ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 03 ބިދޭސީން އިމިގްރޭޝަނުން ހައްޔަރުކޮށްފި

ހ ހަޅަ
ޚަބަރު 06 May 2026

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 03 ބިދޭސީން އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މާލޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް، ޓާސްކްފޯސްއިން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، މާލޭގެ 07 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި 15 ބިދޭސީއެއް ޗެކްކޮށްފަވާއިރު މީގެ ތެރެއިން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 03 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާރު ވަނީ އެއްކޮށްފައެވެ. އަދި އިތުރު މަރުޙަލާތަކުގެ ދަށުން ރާއްޖެއަށް އެތެރެވުމަށް ކޯޓާ ދިން ފަރާތް ނޫން ފަރާތްތަކުގެ ކައިރީ މަސައްކަތް ކުރަމުންދާ ބިދޭސީން ގެންގުޅޭ ފަރާތްތަކަށް މިމަހުގެ 2 ވަނަ ދުވަހާއި ހަމައަށް ޤަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދީފައިވެއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ޤަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހު ފުރުސަތު ދީފަވާއިރު މި މުއްދަތުގެ ފަހުން އިތުރު ފުރުސަތެއް ނުދޭން ސަރުކާރުން ވަނީ ނިންމާފައެވެ.

އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ހުރަސް އަޅައިގެން ވާނެ ފައިދާއެއް ނޯންނާނެ
ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ހުރަސް އަޅައިގެން ވާނެ ފައިދާއެއް ނޯންނާނެ
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ޝާއިޢުކުރެވުނު "ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މަސްވެރިކަމުގެ ސިނާޢަތަށް ޚާއްޞަކުރެވިފައިވާ މި އެޕިސޯޑްގައި، "މިހާރު" ނޫހުގެ ފަރާތުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ސަރުކާރުން ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިކަމުގެ ސިނާޢަތް އޮތް ހާލަތު ރަނގަޅުކޮށް އެ ސިނާއަތް ކޮޅަށްޖެއްސެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، މިރޮނގުން މިހާތަނަށް ހޯއްދެވުނު ބައެއް ކާމީޔާބުތަކުގެ މައްޗަށް، ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.
ޚަބަރު 20 Jun 2026
މުޅި ރާއްޖެއަށް ހުޅުވަލައިގެން ބޭއްވި މަސް ރޭސް ނިންމާލައި
މުޅި ރާއްޖެއަށް ހުޅުވަލައިގެން ބޭއްވި މަސް ރޭސް ނިންމާލައި
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި މަަސްރޭހުގައި އަތޮޅުތެރެއިން 64 ރަށަކުން 91 ޓީމު ބައިވެރިވިއެވެ. އަދި ގްރޭޓާ މާލެ ސަރަހައްދުން 18 ޓީމަކުން 190 މީހުން ބައިވެރިވިއެވެ. މަސް ރޭސް ބާއްވާފައި ވަނީ ކައުންސިލްތަކާއި ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ. މަސްރޭހަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.
ޚަބަރު 20 Jun 2026
ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް "އެންމެން މޫދަށް" ނަމުގައި ހާއްސަ ހަރަކާތެއް
ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް "އެންމެން މޫދަށް" ނަމުގައި ހާއްސަ ހަރަކާތެއް
އެންމެން މޫދަށް މި ހަރަކާތުގައި ރާއްޖޭގެ ހުރިހާ ރަށަކުން އެންމެން އެއްގަޑިއެއްގައި މޫދަށް އެރި އެކި ކަހަލަ މޫދުކުޅިވަރުތައް ކުޅޭގޮތަށެވެ. މިހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ. މިހަރަކާތުގައި ގިނަ ރަށްތަކަކުން ވަނީ ބައިވެރިވެފައެވެ.
ޚަބަރު 20 Jun 2026
ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް ރަސްމީކޮށް މިއަދު ފަށައިފި
ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް ރަސްމީކޮށް މިއަދު ފަށައިފި
މިއީ ސިއްހަތާ އާއިލާއާ ބެހޭ ވުޒާރާ އާއި ޔުނިސެފް، ފެމިލީ ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން )ޑީޖޭއޭ( ގުޅިގެން ކުރިއަށްގެންދާ "ޗައިލްޑް އެންޑް ފެމިލީ ވެލްބީންގ ޕްރޮޖެކްޓް" ގެ ދަށުން ހިންގޭ މުހިންމު މަސައްކަތެކެވެ.
ޚަބަރު 20 Jun 2026