ހޭންޑްބޯލް ރެފްރީން ތަމްރީނު ކުރުމުގެ ފުރަތަމަ ކޯސް މާލޭގައި ފަށައިފި

ހ ހަޅަ
ޚަބަރު 23 Sep 2026

ހޭންޑްބޯލް ކުޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށް ރެފްރީން ތަމުރީނު ކުރުމުގެ ކޯހެއް ކ. މާލޭގައި ފަށައިފިއެވެ.

ހޭންޑްބޯލް ރެފްރީންގެ ކޯސް (ބެޗް 1) އަންގާރަ ދުވަހު ފަށްޓަވައިދެއްވީ މި ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުހައްމަދު ވަހީދެވެ.

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ މި ކޯހަކީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 22 އިން އޮކްޓޫބަރު 2 އަށް ކުރިއަށްދާ ކޯހެކެވެ.

ހޭންޑްބޯލް ރެފްރީން ތަމްރީން ކުރުމުގެ ފުރަތަމަ ބެޗް ފެށީ 40 ބައިވެރިންނާއެކުއެވެ. 10 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯހުގައި ތިއަރީ އަދި ޕްރެކްޓިކަލްގެ މުހިންމު ކްލާސްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޯހުގައި އިސްކޮށް ހަރަކާތްތެރިވަނީ އިންސްޓްރަކްޓަރުން ކަމަށްވާ ޝިޒްނާ ރަޝީދާއި ރަފާހާ އިބްރާހީމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އިޙްތިރާމްއަދާކުރުމުގެ ޤައުމީ މަޝްރޫއާއެކު ދިވެހީންގެ ތެރޭގައި ނެތެމުންދާ ރިވެތި ސިފަތައް އަށަގެނެވި، އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެ އަޅާލާ މުޖުތަމަޢެއް ބިނާކުރެވިގެންދާނެ - ވަޒީރު ހީނާ ވަލީދު
އިޙްތިރާމްއަދާކުރުމުގެ ޤައުމީ މަޝްރޫއާއެކު ދިވެހީންގެ ތެރޭގައި ނެތެމުންދާ ރިވެތި ސިފަތައް އަށަގެނެވި، އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެ އަޅާލާ މުޖުތަމަޢެއް ބިނާކުރެވިގެންދާނެ - ވަޒީރު ހީނާ ވަލީދު
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ ދިވެހިންގެ ތެރޭގައި ކުރިން އޮތް ރިވެތި ސިފަތައް ޒަމާނާއެކު އެކި ސަބަބުތަކާހެދި ބަދަލުވެގެންއައިސްފައިވާކަމަށެވެ. މިގޮތުން ދިވެހިންގެ މުޖުތަމަޢަށް އައިސްފައިވާ ބަދަލުތަކަކީ ޓެކްނޮލޮޖީގެ ގޮތުންނާއި، އިޤްތިސާދީ ގޮތުން އައި ބަދަލުތަކާއި އިޖްތިމާޢީގޮތުން ކުރިމަތިވި ބައެއް ކަންތައްތަކާއި، ސިޔާސީ ގޮތުން އުފެދިގެން އައި އޮއިވަރުތަކާއިއެކު އައިސްފައިވާ ބަދަލުތަށްކަމަށެވެ.
ޚަބަރު 23 Sep 2026
ޔޫއެންއެފްސީސީސީގެ މާލީ ކޮމިޓީގެ މުހިންމު މަސައްކަތެއް ކޯ-ފެސިލިޓޭޓް ކުރެއްވުމުގައި ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ
ޔޫއެންއެފްސީސީސީގެ މާލީ ކޮމިޓީގެ މުހިންމު މަސައްކަތެއް ކޯ-ފެސިލިޓޭޓް ކުރެއްވުމުގައި ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ
އޮސްޓްރޭލިއާގެ ސިޑްނީގައި މިހާރު ކުރިއަށްދާ ސްޓޭންޑިންގ ކޮމިޓީ އޮން ފައިނޭންސްގެ ބައްދަލުވުންތަކުގެ ތެރެއިން އަމްޖަދު ޢަބްދުﷲ އިސްދައުރެއް އަދާކުރައްވަނީ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ބޭނުންތަކަށް އަހަރަކު 100 ބިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ކުރިއެރުމާ ގުޅޭ ތިންވަނަ ރިޕޯޓް އެކުލަވައިލުމުގައެވެ.
ޚަބަރު 23 Sep 2026
އައު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް އުސޫލުތަކަށް ކޮމްޕްލައިވުމަށް އިލްތިމާސްކޮށްފި
އައު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް އުސޫލުތަކަށް ކޮމްޕްލައިވުމަށް އިލްތިމާސްކޮށްފި
މިހާރު ޢަމަލުކުރަމުންދާ އުސޫލުތަކުގެ ދަށުން، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ އިތުރުން ކާގޯ ސޭލްސް އޭޖެންޓް، ޖެނެރަލް ސޭލްސް އޭޖެންޓް އަދި ޕަސެންޖަރ ސޭލްސް އޭޖެންޓްގެ ޚިދުމަތްތަކަކީ ހަމައެކަނި ދިވެހިންނަށް ޚާއްޞަކުރެވި، ބޭރުގެ ފަރާތްތަކަށް ބަންދުކުރެވިފައިވާ ދާއިރާތަކެކެވެ. މި ދާއިރާތަކުގައި ކުރިން ދޫކޮށްފައިވާ ހުއްދަތަކުގެ ދަށުން ޙަރަކާތްތެރިވާ ބޭރު ކުންފުނިތަކުން 8 އޮކްޓޯބަރު 2026 ގެ ނިޔަލަށް ވިޔަފާރިކުރުން ހުއްޓާލަން ޖެހޭނެއެވެ.
ޚަބަރު 23 Sep 2026
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ ހޮސްޕިޓަލެއް އެޅުމަށް ބީލަމަށް ހުޅުވާލައިފި
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ ހޮސްޕިޓަލެއް އެޅުމަށް ބީލަމަށް ހުޅުވާލައިފި
ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ބީލަން ޕޯޓަލް މެދުވެރިކޮށް 25 އޮކްޓޫބަރު 2026 ގެ 13:00 ގެ ކުރިންނެވެ. އަދި ބިޑު ހުޅުވުން އޮންނާނީ 26 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައެވެ. ބީލަން ހުށަހެޅޭނީ ބީލަން ޕޯޓަލްގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށްވުމާއެކު، ބިޑު ހުށަހެޅުމުގެ މަދުވެގެން 3 ދުވަސް ކުރިން ރަޖިސްޓްރޭޝަން ފުރިހަމަކުރަން ޖެހޭނެއެވެ.
ޚަބަރު 23 Sep 2026