ސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

މިއަހަރުގެ ޙައްޖު މޫސުން ކާމިޔާބުކަމާއެކު ނިންމާލުމާ ގުޅިގެން، ރައީސް މުޢިއްޒަށާއި ސައުދީ ސަރުކާރަށް އިސްލާމިކް މިނިސްޓަރު ޝުކުރު އަދާކުރައްވައިފި

މިއަހަރުގެ ބަރަކާތްތެރި ޙައްޖު މޫސުން ކާމިޔާބުކަމާއެކު ނިމިގެންދިޔުމާ ގުޅިގެން، ރާއްޖޭގެ ޙައްޖުވެރިންގެ ކަންކަން އިންތިޒާމުކުރުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށާއި، ސައުދީ ސަރުކާރަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޝުކުރު އަދާކުރައްވައިފިއެވެ.

މިނިސްޓަރު ޝަހީމް މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަހަރުގެ ޙައްޖު މޫސުން ކާމިޔާބުކަމާއެކު ނިމިގެންދިޔައީ މާތްﷲގެ ތައުފީޤާއި، ދިވެހި ސަރުކާރާއި ސައުދީ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު ކަމަށެވެ. ޚާއްޞަގޮތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްޖުވެރިންގެ ކަންކަމަށް ދެއްވި ޚާއްޞަ ސަމާލުކަމާއި، އިސްލާމީ ކަންތައްތަކާ ބެހޭ ދާއިރާއަށް ދެއްވަމުން ގެންދަވާ މެދުނުކެނޑޭ އެހީތެރިކަމަށްޓަކައި މިނިސްޓަރު ވަނީ ރައީސަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

މިނިސްޓަރުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އަޅުކަން އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކުރި މަސައްކަތްތަކީ ތައުރީފު ޙައްޤު މަސައްކަތްތަކެކެވެ. އެގޮތުން އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަހީލްއާއި، ހުރިހާ މުވައްޒަފުންނާއި، ވޮލަންޓިއަރުންގެ އިތުރުން ސިއްޙީ ޚިދުމަތްތެރިން ކުރެއްވި ބުރަ މަސައްކަތް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސައުދީ ސަރުކާރުން މިއަހަރު ރާއްޖެއަށް ދެއްވި "މައްކާ ރޯޑް އިނީޝިއޭޓިވް" ގެ ޚިދުމަތަކީ ދިވެހި ޙައްޖުވެރިންނަށް ލިބުނު ވަރަށް ބޮޑު ލުޔެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ޚިދުމަތުގެ ސަބަބުން ޙައްޖުވެރިންގެ ދަތުރުފަތުރުގެ ކަންކަން އިތުރަށް ހަރުދަނާވެގެން ދިޔަކަން ފާހަގަކުރައްވަމުން، ޚާދިމުލް ޙަރަމައިނިއްޝަރީފައިނި، ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި، ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.

އިސްލާމިކް މިނިސްޓްރީގެ ޙައްޖާއި ޢުމްރާ ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި، މައްކާގައި ޙަރަކާތްތެރިވި ޙައްޖު މިޝަންގެ މެންބަރުން ކުރެއްވި އިޚްލާޞްތެރި މަސައްކަތްތަކަށްވެސް މިނިސްޓަރު ވަނީ ތައުރީފު ކުރައްވާފައެވެ.

މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް ޙައްޖާއި ޢުމްރާގެ ނިޒާމު އިތުރަށް ތަރައްޤީކޮށް، ދިވެހި ރައްޔިތުންނަށް މިހާރަށްވުރެ ފެންވަރު ރަނގަޅު އަދި ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މިނިސްޓްރީން މެދުނުކެނޑި މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި ﷲގެ މެހުމާނުންނަށް ޚިދުމަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ލިލީމީޑް / އއ. ރަސްދޫ، މުޙައްމަދު ޢުލްވާން ރަޝީދު )21އ( އާއި، ގުލްދަސްތާގެ / އއ. ރަސްދޫ، އަޙްމަދު ޢަރީފު )37އ( އާއި، ހަވާމަންޒިލް / އއ. ރަސްދޫ، އިބްރާހީމް ދިނާން )30އ( އާއި، ފެހިވިނަ / އއ. ރަސްދޫ، އަޙްމަދު އިކުލީލް )37އ( އާއި، ކާރނޭޝަންމާގެ / އއ. ރަސްދޫ، އަޙްމަދު މުޙައްމަދު )44އ( އަދި ކާރނޭޝަންމާގެ / އއ. ރަސްދޫ، ޢަލީ ވަސީމް )44އ( އާއި، ވިދުވަރުގެ / ހދ. ކުމުންދޫ، ލީނާ މޫސާ )23އ( އާއި، ހިކިފިނިފެންމާގެ / އއ. ތޮއްޑޫ، ރިމާޒު މުޙައްމަދު )29އ( ގެ އިތުރުން ބަންގްލަދޭޝް، މެހެދީ ހަސަން )27އ( އެވެ.
ޚަބަރު 18 Oct 2026
ސައިބަރ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ސީޕީ
ސައިބަރ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ސީޕީ
ސީޕީގެ މެސެޖުގައި ވަނީ ސައިބަރ ކުށްތައް ހުއްޓުވުމަށާއި، މިފަދަ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދައި، ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ފުޅާކުރަމުންކަން ފާހަގަކުރައްވާފައެވެ.
ޚަބަރު 18 Oct 2026
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ގޮތުން ހުންނަ ޚިޔާލުތަފާތުވުންތަކަކީ، ރާއްޖެއަށް އަންނަ އިންވެސްޓަރުންނާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ބަދަލުވެގެން ނުވާނެ ކަމަށާއި، އިންވެސްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ދޮގު ކެމްޕޭނުތައް ހުއްޓާލުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ޚަބަރު 17 Oct 2026
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026