ލައިބްރަރީތަކަކީ އިތުބާރުހުރި މައުލޫމާތު ފޯރުކޮށްދޭ ދޮރާއްޓެއް: މިނިސްޓަރު ހީނާ

ލައިބްރަރީތަކަކީ އާންމު ދިރިއުޅުމަށް ބޭނުންވާ އިތުބާރުހުރި މައުލޫމާތު ހޯދުމަށް ހުޅުވިފައިވާ މުހިންމު ދޮރާއްޓެއް ކަމަށް މިނިސްޓަރ އޮފް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ގައުމީ ކުތުބުޚާނާގެ 81 ވަނަ އަހަރީ ދުވަހާއި، ރާއްޖޭގެ ކުތުބުޚާނާ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު ހީނާ ވިދާޅުވީ، ލައިބްރަރީތަކަކީ އިލްމީ އަދި ހޭލުންތެރި މުޖުތަމައެއް ބިނާކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ މުއައްސަސާތަކެއް ކަމަށެވެ. ކިޔުމުގެ އާދަ އަށަގަންނަވައި، އެ މުހިންމު ލަނޑުދަނޑި ހާސިލުކުރުމަށް އެހީތެރިވުމުގެ އިތުރުން، ދުވަހުން ދުވަހަށް ބޭނުންވާ ސައްހަ މައުލޫމާތު ހޯދުމަށް ލައިބްރަރީތަކުގެ ބޭނުންތެރިކަން ބޮޑުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު އަރުޝީފަކީ ގައުމީ ކުތުބުޚާނާއެވެ. މިތަނުގައި ރާއްޖޭގެ ތާރީޚާއި ސަގާފަތާ ގުޅޭ އަގުހުރި ފޮތްތަކާއި ލިޔެކިޔުންތައް ރައްކާކުރެވިފައިވެއެވެ. ސަރުކާރުން މިހާރު އަންނަނީ ރާއްޖޭގެ އާސާރީ އަދި ސަގާފީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި މާއްދީ އަދި މާއްދީ ނޫން ތަރިކަ ހިމާޔަތްކުރުމާއި، ތަރިކައިގެ ޒަރީއާއިން އިގްތިސާދީ ކުރިއެރުން ހޯދޭނެ ސިޔާސަތުތައް ތަންފީޒުކުރުން ހިމެނެއެވެ.

ގައުމީ ކުތުބުޚާނާގެ މުހިންމު މަޝްރޫއުތަކަށް ބަލާއިރު، ޒުވާނުންގެ މެދުގައި އުނގެނުމާއި ދިރާސާކުރުމުގެ ރޫހު އާލާކުރުމަށްޓަކައި ސިޓީތަކުގައި ޒަމާނީ ލައިބްރަރީތައް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގައުމީ ކުތުބުޚާނާގެ ގޯތިތައް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މީގެ އިތުރުން، ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގައި ގައުމީ ކުތުބުޚާނާގެ ގަފިތައް ބިނާކުރުމުގެ މަސައްކަތް ވެސް ދަނީ ބާރުގަބޫލުގައި ކުރިއަށެވެ.

ގައުމީ ކުތުބުޚާނާއަކީ ރާއްޖޭގެ ތާރީޚާއި، ސަގާފަތާއި، އެކި ދާއިރާތަކުން ކުރެވިފައިވާ ދިރާސާތަކުގެ މައުލޫމާތު އެއްކޮށްފައިވާ މައި މަރުކަޒެވެ. މިހާރުވެސް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންދާއިރު، މި ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް މިނިސްޓްރީ އޮފް ދިވެހި ބަހާއި ސަގާފަތާއި ތަރިކައިން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026