ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 12 Jul 2026

ޤަޠަރުގެ ކުރީގެ އަމީރު ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އައްޘާނީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމާ ގުޅޭގޮތުން ތައުޒިޔާގެ މެސެޖު ޝާއިޢުކުރައްވާފައިވަނީ މިއަދު އެކްސް މެދުވެރިކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޝައިޚް ޙަމަދު ބިން ޚަލީފާ އައްޘާނީ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނަކީ ޤަޠަރުގެ ތަރައްޤީއާއި ކުރިއެރުމަށް ދުރުވިސްނޭ މުހިންމު މަސައްކަތްތަކެއް ކޮށްދެއްވި ލީޑަރެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި، ޤަޠަރުގެ މިހާރުގެ އަމީރު ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އައްޘާނީއަށާއި، އެ ޤައުމުގެ ޝާހީ އާއިލާއަށާއި، ސަރުކާރަށް އަދި ޤަޠަރުގެ އަޚުވަންތަ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިޚްލާޞްތެރި ތައުޒިޔާ ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، މަރްޙޫމް ޝައިޚް ޙަމަދު ބިން ޚަލީފާ އައްޘާނީގެ ފުރާނަފުޅަށް މާތްﷲ ރަޙްމަތްލައްވައި، ސުވަރުގޭގެ އެންމެ މަތީ ދަރަޖަ މިންވަރުކުރެއްވުން އެދި ދުޢާކުރައްވަމުންނެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ: މެޑަމް ސާޖިދާ
އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ: މެޑަމް ސާޖިދާ
ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން، ކ. ކާށިދޫގައި ބޭއްވި "އިސްރަށްވެހިންގެ ސައްލާ" ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވަމުން، އިސްރަށްވެހިންނަށް ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ފާހަގަކުރައްވައިފިއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއިން ޚާއްޞަ އިސްކަމެއް ދޭންޖެހޭ މުހިންމު ދާއިރާއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 10 Oct 2026
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް: ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް: ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ދިވެހިރާއްޖޭގައި ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އެ ދާއިރާއަށް ބޭނުންވާ ސިޔާސަތުތަކާއި ޤާނޫނީ އިޞްލާޙުތައް ގެނައުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސް މެދުވެރިކުރައްވައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ޚަބަރު 10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާމެދު ދެކޭ ނުރަނގަޅު ވިސްނުންތައް ދޫކޮށްލުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި
ނަފްސާނީ ދުޅަހެޔޮކަމާމެދު ދެކޭ ނުރަނގަޅު ވިސްނުންތައް ދޫކޮށްލުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި، ނަފްސާނީ ބަލިތަކާއި ދަތިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކާމެދު މުޖުތަމައުގައި އޮންނަ ނޭދެވޭ ވިސްނުންތައް ނައްތާލައި، އެފަދަ ފަރާތްތަކަށް އަޅާލުމާއި އެއްބާރުލުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
ޚަބަރު 10 Oct 2026
9 މަސް ދުވަހުން ބީއެމްއެލްއިން ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ
9 މަސް ދުވަހުން ބީއެމްއެލްއިން ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ
މި މުއްދަތުގައި ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު %26 ގެ ކުރިއެރުމެކެވެ. 2025 ވަނަ އަހަރުގެ މުޅި އަހަރު ބޭންކަށް ލިބިފައިވަނީ 2.47 ބިލިއަން ރުފިޔާގެ ސާފު ފައިދާއެވެ.
ވިޔަފާރި 09 Oct 2026