ޕީއެންސީ އެންމެ ކުރީގައި އޮތީ ރައްޔިތުންނާއެކު ވާތީ، ޔާމީން އުޅުއްވަނީ ފިތުނަ އުފައްދަން: މުހައްމަދު އިސްމާއީލް

ސިޔާސީ މައިދާނުގެ އެންމެ އުހުގައި ޕީއެންސީ މިއަދު ފައިތިލަ ސާބިތުކޮށްފައިވަނީ އާންމު ރައްޔިތުންގެ އިހުސާސްތައް ދަންނަ އިޚްލާސްތެރި ލީޑަޝިޕެއް އޮތުމުން ކަމަށާއި، އިދިކޮޅުގައި ހުންނަވައިގެން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މަސައްކަތްޕުޅު ކުރައްވަނީ މުޖުތަމައު ފަސާދަކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުހައްމަދު އިސްމާއީލް ފާހަގަކުރެއްވީ، 77،000 އަށްވުރެ ގިނަ މެންބަރުންގެ ބޮޑު ލަޝްކަރަކާއެކު މި ޕާޓީ ކުރިއަރައި ދިޔައީ އިދިކޮޅު ދަތި އުނދަގޫ ދުވަސްވަރު ވެސް ރައްޔިތުންނާއެކު ވެފައިވާ ގުރުބާނީގެ ސަބަބުން ކަމަށެވެ. އެގޮތުން، ރައްޔިތުންގެ އަޑުއައްސަވައިގެން ވެރިކަން ކުރައްވާ ހަގީގީ ދުރުވިސްނޭ ހަމައެކަނި ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށާއި، ވޭތުވެދިޔަ ވެރިކަންތަކުގައި ހައްލުނުވެ ދޫކޮށްލާފައިވާ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ބޮޑު މައްސަލައަށް މި ސަރުކާރުން މިހާރު ނަތީޖާ ނެރެދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ފާއިތުވި ފަސް އަހަރުގެ ދައުރުގައި ގައުމަށް އެއްވެސް އިސްލާހެއް ނުގެނެވުނު ފަރާތްތަކަށް ދެންވެސް އެކަން ނުކުރެވޭނެކަން ފާހަގަކުރައްވައި، 2028 ވަނަ އަހަރުގެ ރިޔާސީ ދައުރު ރައީސް މުއިއްޒަށް ކާމިޔާބުކޮށްދިނުމަށް ޕާޓީގެ ސަފުތައް ބަދަހިކުރުމަށް ގޮވާލެއްވިއެވެ.

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މުހައްމަދު އިސްމާއީލް ވަނީ ޕީޕީއެމްގެ ވެރިކަން ބަދަލުވުމަށްފަހު އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ ހިންގުމަށް ދޫކުރި ދައުލަތުގެ ބަޖެޓުގެ ފައިސާ ޚަރަދުކުރީ ރައީސް ޔާމީންގެ އަމިއްލަފުޅު ބޭނުންތަކަށް ކަމަށް ތުހުމަތުކުރައްވާފައެވެ. އެ ފައިސާއިން އެމަނިކުފާނުގެ ޝަރީއަތްތަކަށް ވަކީލުންގެ ފީ ދެއްކުމާއި، ގޭގެ ކަރަންޓު ބިލާއި ދަރިންގެ ކިޔެވުމުގެ ޚަރަދުތައް ހަމަޖެއްސި ކަމަށް ވިދާޅުވިއެވެ.

އަދި 2018 ވަނަ އަހަރު ޕާޓީ މަގުމައްޗަށް ވެއްޓުނު ހިސާބުން ފެށިގެން، ޕާޓީ އަލުން ކޮޅަށް ޖެހުމަށް ރެޔާއި ދުވާލު މަސައްކަތްކުރެއްވީ ރައީސް މުއިއްޒާއި މިހާރުގެ ލީޑަޝިޕް ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ. ޕާޓީގެ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން އޭނާ 45 ދުވަހަށް ޖަލަށްލެވުނުއިރު ޕާޓީގެ ފަރާތުން އާއިލާއަށް އެއްވެސް އެހީތެރިކަމެއް ނުލިބުނު ކަމަށާއި، އޭރު އަނބިދަރިންގެ ހާލު ބަލައި އެހީތެރިވެދެއްވީ ރައީސް މުއިއްޒާއި މިހާރުގެ މަޖިލިސް މެންބަރުން ކަމުގައި ހާމަކުރެއްވިއެވެ.

