުފުލުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މިގޮތުން ވަކި ބާވަތްތަކުގެ މައްސަލަތަކަށް ޚާއްޞަ 'ޕްރޮސިކިއުޝަން ޓީމުތައް' އެކުލަވާލައި، ތަޙުޤީޤީ އިދާރާތަކަށް ދޭ އެހީތެރިކަން ވަނީ އިތުރުކޮށްފައެވެ. އަދި މައްސަލަތައް ކޯޓަށް ފޮނުވުމުގައި ދިމާވާ ހުރަސްތައް ނައްތާލުމަށް ކަމާބެހޭ އިދާރާތަކާއެކު ގާތުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ އޮފީހުން މަޢުލޫމާތު ދެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ގޮތުން ހުންނަ ޚިޔާލުތަފާތުވުންތަކަކީ، ރާއްޖެއަށް އަންނަ އިންވެސްޓަރުންނާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ބަދަލުވެގެން ނުވާނެ ކަމަށާއި، އިންވެސްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ދޮގު ކެމްޕޭނުތައް ހުއްޓާލުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ޚަބަރު 17 Oct 2026
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
ޚަބަރު 13 Oct 2026
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
މިކަމަށް ޓަކައި އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ޚަބަރު 13 Oct 2026