ގޫގަލް ފޮޓޯ
ގޫގަލް ފޮޓޯ

ބިދޭސީންގެ މައްސަލަ- އަޅުގަނޑުގެ ޚިޔާލު!

މި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކޮބައިތޯ ސަބަބުވެރި އިންސާނެއްގެ ގާތުގައި ސުވާލުކޮށްފިނަމަ، ޖަވާބާމެދުގައި ވިސްނާކަށް ދެތިން ސިކުންތުވެސް ނުނަގާނެކަން ޔަޤީނެވެ. އެންމެންގެވެސް ޖަވާބަކަށް ވާނީ ބިދޭސީންގެ މައްސަލައެވެ. މިކަމަށް އަޅުގަނޑުވެސް އެއްބަސްވަމެވެ. ހުސްވި އަހަރު އޮތް ބޯހިމެނުމުގެ ތަފާސްހިސާބުން ފެންނަނީ ރާއްޖޭގެ އާބާދީގެ ކޮންމެ ތިން މީހަކަށް އެއް ބިދޭސީ ރާއްޖޭގައި އުޅޭކަމަށެވެ. ޢަދަދުގެ ގޮތުންނަމަ ދެލައްކަ ފަންސާސްހާހަށްވުރެ ހެޔޮވާނެއެވެ. އެ އެންމެންގެ ތެރޭގައި ނުގަވާޢިދަށް އުޅޭ ބިދޭސީންގެ ޢަދަދު ބައިލައްކައަށްވުރެ މައްޗެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި ގުޅޭ އެކިކަހަލަ ފީތަކާއި، ޖޫރިމަނާތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޢަދަދު ދޮޅުބިލިއަން ރުފިޔާއަށްވުރެ ބޮޑުކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން އިއްޔެ ކުރެއްވި ޢިއުލާނެއްގައި ހާމަކުރެއްވިއެވެ. މިފައިސާއަކީ އެއް އަހަރަކުން ނޫނީ އެންމެ ވެރިކަމެއްގެ ތެރޭގައި ނުދައްކާހުރި ފައިސާއެއް ނޫންކަން ޔަޤީނެވެ. ހައިރާންވެ، ސިއްސައިގެން ދާވަރުގެ މި ބޮޑު ޢަދަދުގެ ފައިސާއަކީ ބިދޭސީން ރާއްޖެ ގެނެސްގެން ވަޒީފާ ދޭ ފަރާތްތަކުގެ މައްޗަށް ޤާނޫނާއި، ޤަވާއިދުތަކުން ސަރުކާރަށް ދެއްކުމަށް ލާޒިމުކުރާ ހުރިހާ ފީތަކާއި ޖޫރިމަނާއަށްވާ ފައިސާއެވެ. މިދެންނެވި ޢިއުލާނުގައި ވިދާޅުވެފައިވަނީ، ބިދޭސީންނާއި ގުޅޭ އެކިއެކި ފީތަކާއި ޖޫރިމަނާތައް ދައްކަންޖެހޭ ފަރާތްތަކުގެ ޢަދަދު 10،619 އަރާކަމަށެވެ. އަދި އެ ހުރިހާ އެންމެންގެ ނަންމަތީގައި 102،807 ބިދޭސީން ރަޖިސްޓަރީ ކޮށްފައިވާކަމަށް ދޭހަވެއެވެ.

/

ސުވާލަކީ މިއަދު ބިދޭސީންގެ މައްސަލަ ޤައުމީ ހައްސާސް މައްސަލައަކަށް ވެފައިމިވަނީ ކޮން ފަރާތެއްގެ ސަބަބުންތޯއެވެ؟ ކޮން ބައެއްގެ އިހުމާލުންތޯއެވެ؟ ނޫނީވިއްޔާ ޤާނޫނުތަކާއި، ޤަވާޢިދުތައް ނެތިގެންހެއްޔެވެ؟ މި މައްސަލައިގައި އަޅުގަނޑާއި، ގިނަ ރައްޔިތުން ޤަބޫލުކުރާ ގޮތާއި މުޅިން އެއްގޮތެވެ. މި ބޮޑު މައްސަލައިގެ ފުނަށް ފީނާލުމުން ފެންނަނީ ގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ އިހުމާލެވެ. މިބާވަތުގެ އެހެން މައްސަލަތަކެކޭ އެއްގޮތަށް ބިދޭސީންނާއި ގުޅޭ މައްސަލަތައްވެސް ދިމާވާން ފަށާފައިމިވަނީ މީގެ އެތަކެއް އަހަރު ކުރިންނެވެ. މައްސަލަ މަޑުމަޑުން ބޮޑުވެ، ޙައްލުނުގެނެވި ދިގުލައިގެން ދިއުމުގެ ސަބަބުންނެވެ. ކަންވެފައި އޮތްގޮތުން ޤާނޫނުތަކާއި ޤަވާޢިދުތައް ފުރިހަމަ މާނައިގައި ތަންފީޛު ނުކުރެވޭކަން ވަރަށް ސާފެވެ. މިކަމުގައި ބިދޭސީން ރާއްޖެ ގެންނަ ފަރާތްތަކާއި، ސަރުކާރުގެ އިދާރާތަކާއި، އެމީހުން ލައްވާ މަސައްކަތްކުރުވާ ރައްޔިތުން މައްސަލައަކުން އިސްތިސްނާ ނުވެއެވެ.

