އެލްނީނިއޯގެ އަސަރު ގަދަވަނީ: ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންޑީއެމްއޭއިން އިލްތިމާސްކޮށްފި

ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް ގެންނަ "އެލްނީނިއޯ" ކޮޅިގަނޑު އިތުރަށް ބާރުގަދަވަމުން އަންނާތީ، ރާއްޖޭގެ އެކި ދާއިރާތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކުރާ ގޮތުގައި މި އަހަރުގެ ނޮވެމްބަރު މަހަކީ މި ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް އެންމެ ބޮޑަށް ކުރާނެ ދުވަސްވަރެވެ. އަދި ދުނިޔޭގެ މޫސުމާ ބެހޭ ޖަމްއިއްޔާ (ޑަބްލިއުއެމްއޯ) އިން ބުނާ ގޮތުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް މީގެ އަސަރު ދެމިއޮންނާނެއެވެ. ޕެސިފިކް ކަނޑުގެ ސަރަހައްދުގައި އެލްނީނިއޯ ބާރުގަދަވަމުން އަންނައިރު، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބޮޑެތި ތޫފާންތަކާއި މޫސުމީ ގޮންޖެހުންތައް މިހާރުވެސް ދަނީ ކުރިމަތިވަމުންނެވެ.

ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ހަރަކާތްތެރިވާ ސަރުކާރުގެ މައި އިދާރާ، އެންޑީއެމްއޭއިން ވަނީ ކުރިމަތިވެދާނެ ނުރައްކާތަކާއި ގެއްލުންތައް ދެނެގަނެ، މޫސުމީ ލަފާކުރުންތަކަށް ބަލައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މުއައްސަސާތަކަށާއި ވިޔަފާރިތަކަށް ގޮވާލާފައެވެ. ޚާއްސަކޮށް، އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި "ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން" ތައްޔާރުކޮށް، މުރާޖައާ ކުރުމަށް ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ސިއްހީ ޚިދުމަތްތައް ދެމެހެއްޓުމާއި، ރަށްރަށަށް މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް އެ އޮތޯރިޓީން ވަނީ ބާރުއަޅާފައެވެ.

މޫސުމީ ގޮންޖެހުންތަކަށް ތައްޔާރުވުމުގެ ގޮތުން ކުދި، މެދު އަދި ބޮޑެތި ވިޔަފާރިތަކަށް އެޅިދާނެ އަމަލީ ފިޔަވަޅުތައް ބަޔާންކޮށް އެންޑީއެމްއޭއިން ވަނީ ޚާއްސަ ގައިޑްލައިނެއް ވެސް އެކުލަވާލައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.

އެލްނީނިއޯ އަކީ ޕެސިފިކް ކަނޑުގެ އިރުމައްޗާއި މެދުތެރޭގެ ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ދިއުމުގެ ސަބަބުން އުފެދޭ ގުދުރަތީ މޫސުމީ ހާދިސާއެކެވެ. މީގެ ސަބަބުން ކަނޑުގެ އޮއިވަރަށާއި ވައިގެ ދައުރާނާއަށް ބޮޑެތި ބަދަލުތަކެއް އައިސް، ދުނިޔޭގެ އެކި ހިސާބުތަކަށް ބާރުގަދަ ތޫފާންތަކާއި މޫސުމީ ނުރައްކާތައް ކުރިމަތިވެއެވެ.

ސައިންސްވެރިން ވިދާޅުވާ ގޮތުގައި، ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން އާންމު މިންވަރަށް ވުރެ 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިއުމުން އެލްނީނިއޯ އުފެދޭއިރު، މި އަހަރުގެ ފަހުކޮޅު މި މިންވަރު 4 ޑިގްރީއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން މިއީ މި ގަރުނުގައި ދުނިޔެ ދެކޭނެ އެންމެ ނުރައްކާތެރި އަދި އެންމެ ބާރުގަދަ އެލްނީނިއޯ ކަމަށް ބެލެވޭތީ، ދުނިޔޭގެ މޫސުމާ ބެހޭ އިދާރާތަކުން ވެސް ދަނީ ސަމާލުވުމަށް އަންގަމުންނެވެ.

އާންމު ގޮތެއްގައި ކޮންމެ ދޭކާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއްގައި އުފެދޭ މި ކޮޅިގަނޑުގެ އަސަރު 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދާއިރު، ބައެއް ފަހަރު މިއަށްވުރެ ދިގު މުއްދަތަކަށް ވެސް މީގެ އަސަރު ދެމިއޮވެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026