ރައީސް މުޢިއްޒު ނޭޝަން ޗެޓް ޕްރޮގްރާމްގައި ވާހަކަދައްކަނީ
ރައީސް މުޢިއްޒު ނޭޝަން ޗެޓް ޕްރޮގްރާމްގައި ވާހަކަދައްކަނީ

މިއަހަރު ނިމުމުގެ ކުރިން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު އޮޕަރޭޝަނަލް ބޭނުންތަކަށް ފައްތަނީ: ރައީސް މުޢިއްޒު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި (ކޯޕަރޭޓް ގަވަރނަންސް ވަރުގަދަކުރުމަށް)، އެ ކުންފުނިތަކަށް ހަގީގަތުގައި ބޭނުންވާ މިންވަރަށް މުވައްޒަފުންގެ އަދަދު މިއަހަރު ނިމުމުގެ ކުރިން ފައްތާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ކުންފުނިތަކުގެ އޮޕަރޭޝަނަލް ބޭނުންތަކަށްވުރެ އިތުރަށް މީހުން ނަގާފައިވަނީ ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަކިނުކުރުމަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށް ނުވަތަ ޑައުންސައިޒްކޮށްފައި ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ސަރުކާރުގެ ބައެއް ކުންފުނިތަކަށް މުވައްޒަފުން ނަގާފައިވަނީ ހަގީގަތުގައި ބޭނުންވާ މިންވަރަށްވުރެ އެތައް ގުނައެއް އިތުރަށް ކަމަށާއި، އޭގެ ސަބަބުން އެއްވެސް މަސައްކަތެއް ނުކޮށް، ހަމައެކަނި މުސާރަ ނަގާ ގިނަ އަދަދެއްގެ މުވައްޒަފުން އެބަތިބި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކުންފުނިތައް ހަރުދަނާކުރުމަށްޓަކައި އެއްވެސް ޒިންމާއެއް ނެތި ތިބި މުވައްޒަފުން ދޫކޮށްލަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މުވައްޒަފުން ވަކިކުރުމުގެ މަރުހަލާ ކުރިއަށްދާނީ ވަކިވަކި މުވައްޒަފުންގެ އަޚްލާޤަށާއި، ހާޒިރީއަށާއި މަސައްކަތުގެ ފެންވަރަށް (ޕާފޯމަންސް) ބެލުމަށްފަހު އިންސާފުވެރިކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް އެހެނިހެން ގޮތްގޮތުން ކުރިއަށްދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޚާއްޞަ މިސާލެއްގެ ގޮތުން ރައީސް މުޢިއްޒު ފާހަގަކުރެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑެވެ. ރަށްރަށުގައި ޔުޓިލިޓީ ޚިދުމަތްދޭ އެ ކުންފުންޏަށް "ވަރަށް ގިނަ އަދަދެއްގެ މީހުން" ނަގާފައިވަނީ އެއްވެސް މަސައްކަތެއް ނުކޮށް ގޭގައި ތިބޭ ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. ވަޒީފާތައް ދެމެހެއްޓުމަށް ސަރުކާރުން އިސްކަންދިން ނަމަވެސް، އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ދައްކާ ގޮތުގައި ފެނަކަ އޮތީ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައެވެ. އެހެންކަމުން އެ ކުންފުނީގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް، ޚަރަދުތައް ކުޑަކޮށް، ހިންގުން ހަރުދަނާކުރަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

"ޕާފޯމަންސަށް ބަލާފައި ކުންފުންޏަށް އެންމެ ފައިދާހުރި ގޮތަކަށް މުވައްޒަފުންގެ އަދަދު މަދުކުރަންޖެހޭ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި ބަދަލުތަކަކީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، މިއަހަރު ނިމުމުގެ ކުރިން މުވައްޒަފުންގެ އަދަދު ހަގީގީ ބޭނުންތަކަށް ފައްތަން ގެންގުޅޭ ސިޔާސަތުގެ ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ. ވަޒީފާ ގެއްލޭ ފަރާތްތަކަށް ލިބޭނެ މާލީ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ޚާއްޞަ ޕެކޭޖުތަކެއް ދިނުމަށާއި، އަމިއްލަ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ފެށުމަށް ލުއި ލޯނު ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް މަޖިލީހުގެ ކޮމިޓީއަކަށް ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ނިމިދިޔަ ސަރުކާރުގައި ސަރުކާރު ކުންފުނިތަކަށް 18،000 އަށްވުރެ ގިނަ މުވައްޒަފުން ވަނީ އިތުރުކޮށްފައެވެ. ރަސްމީ ރެކޯޑުތަކުން ދައްކާ ގޮތުގައި، މިގޮތަށް އަދަދުތައް މަތިވެގެން ދިއުމާ ގުޅިގެން ކުންފުނިތަކުގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، ބައެއް ކުންފުނިތަކުގައި ވަޒީފާއާ ގުޅޭ ލިޔެކިޔުންތައް ނެތުމާއި މުވައްޒަފުންގެ ރެކޯޑުތައް ސައްޙަ ނޫން މައްސަލަތައް ވަނީ ފާހަގަކުރެވިފައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026