ސްލޮވޭނިއާގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ހ ހުސައިން އިސްމާއިލް
ޚަބަރު 22 Jul 2026

ސްލޮވޭނިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ތޮމާޝް މެންސިން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ސްލޮވޭނިއާގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ.

އެއަށްފަހު، އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ދެޤައުމުން އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ހިމެނޭ، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީފަދަ ކަންކަމުގައި މަޝްވަރާކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެބޭފުޅުންވެސް ޢަޒުމް އައުކުރައްވާފައިވެއެވެ.

ދިވެހިރާއްޖެއާއި ސްލޮވީނިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރެވުނީ 4 މާރިޗު 1996ގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
"އީފާސް"އާ ގުޅޭ ޚާއްސަ ޕްރޮގްރާމެއް ދ. ކުޑަހުވަދޫގައި ބާއްވަން ނިންމައިފި
"އީފާސް"އާ ގުޅޭ ޚާއްސަ ޕްރޮގްރާމެއް ދ. ކުޑަހުވަދޫގައި ބާއްވަން ނިންމައިފި
ރާއްޖޭގެ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ "އީފާސް" އާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ޚާއްސަ ޕްރޮގްރާމެއް ދ. ކުޑަހުވަދޫގައި ބޭއްވުމަށް ނިންމައިފިއެވެ.
ޚަބަރު 05 Sep 2026
އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ 164 ރަށެއްގައި ދަރިވަރުންނަށް ޚާއްޞަ ސައިޓް ވިޒިޓްތަކެއް ބާއްވައިފި
އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ 164 ރަށެއްގައި ދަރިވަރުންނަށް ޚާއްޞަ ސައިޓް ވިޒިޓްތަކެއް ބާއްވައިފި
ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހާ ގުޅިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ޚާއްޞަ ސައިޓް ވިޒިޓްތަކެއް މިއަދު ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފިއެވެ.
ޚަބަރު 05 Sep 2026
ހުއްދަނެތި އަދަދު ނޫހުގެ ނޫސްވެރިޔާ ވަނުމުން 'ޕްރެސް ވިތު ދަ ސްޕޮކްސް' ކުރިއަށް ނުގެންދެވުނު: މުންދު
ހުއްދަނެތި އަދަދު ނޫހުގެ ނޫސްވެރިޔާ ވަނުމުން 'ޕްރެސް ވިތު ދަ ސްޕޮކްސް' ކުރިއަށް ނުގެންދެވުނު: މުންދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މީޑިއާތަކާ ބައްދަލުކޮށް ސުވާލުތަކަށް ޖަވާބުދިނުމަށް ބާއްވާ ސިލްސިލާ ޕްރޮގްރާމް "ޕްރެސް ވިތު ދަ ސްޕޮކްސް" ގެ މިއަދުގެ އެޕިސޯޑް ކުރިއަށް ނުގެންދެވި ލަސްވާން ދިމާވީ ހުއްދަ ނެތި 'އަދަދު' ނޫހުގެ ނޫސްވެރިޔަކު ސްޓޫޑިއޯއަށް ވަދެ އިނުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ޚަބަރު 05 Sep 2026
މާލެއިން ގެއްލުނު 25 އަހަރުގެ އަންހެނަކު ހޯދަން ފަށައިފި
މާލެއިން ގެއްލުނު 25 އަހަރުގެ އަންހެނަކު ހޯދަން ފަށައިފި
މާލޭގައި ދިރިއުޅެމުންދާ 25 އަހަރުގެ އަންހެނަކު ވީނުވީއެއް ނޭނގި ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ޚަބަރު 05 Sep 2026