"ޕީއެންސީން ތާއީދުކުރަނީ މޫނަކަށް ނޫން އުސޫލަށް، ރައީސް މުޢިއްޒު ގެންދަވަނީ ފުނޑިފައިވާ އިޤްތިޞާދު ކޮޅަށް ޖައްސަވަމުން" - ޝުޖާޢު

ޤައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްލުކުރައްވަމުން ގެންދަވަނީ ކެތްތެރިކަމާއި ސާބިތުކަމާއެކު ކަމަށާއި، ގަސްދުގައި ރޭވިގެން ފުނޑާލާފައި އޮތް ރާއްޖޭގެ އިޤްތިޞާދު އެމަނިކުފާނު އަލުން ކޮޅަށް ޖައްސަވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ސަރުކާރުން ޤާނޫނުތަކަށް ގެނައި ހަރުދަނާ އިޞްލާޙުތަކާއި ތަންފީޒުކުރަމުންދާ ސިޔާސަތުތަކުގެ ސަބަބުން، މީގެ ކުރިން 23 ރުފިޔާއަށް އަރައިގެންދިޔަ ޑޮލަރުގެ އަގު މިހާރު ތިރިވަމުން އަންނަ ކަމަށެވެ. އަދި މަސައްކަތްތެރިންނާއި، މަސްވެރިންނާއި ދަނޑުވެރިންގެ ޙައްޤުތައް ކަށަވަރުކޮށްދީ، މުޅި ރާއްޖޭގެ މަގުތަކަކީ އަމާން ތަންތަނަށް ހެދި، ޤައުމަށް ބޮޑު ނުރައްކަލަކަށް ވެފައި އޮތް ބިދޭސީންގެ ވަގު ވިޔަފާރީގެ މައްސަލަވެސް މިހާރު ޙައްލުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، މިހާރު ރާއްޖޭގައި ހަތަރެސްފައިގެ ނިޝާން ނެތް އެއްވެސް ބިދޭސީއަކު ނޫޅޭނެކަން ފާހަގަކުރައްވައި، ރައީސް މުޢިއްޒު ކުރައްވާ މިފަދަ ޤައުމީ މަސައްކަތްޕުޅުތަކަށް އެންމެހައި ރައްޔިތުން އެއްބާރުލުން ދިނުމަށް ޝުޖާއު އެދިވަޑައިގެންނެވިއެވެ.

ޕީއެންސީގެ ސިޔާސީ ފަލްސަފާއަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވިދާޅުވީ، އެ ޕާޓީއަކީ ވަކި ފަރުދެއްގެ މޫނަށް ބަލައިގެން ސިޔާސަތު ކަނޑައަޅާ ޕާޓީއެއް ނޫން ކަމަށާއި، ޕާޓީން އަބަދުވެސް ތާއީދުކުރަނީ އިންސާފާއި ހަމަތަކަށް އަދި ރައްޔިތުންގެ މަސްލަހަތަށް ކަމަށެވެ. މީގެ ކުރިން ރައީސް ޢަބްދުﷲ ޔާމީނަށް ތާއީދުކުރީވެސް އެ އުސޫލުތަކުގެ މަތީގައި ކަމަށާއި، އެ އުސޫލުތަކުން ޕާޓީ ބޭރުވާ ދުވަހަކު އޭނާވެސް އެ ޕާޓީގައި ނުހުންނަވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިއަދު އެ ތަރައްޤީގެ ފިކުރު އިސްނަންގަވައިގެން ކުރިއަށް ގެންދަވާ ލީޑަރަކީ ރައީސް މުޢިއްޒު ކަމަށްވާތީ، ޕާޓީގެ މުޅި ސަފު އެމަނިކުފާނާއެކު ބަދަހިކޮށް އޮތް ކަމަށާއި، ޕާޓީއަށް މެންބަރުން އިތުރުވަމުންދަނީވެސް އެ ސަބަބާ ހުރެ ކަމަށް ފާހަގަކުރެއްވިއެވެ.

ސިޔާސީ މާޒީއަށް އިޝާރާތް ކުރައްވަމުން ޝުޖާއު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާމެދު ކަންކުރެއްވި ގޮތުން، ރައީސް މައުމޫން އެމްޑީޕީގެ ޕޯޑިއަމަށް ވަޑައިގަތުމުން އާންމުން ރައީސް ޔާމީނުގެ ފިކުރަށް ބަދަލުވި ކަމަށެވެ. އަދި މިހާރު ރައީސް ޔާމީން އުފެއްދެވި ޕީއެންއެފްއިން މީހުން ވަކިވަމުންދަނީ ޕީއެންސީން ނުފޫޒު ފޯރުވައިގެން ނޫން ކަމަށާއި، އެއީ ޚުދު އެމަނިކުފާނު ކުރިން ދެއްކެވި މަގު ދޫކޮށް އެހެން ފަރާތްތަކާ ގުޅިވަޑައިގަތުމުން ރައްޔިތުންނަށް ޤަބޫލުނުކުރެވިގެން ވާ ގޮތެއް ކަމަށްވެސް ވިދާޅުވިއެވެ.

