މަރުހޫމް އަބްދުﷲ ޖަލީލު
މަރުހޫމް އަބްދުﷲ ޖަލީލު

ގައުމީ ޚިދުމަތްތެރިޔާ އަބްދުﷲ ޖަލީލް އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 20 May 2026

ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ގިނަ ދުވަހު އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ނޫރަންވިލާ އަބްދުﷲ ޖަލީލް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުހޫމް އަބްދުﷲ ޖަލީލަކީ ދިވެހި ޤައުމަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ދައުލަތުގެ ނަމޫނާ ޚިދުމަތްތެރިއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަބްދުﷲ ޖަލީލު، ހއ. ތުރާކުނު ކުޑަކަތީބުކަމާއި ކަތީބުކަންވެސް ކުރައްވާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭނާގެ ވަކިވެދިއުމަކީ ގައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއްކަމަށެވެ.

މި ހިތާމަވެރި ވަގުތުގައި، މަރުހޫމް އަބްދުﷲ ޖަލީލުގެ އާއިލާއަށާއި ގާތްތިމާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚްލާޞްތެރި ތައުޒިޔާ ފޮނުއްވާފައެވެ. އަދި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވައި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ކުރައްވާފައެވެ.

އަބްދުﷲ ޖަލީލަކީ ސަރުކާރުގެ އެކި ދާއިރާތަކުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފި
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފި
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026، އިފްތިތާހު ކުރުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.
ޚަބަރު 02 Jul 2026
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 20 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 20 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި
މި ބިލަކީ، 2026 ޖުލައި 1 ވީ ބުދަ ދުވަހު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާއިން ފާސްކުރައްވައިފައިވާ ބިލެކެވެ.
ޚަބަރު 02 Jul 2026
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026ގައި މޯލްޑިވްސް ޒަކާތު ހައުސްއިން ޒަކާތާ ގުޅުންހުރި 4 ފޮތެއް ނެރެފި
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026ގައި މޯލްޑިވްސް ޒަކާތު ހައުސްއިން ޒަކާތާ ގުޅުންހުރި 4 ފޮތެއް ނެރެފި
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ރަސްމީކޮށް މިއަދު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ރައީސުލްޖުމްހޫރިއްޔާ، މި އެކްސްޕޯގެ މޯލްޑިވްސް ޒަކާތު ހައުސްގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ޒަކާތު ހައުސްގެ ޑައިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސްވަނީ މި 4 ފޮތް އެމަނިކުފާނަށް އަރުވައިފައެވެ.
ޚަބަރު 02 Jul 2026
ތުޅާދޫ ސަޤާފީ މަރުކަޒު: އިމާރާތްކުރުމުގެ މަސައްކަތާއި، ޚިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް ނުހުއްޓި ކުރިއަށް
ތުޅާދޫ ސަޤާފީ މަރުކަޒު: އިމާރާތްކުރުމުގެ މަސައްކަތާއި، ޚިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް ނުހުއްޓި ކުރިއަށް
ދެ ބުރިއަށް އިމާރާތްކުރާ މި އިމާރާތުގެ ކޮންޓްރެކްޓަރ އަކީ އެމްޓީސީސީއެވެ. އެމްޓީސީސީން މަޢުލޫމާތު ދިން ގޮތުގައި، އިމާރާތުގެ ފައުންޑޭޝަން ފުޓިންގްތަކުގެ ކޮންކްރީޓް މަސައްކަތް، ނިންމައި މިހާރު ކުރިއަށްދަނީބީމްތަކަށް ބޭނުންވާ ދަގަނޑު ބެންޑް ކުރުމުގެ މަސައްކަތެވެ. ބީސީސީގެ އަމާޒަކީ، އިމާރާތުގެ މަސައްކަތް ނިމުމާއެކު، ވީ އެންމެ އަވަހަކަށް އާންމުންނަށް ޚިދުމަތް ދެވޭ ވަރަށް މި މަޝްރޫއާ ގުޅުންހުރި މަސައްކަތް ކުރިއަށް ގެންގޮސް ނިންމުމެވެ.
ޚަބަރު 02 Jul 2026