ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ދަތުރުފުޅުތަކަށް ދައުލަތުން އެއްވެސް ޚަރަދެއް ނުކުރައްވާ: ރައީސް އޮފީހުގެ ތަރުޖަމާނު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ އަމިއްލަ ދަތުރުފުޅުތަކަކީ ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ހިނގާ ކަންކަން ނޫން ކަމަށާއި، އެފަދަ ދަތުރުފުޅުތަކުގެ ހުރިހާ ޚަރަދެއް ބަލަހައްޓަވަނީ ރައީސް އަމިއްލަފުޅަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

"ޕްރެސް ވިތު ދަ ސްޕޯކްސް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކާ ގުޅޭ މަޢުލޫމާތަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދަށުން (އާރު.ޓީ.އައި) ހާމަކުރަމުންދާ މަޢުލޫމާތުތަކެއް ކަމަށެވެ. އެގޮތުން ރައީސް ކުރައްވާ އަމިއްލަ ދަތުރުފުޅުތަކުގެ ޓިކެޓް ޚަރަދާއި، ހުރުމާއި ކެއުންބުއިމުގެ ޚަރަދަކީ ސަރުކާރުން އުފުލާ ޚަރަދުތަކެއް ނޫންކަން ތަރުޖަމާނު ކަށަވަރުކޮށްދެއްވިއެވެ. އަދި ރައީސްގެ އަރިހުގައި ދަތުރުފުޅުގައި ވަޑައިގަންނަވާ ބޭފުޅުންވެސް އެ ބޭފުޅުންގެ އަމިއްލަ ޚަރަދުތައް ކުރައްވަނީ އަމިއްލަ ޖީބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ދަތުރުފުޅުތަކުގައި ބޭނުންކުރާ ވީ.އައި.ޕީ ޚިދުމަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، އެއްވެސް ޤައުމެއްގެ ވީ.އައި.ޕީ ޚިދުމަތެއް އަގުދީގެން ސަރުކާރުން ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. މިސާލެއްގެ ގޮތުން ޔޫ.އޭ.އީ އަށް ބަލާއިރު، އެ ޤައުމުގައި "އަލް މަޖިލިސް" ގެ ނަމުގައި ޚާއްޞަ ވީ.އައި.ޕީ ތަނެއް އޮންނަކަން ފާހަގަކުރައްވައި، ތަރުޖަމާނު ވިދާޅުވީ އެތަން ހިލޭ ހަމަޖައްސައި ނުދޭނަމަ ރައީސް އެތަން ބޭނުން ނުކުރައްވާ ކަމަށެވެ. ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ނަމަވެސް އަގުދީގެން އެފަދަ ތަންތަން ބޭނުން ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްބަސީތަކުން ދޭ ޚިދުމަތްތަކާ ގުޅޭގޮތުން ތަރުޖަމާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ނުވަތަ ނައިބު ރައީސް ބޭރު ޤައުމަކަށް ވަޑައިގަތުމުން އެ ޤައުމެއްގެ ފޮރިން މިނިސްޓްރީން ނުވަތަ އެމްބަސީން އިސްތިޤުބާލު ކުރުމާއި ކާރުކޮޅު ހަމަޖެއްސުމަކީ އާންމު އުސޫލުން ކުރާ ކަމެއް ކަމަށެވެ. އެއީ އެމްބަސީތަކުގެ ބަޖެޓުން ހަމަޖައްސާ ކަންކަން ކަމަށާއި، ރައީސްގެ އަމިއްލަ ދަތުރުފުޅުގެ ޚަރަދުގެ ތެރޭގައި އެކަން ނުހިމެނޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ އިތުރުން ވަޒީރަކު ބޭރު ޤައުމަކަށް ވަޑައިގަތަސް، ރަޙުމަތްތެރި ޤައުމުތަކުގެ ފޮރިން މިނިސްޓްރީން އަމިއްލައަށް ކާރުކޮޅު ހަމަޖައްސައިދޭ ކަމަށެވެ. އަދި އެފަދަ ދަތުރުފުޅުތަކުގައި ސަފީރުން ދުއްވަން އޮންނަ ކާރު ބޭނުންކުރަން ނުޖެހޭނެ ކަމަށާއި، އެ ޤައުމުތަކުން ކާރުކޮޅު ފޮނުވާނެ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ލިލީމީޑް / އއ. ރަސްދޫ، މުޙައްމަދު ޢުލްވާން ރަޝީދު )21އ( އާއި، ގުލްދަސްތާގެ / އއ. ރަސްދޫ، އަޙްމަދު ޢަރީފު )37އ( އާއި، ހަވާމަންޒިލް / އއ. ރަސްދޫ، އިބްރާހީމް ދިނާން )30އ( އާއި، ފެހިވިނަ / އއ. ރަސްދޫ، އަޙްމަދު އިކުލީލް )37އ( އާއި، ކާރނޭޝަންމާގެ / އއ. ރަސްދޫ، އަޙްމަދު މުޙައްމަދު )44އ( އަދި ކާރނޭޝަންމާގެ / އއ. ރަސްދޫ، ޢަލީ ވަސީމް )44އ( އާއި، ވިދުވަރުގެ / ހދ. ކުމުންދޫ، ލީނާ މޫސާ )23އ( އާއި، ހިކިފިނިފެންމާގެ / އއ. ތޮއްޑޫ، ރިމާޒު މުޙައްމަދު )29އ( ގެ އިތުރުން ބަންގްލަދޭޝް، މެހެދީ ހަސަން )27އ( އެވެ.
ޚަބަރު 18 Oct 2026
ސައިބަރ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ސީޕީ
ސައިބަރ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ސީޕީ
ސީޕީގެ މެސެޖުގައި ވަނީ ސައިބަރ ކުށްތައް ހުއްޓުވުމަށާއި، މިފަދަ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދައި، ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ފުޅާކުރަމުންކަން ފާހަގަކުރައްވާފައެވެ.
ޚަބަރު 18 Oct 2026
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ގޮތުން ހުންނަ ޚިޔާލުތަފާތުވުންތަކަކީ، ރާއްޖެއަށް އަންނަ އިންވެސްޓަރުންނާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ބަދަލުވެގެން ނުވާނެ ކަމަށާއި، އިންވެސްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ދޮގު ކެމްޕޭނުތައް ހުއްޓާލުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ޚަބަރު 17 Oct 2026
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026