2023 ވަނަ އަހަރު ރައީސް ޔާމީން ޖަލު ޙުކުމެއްގައި ހުންނެވުމުން ވާދަނުކުރެއްވުމުން، ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް މުޢިއްޒާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކަށްފަހު، ގިނަ މެންބަރުން ވަނީ ސަރުކާރާއެކު ދެމިތިބެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީވެސް ކާމިޔާބުކޮށްފައެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ޝުޖާއު ވިދާޅުވީ، ޕީއެންސީއަށް ފާޑުކިޔަމުންދަނީ އެކަން ނުކުރަންޖެހޭ ފަރާތްތަކުން ކަމަށާއި، ކުރިއަށް އޮތް ޕާޓީގެ މަތީ މަޖިލީހުގައި ޕާޓީގެ އޮނިގަނޑު އިތުރަށް ހަރުދަނާކުރަންޖެހޭ ކަމަށެވެ. އަދި ޕީއެންސީން އަބަދުވެސް ހިންގާނީ ރައްޔިތުން އިސްކުރާ ވެރިކަމެއް ކަމުގައި ވިދާޅުވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދިނުމަށްޓަކައި ޕާޓީގެ އެންމެހައި މެންބަރުން އެކަތިގަނޑަކަށްވެ މަސައްކަތްކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރަސްމާލެ މަޝްރޫޢަކީ ދިވެހިންގެ ދީނާއި ސިޔާދަތާއި މިނިވަންކަން ކަށަވަރުކުރެވިގެން، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ހިންގޭނެ މަޝްރޫޢެއް
ރަސްމާލެ މަޝްރޫޢަކީ ދިވެހިންގެ ދީނާއި ސިޔާދަތާއި މިނިވަންކަން ކަށަވަރުކުރެވިގެން، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ހިންގޭނެ މަޝްރޫޢެއް
މާލެ ސަރަޙައްދުގައި ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމުގައިވާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވާހަކަދެކެވޭކަން ޤަބޫލުފުޅުކުރައްވާކަން ފާހަގަކުރައްވާ، އެ މަޝްރޫޢުގެ ޙަޤީޤަތްތައް ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލެ މަޝްރޫޢާ ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ޙަޤީޤީ ކަންބޮޑުވުންތަކާއި، އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމެއްގައި ފަތުރަމުންދާ ތުހުމަތުތަކާ ދެމެދު ތަފާތެއްވާކަމުގައެވެ.
ޚަބަރު 21 Oct 2026
ޖީ.ޖީ.އެސް.ޓީ އާއި ވިތުހޯލްޑިންގ ޓެކްސް މަތިވެ، ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ 7 އިންސައްތަ އިތުރުވެއްޖެ
ޖީ.ޖީ.އެސް.ޓީ އާއި ވިތުހޯލްޑިންގ ޓެކްސް މަތިވެ، ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ 7 އިންސައްތަ އިތުރުވެއްޖެ
މި ކުރިއެރުމަކީ މައިގަނޑު ގޮތެއްގައި އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް )ޖީ.ޖީ.އެސް.ޓީ(، ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސް އަދި އާމްދަނީގެ އެހެނިހެން މުހިންމު ދާއިރާތަކުން ލިބުނު މިންވަރު އިތުރުވުމުގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ.
ޚަބަރު 21 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގެންފި
މި ދަތުރުފުޅަކީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރައީސަކު، ޕާކިސްތާނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި މި ދަތުރުފުޅުގައި ބާއްވަވާ ބައްދަލުވުން ތަކަކީ މި މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ބޭއްވޭ އެންމެ މަތީ ފަންތީގެ ފުރަތަމަ ރަސްމީ ބައްދަލުވުންތަކެވެ.
ޚަބަރު 21 Oct 2026
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ލިލީމީޑް / އއ. ރަސްދޫ، މުޙައްމަދު ޢުލްވާން ރަޝީދު )21އ( އާއި، ގުލްދަސްތާގެ / އއ. ރަސްދޫ، އަޙްމަދު ޢަރީފު )37އ( އާއި، ހަވާމަންޒިލް / އއ. ރަސްދޫ، އިބްރާހީމް ދިނާން )30އ( އާއި، ފެހިވިނަ / އއ. ރަސްދޫ، އަޙްމަދު އިކުލީލް )37އ( އާއި، ކާރނޭޝަންމާގެ / އއ. ރަސްދޫ، އަޙްމަދު މުޙައްމަދު )44އ( އަދި ކާރނޭޝަންމާގެ / އއ. ރަސްދޫ، ޢަލީ ވަސީމް )44އ( އާއި، ވިދުވަރުގެ / ހދ. ކުމުންދޫ، ލީނާ މޫސާ )23އ( އާއި، ހިކިފިނިފެންމާގެ / އއ. ތޮއްޑޫ، ރިމާޒު މުޙައްމަދު )29އ( ގެ އިތުރުން ބަންގްލަދޭޝް، މެހެދީ ހަސަން )27އ( އެވެ.
ޚަބަރު 18 Oct 2026