މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި

މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި

ހ ހަޅަ
ޚަބަރު 04 Dec 2025

ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ.މާމެންދޫ / ޓިވެގާލައިޓް ، ނާޝިދު އިބްރާހީމް (53އ) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މާލެއިން ދާ ބޯޓަކުން މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރާކަމަށް މާމެންދޫ ފުލުހަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުންކަމަށް ބުނެފައިވެއެވެ. 

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ އާއި ދަތުރުކުރި ބޯޓު ބަލައިފާސްކުރިއިރު، ބޯޓުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށެވެ. އަދި މިތަކެތީގެ ވަގުތީ ބަރުދަނަކީ 50 ގުރާމެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 8 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ހެއިޓީ އާއި ސްކޮޓްލޭންޑް ކުރިމަތިލަނީ
ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ހެއިޓީ އާއި ސްކޮޓްލޭންޑް ކުރިމަތިލަނީ
ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސީގެ ފޯރިގަދަ ކުރިމަތިލުންތައް ފެށުމަށް ތައްޔާރުވެފައިވާއިރު، ހެއިޓީ އާއި ސްކޮޓްލޭންޑް ބައްދަލުކުރާ މުހިންމު މެޗަށް ދެ ޓީމުންވެސް ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.
ކުޅިވަރު 13 Jun 2026
ބްރެޒިލާއި މޮރޮކޯ ބައްދަލުކުރާ ފޯރިގަދަ މެޗަށް ދުނިޔޭގެ ސަމާލުކަން
ބްރެޒިލާއި މޮރޮކޯ ބައްދަލުކުރާ ފޯރިގަދަ މެޗަށް ދުނިޔޭގެ ސަމާލުކަން
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ހިމެނޭ ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރު ބްރެޒިލާއި މޮރޮކޯ ބައްދަލުކުރާ ފޯރިގަދަ މެޗަށް ފުޓްބޯޅަ ދުނިޔެ އިންތިޒާރު ކުރަން ފަށައިފިއެވެ.
ކުޅިވަރު 13 Jun 2026
ގްރޫޕް ބީގެ ފޯރިގަދަ ކުރިމަތިލުމެއްގައި ގަތަރާއި ސުވިޒަލޭންޑް ބައްދަލުކުރަނީ
ގްރޫޕް ބީގެ ފޯރިގަދަ ކުރިމަތިލުމެއްގައި ގަތަރާއި ސުވިޒަލޭންޑް ބައްދަލުކުރަނީ
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފޯރިގަދަވަމުންދާއިރު، ގްރޫޕް ބީގެ އެންމެ މުހިންމު އެއް މެޗުގައި ގަތަރާއި ސުވިޒަލޭންޑް ބައްދަލުކުރުމަށް ތައްޔާރުވެއްޖެއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 13 ވާ ހޮނިހިރު ދުވަހުއެވެ. މެޗު ބާއްވާ ގައުމުގެ ގަޑިން މެންދުރުފަހު 3:00 ގައި މި މެޗު ފެށޭއިރު، ދިވެހިރާއްޖޭގެ ގަޑިން މެޗު ފެށޭނީ ޖޫން 14 ވާ އާދިއްތަ ދުވަހުގެ ދަމުން 12:00 ގައެވެ.
ކުޅިވަރު 13 Jun 2026
ވޯލްޑް ކަޕްގެ ތާރީޚުގައި ކެނެޑާއިން ފުރަތަމަ ޕޮއިންޓް ހޯދައިފި
ވޯލްޑް ކަޕްގެ ތާރީޚުގައި ކެނެޑާއިން ފުރަތަމަ ޕޮއިންޓް ހޯދައިފި
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކެނެޑާ އާއި ބޮސްނިއާ އެންޑް ހެރްޒެގޮވީނާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ކެނެޑާގެ ފިރިހެން ގައުމީ ޓީމުން ވޯލްޑް ކަޕްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޕޮއިންޓެއް ހޯދައި ތާރީޚީ ކާމިޔާބީއެއް ހާސިލްކޮށްފިއެވެ.
ކުޅިވަރު 13 Jun 2026