ދިވެހި ވަޠަނީ ޚިދުމަތުގެ 3 ވަނަ ބެޗުގެ ތަމްރީނުތައް 352 ޒުވާނުންނާއެކު ފަށައިފި

ދިވެހި ސަރުކާރުން ކުރިއަށްގެންދާ "ދިވެހި ވަޠަނީ ޚިދުމަތް" (ނޭޝަނަލް ސަރވިސް) ގެ ތަމްރީނުތަކުގެ ތިންވަނަ ބެޗުގައި ބައިވެރިވާ ފުރަތަމަ ގުރޫޕު ތަމްރީނުތަކަށް ފުރައިފިއެވެ.

މި ފަހަރުގެ ތަމްރީނުތަކުގައި ބައިވެރިވުމަށް ހުޅުވާލި ދެވަނަ ފުރުޞަތުގައި ޖުމްލަ 1,785 ޒުވާނުން ކުރިމަތިލާފައިވެއެވެ. އޭގެ ތެރެއިން މިހާރު ފުރާފައިވަނީ ފުރަތަމަ ހޮވުނު 352 ބައިވެރިންނެވެ. މި ބެޗުގައި ރާއްޖޭގެ 20 އަތޮޅުގެ 115 ރަށަކަށް ނިޞްބަތްވާ 64 އަންހެން ޒުވާނުންނާއި 288 ފިރިހެން ޒުވާނުން ހިމެނެއެވެ.

ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައެވެ.

މި ތަމްރީނުތަކުގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އިސްލާމީ ޢަޤީދާ ވަރުގަދަ، އަދި ރޫޙާނީ އާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމެވެ. މިގޮތުން، މި ތަމްރީނުތަކުގެ ތެރޭގައި ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތަކަށް ވުމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤުގެ އިތުރުން ލީޑަރޝިޕް އަދި ހަށިހެޔޮކަމުގެ ގިނަ ފިލާވަޅުތަކެއް އުނގަންވައިދެވޭނެއެވެ. މީގެ އިތުރުން ދިރިއުޅުމުގެ ޢަމަލީ މައިދާނުގައި ބޭނުންވާނެ ތަފާތު އެކި ދާއިރާތަކުންވެސް މި ޒުވާނުން ތަމްރީނު ކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ޒުވާނުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި ޙަރަކާތަކީ، ޤައުމަށް ލޯބިކުރާ ޒިންމާދާރު ޒުވާނުންތަކެއް އުފެއްދުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެންމެ މުހިންމު އެއް މަޝްރޫޢެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026
ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ދަޢުވަތު އަރުވައިފި
ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު ދަޢުވަތު އަރުވައިފި
ރައީސް މި ދަޢުވަތު އެރުއްވީ ދެ ޤައުމުގެ ދެމެދުގައި މުހިންމު 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިއަދު މެންދުރުފަހު ދެއްވި ރަސްމީ ބަޔާނުގައެވެ. ބޮޑުވަޒީރަށް ދަޢުވަތު އަރުވަމުން ރައީސް ވިދާޅުވީ، ޕާކިސްތާނުން ދެއްވި ހޫނު މެހެމާންދާރީގެ ބަދަލުގައި، ރާއްޖެއިން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ އުފާ ހޯއްދެވުމަށް އިންތިޒާރު ކުރައްވާ ކަމަށެވެ.
ޚަބަރު 21 Oct 2026
ސާކް ސަމިޓް ބޭއްވުމުގެ މާހައުލު ގާއިމުކުރުމަށް މެންބަރު ގައުމުތަކާ ގުޅިގެން މަސައްކަތްކުރަން ރާއްޖެ ތައްޔާރު: ރައީސް މުއިއްޒު
ސާކް ސަމިޓް ބޭއްވުމުގެ މާހައުލު ގާއިމުކުރުމަށް މެންބަރު ގައުމުތަކާ ގުޅިގެން މަސައްކަތްކުރަން ރާއްޖެ ތައްޔާރު: ރައީސް މުއިއްޒު
ރައީސް މިހެން ވިދާޅުވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި، ދެ ގައުމުގެ ދެމެދުގައި މުހިންމު 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށް ފަހު ދެއްވި ބަޔާނުގައެވެ. ރައީސް ވިދާޅުވީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރަހައްދީ ގުޅުން ބަދަހިކުރުމުގައި ސާކްގެ މުހިންމުކަން ރާއްޖެއިން ގަބޫލުކުރާ ކަމަށާއި، ސާކް ހަރަކާތްތެރި ކުރުވުމަށް ރާއްޖެއިން އިސްނަގައިގެން ބިނާކުރަނިވި ދައުރެއް އަދާކުރަން ދެމިއޮންނާނެ ކަމަށެވެ. އަދި ސަރަހައްދީ އެއްބާރުލުމުގެ ފުރިހަމަ ފައިދާ ހޯދުމަށް އިތުބާރު ގާއިމުކުރުމާއި، މާނަހުރި މަޝްވަރާތައް ކުރުމާއި، އެއްބަޔަކު އަނެއް ބަޔަކަށް ދެނެގަތުން ވަރުގަދަކުރަން ޖެހޭ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ޚަބަރު 21 Oct 2026
ރާއްޖޭގެ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދުމަށް ދަތުރުފުޅުގެ ތެރެއިން މަޝްވަރާކުރެވުނު: ރައީސް ޑރ. މުޢިއްޒު
ރާއްޖޭގެ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދުމަށް ދަތުރުފުޅުގެ ތެރެއިން މަޝްވަރާކުރެވުނު: ރައީސް ޑރ. މުޢިއްޒު
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރަސްމީ ގެކޮޅުގައި ދެ ޤައުމުގެ ދެމެދުގައި 20 ފަހުމުނާމާއެއްގައި ސޮއިކުރުމަށްފަހު، މިއަދު މެންދުރުފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސް ވިދާޅުވީ، ދެ ޤައުމުގެ މުސްތަޤުބަލާ ގުޅިފައިވާ ޒުވާނުން ބާރުވެރިކުރުވުމަކީ ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. ޕާކިސްތާނަކީ ޒަމާނުއްސުރެ ރާއްޖޭގެ ދަރިވަރުންނަށާއި، ކުޅިވަރު ކުޅުންތެރިންނާއި، ކޯޗުން އަދި އެކި ދާއިރާތަކުގެ ޒުވާން ޕްރޮފެޝަނަލުންނަށް ސްކޮލަޝިޕާއި ތަމްރީނުގެ އަގުހުރި ފުރުސަތުތައް ފަހިކޮށްދެމުން އަންނަ ޤައުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 21 Oct 2026