މުހައްމަދު އިސްމާއީލް އިތުރަށް ވިދާޅުވީ، މިއަދު ރައީސް ޔާމީން އަރިހުގައި ތިއްބެވި ޑރ. ޖަމީލާއި، މަލީހް ޖަމާލާއި، ޕާޕާ އަދި ހުސެއިން ވަހީދު ފަދަ ބޭފުޅުންނަކީ އެ ދަތި އުނދަގޫ ދުވަސްވަރު ޕާޓީއަށް އެއްވެސް ޚިދުމަތެއް ކޮށްދެއްވި ބޭފުޅުން ނޫން ކަމަށެވެ. އަދި އާންމު މެންބަރުން ހަމަނުވާ ޕާޓީއެއް ހައްދަވައިގެން، ގޭގެ ސިޓިންގްރޫމުގައި ތިއްބަވައިގެން ސަރުކާރަށް މަލާމަތްކޮށް ދޮގު ވާހަކަ ފަތުރަމުންދަނީ ހަޔާތުގެ ކަންފުޅެއްވެސް ނެތުމުން ކަމަށާއި، އެއީ ގައުމަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރާއްޖެއާއި ޕާކިސްތާނާ ދެމެދު މުހިންމު 20 ދާއިރާއަކުން އެއްބަސްވުންތައް ބަދަލުކޮށްފި
ރާއްޖެއާއި ޕާކިސްތާނާ ދެމެދު މުހިންމު 20 ދާއިރާއަކުން އެއްބަސްވުންތައް ބަދަލުކޮށްފި
ޕާކިސްތާނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ބަދަލުކުރެވުނު މި އެއްބަސްވުންތަކުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމު ގުޅިގެން އެއްބާރުލުން ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކާއި، މިހާރުވެސް ގުޅުން އޮތް ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމެވެ.
ޚަބަރު 21 Oct 2026
ރައީސް މުއިއްޒު އަށް ޕާކިސްތާނުން ރަސްމީކޮށް މަރުހަބާ ދަންނަވައިފި
ރައީސް މުއިއްޒު އަށް ޕާކިސްތާނުން ރަސްމީކޮށް މަރުހަބާ ދަންނަވައިފި
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނުގެ ޝަރަފުގައި ވަނީ އަސްކަރީ ގާޑް އޮފް އޮނަރއެއް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު 21 Oct 2026
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައެްވައިފި
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައެްވައިފި
ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ވަނީ ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީ އާއި ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފްގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ހޫނު މަރުޙަބާއަކާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ޕާކިސްތާނުން ހޫނު މަރުޙަބާއެއް ދެންނެވިއެވެ.
ޚަބަރު 21 Oct 2026
ރަސްމާލެ މަޝްރޫޢަކީ ދިވެހިންގެ ދީނާއި ސިޔާދަތާއި މިނިވަންކަން ކަށަވަރުކުރެވިގެން، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ހިންގޭނެ މަޝްރޫޢެއް
ރަސްމާލެ މަޝްރޫޢަކީ ދިވެހިންގެ ދީނާއި ސިޔާދަތާއި މިނިވަންކަން ކަށަވަރުކުރެވިގެން، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ހިންގޭނެ މަޝްރޫޢެއް
މާލެ ސަރަޙައްދުގައި ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމުގައިވާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވާހަކަދެކެވޭކަން ޤަބޫލުފުޅުކުރައްވާކަން ފާހަގަކުރައްވާ، އެ މަޝްރޫޢުގެ ޙަޤީޤަތްތައް ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލެ މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ޙަޤީޤީ ކަންބޮޑުވުންތަކާއި، އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމެއްގައި ފަތުރަމުންދާ ތުހުމަތުތަކާ ދެމެދު ތަފާތެއްވާކަމުގައެވެ.
ޚަބަރު 21 Oct 2026