/

ކޮންމެ ކަމެއްގައިވެސް ދެކޮޅު އޮންނަ ފަދައިން، ކޮންމެ މައްސަލައެއްގެ ޙައްލުވެސް އޮންނާތާއެވެ. މިއާއެކު، ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމުގެ އަޑު ގަދަވާ ދުވަސްވަރު އާދެއެވެ. ރައްޔިތުން ކަންބޮޑުވާ މިފަދަ މައްސަލަތަކުގެ އަޑު އެންމެ ގަދަވަނީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައެވެ. މެނިފެސްޓޯތަކުގައި ފަލަ އަކުރުން ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ ވާހަކަ ލިޔެފައި އޮވެއެވެ. އަދި އަޑުގަނެތްތަނަށް މައްސަލަ ޙައްލުކޮށްދެއްވާނެކަމަށް ބުނެއެވެ. މިވާހަކަ ދައްކާއިރު އެންމެ ހަނދާންވަނީ ނިމުނު ވެރިކަމުގައި ހުންނެވި ވިޔަފާރިއާއި އިޤްތިޞާދާއި ބެހޭ ވަޒީރު ވިދާޅުވި ވާހަކަފުޅެކެވެ. ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙާއްލުނުކުރެވިއްޖެނަމަ މަޤާމުން އިސްތިއުފާ ދެއްވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ސްޕަރ މެޖޯރިޓީއާއެކު ފަސް އަހަރެއްގެ ދައުރެއް ނިންމާލެއްވިއިރު މައްސަލަ އޮތީ އޮތްގޮތަށެވެ. މާބޮޑު މަސައްކަތެއް ނުކުރެއްވުނެވެ. ނުވިތާކަށް އެ ވަޒީރު މަޤާމުން އިސްތިއުފާއެއް ނުދެއްވައެވެ.

ދެން މިއަދު މިފެންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެޖެންޑާގެ އެންމެ ކުރީގައި ބިދޭސީންގެ މައްސަލަ އޮތްތަނެވެ. އެކި ބޭނުންތަކުގައި ރާއްޖޭ އައިސްއުޅޭ ބިދޭސީން ރަނގަޅަށް ދެނެގަތުމާއެކު، އުފެދިފައިވާ މައްސަލަތައް ހަމަމަގަށް އަޅުވަން ސަރުކާރުން މިވަނީ ޚާއްޞަ މަސައްކަތްތަކެއް ފަށައިގެންފައެވެ. އެގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ (ކާކުކަން ދެނެގަތުމަށް ބޭނުންވާ ފޮޓޯ އާއި އިނގިލީގެ ނިޝާން) ނަގަން ފެށުމާއި، އެ މީހުން ޤަވާޢިދަށް ފެއްތުން ހިމެނެއެވެ. އަދި ޤަވާޢިދާއި ޚިލާފަށް އުޅެމުންދާ މީހުން ހޯދާ، އެފަދަ މީހުން ތިބީ ކޮންފަރާތެއްގެ ބެލުމުގެދަށުގައިތޯ ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ކޮންމެއަކަސް، މި ކުޑަކުޑަ ޤައުމުގައި ބިދޭސީންގެ މައްސަލަތައް ޙައްލުވާން ލޮލުންބޮލުން އެދެމެވެ. މިތަނުގައި ދައުލަތަށް ލިބެންޖެހޭ ފައިސާކޮޅެއްގެ ވާހަކަ ދައްކާލިއަސް ބިދޭސީންގެ މައްސަލަ މުޅި ރާއްޖެ ވަށައިލެވޭހާވެސް ބޮޑެވެ. އެވެރީންގެ ފުށުން އުފެދޭ އިޤްތިޞާދީ، އިޖުތިމާޢީ، ޞިއްޙީ، ނަސްލީ، ޢާއިލީ، ޖިނާޢީ އަދި މިނޫނަސް ތަފާތު މައްސަލަތައް ވަނީ ފުނިޖެހިފައެވެ. މިހެންވުމުން ޤައުމުގެ ކުރިމަގު މިވަނީ ވަރަށް ބޮޑަށް ފުސްވެފައެވެ. މިފުސްކަން ފިލުވައި އުފާފާގަތި ދިވެހީންގެ ރާއްޖެއެއް ހޯދޭނީ ސަރުކާރާއި، ރައްޔިތުން ގުޅިލާމެހިގެން މަސައްކަތް ކޮށްގެންކަން ކަށަވަރެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026