އައިސީޓީ މާސްޓަރ ޕްލޭން 2 ގެ ރިވިއު މިޝަން ކުރިއަށްގެންގޮސްފި

އައިސީޓީ މާސްޓަރ ޕްލޭން 2 ގެ ރިވިއު މިޝަން ކުރިއަށްގެންގޮސްފި

ހ ހަޅަ
ޚަބަރު 08 Sep 2024

އައިސީޓީ މާސްޓަރ ޕްލޭން 2 ގެ ރިވިއު މިޝަން ކުރިއަށްގެންގޮސްފިއެވެ.

މި ރިވިއު މިޝަން ކުރިއަށްދިޔައީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޔުނިސެފް އަދި ޔުނެސްކޯ ގުޅިގެންނެވެ.

މި ރިވިއު ކުރިއަށް ގެންގޮސްފައިވަނީ ޑިޖިޓަލް ކޮމްޕިޓެންސް އެންޑް ލީޑަރޝިޕް، ޑިޖިޓަލް އެޑިޔުކޭޝަނަލް ރިސޯސް، އިންފްރާސްޓްރަކްޗަރ އެންޑް ކަނެކްޓިވިޓީ، އަދި އެޑިޔުކޭޝަނަލް ޑޭޓާ މެނޭޖްމަންޓާއި ސިސްޓަމް ޑިވެލޮޕްމަންޓަށް ބިނާކޮށެވެ. އަދި މި މާސްޓަރ ޕްލޭންގެ ދަށުން ކުރިއަށްދިޔަ ޕްރޮޖެކްޓްތައް ރިވިއުކޮށް، ރާއްޖޭގެ ތަޢުލީމީ ލަނޑުދަނޑިތަކާ އެއްގޮތްވޭތޯ ބަލާފައިވެއެވެ. މީގެ އިތުރުން މި ޕްލޭން ތަންފީޒުކުރުމުން ލިބުނު ފިލާވަޅުތައް ދެނެގަނެ، އޭގެ އަލީގައި ކުރިއަށް އޮތް މާސްޓަރ ޕްލޭން އެކުލަވާލުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް އެއްކުރެވިފައިވެއެވެ.

2021 ވަނަ އަހަރު ތަޢުލީމުގެ ޤާނޫނު ތަންފީޒުކުރަން ފެށުމާއެކު، ތަޢުލީމީ ނިޒާމުގެ ތެރެއަށް އައިސީޓީ ހިމެނުމުގެ ބޭނުންތެރިކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް، ތަޢުލީމީ ނިޒާމުގެ ތެރޭގައި އައިސީޓި ހިމެނުމަށް ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) އަދި ނޭޝަނަލް ރެސިލިއެންސް އެންޑް ރިކަވަރީ ޕްލޭން (އެން.އާރް.އާރް) ގައި ވެސް ވަނީ ބާރުއަޅާފައެވެ.

އައިސީޓީ މާސްޓަރ ޕްލޭން 2 (2021-2024) އަކީ އައިސީޓީ ބޭނުންކޮށްގެން އުނގެނުމާއި އުނގަންނައިދިނުން ކުރިއަށްގެންދާއިރު، އެކަންކަން މޮނިޓަރކޮށް އިވެލުއޭޓްކުރެވޭނެ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި ޔުނިސެފް އަދި ޔުނެސްކޯގެ އެހީތެރިކަމާއެކު އެކުލަވާލެވުނު ޕްލޭންއެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރު ކުންފުންޏެއް އުފައްދަވައިފި
މިކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި، އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ޓަކައި، އުފެއްދެވި ކުންފުންޏެކެވެ.
ޚަބަރު 12 Sep 2026
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ތާރީޚުގެ ތެރޭގައި ދިވެހިން ހާސިލުކުރި ކޮންމެ ނަޞްރަކާއި، ޤައުމަށް ލިބުނު ކޮންމެ ތަމައްދުނަކާއި ފާގަތިކަމެއްގެ އަސްލަކީވެސް، މާތްވެގެންވާ އިސްލާމްދީން ކަމުގައި އެމަނިކުފާނު ބަޔާންކުރައްވާފައިވެއެވެ.
ޚަބަރު 12 Sep 2026
ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން - ރައީސް
ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން - ރައީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ޙަޤީޤަތްތަކެއް ކަމަށެވެ. އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަކީ އަމާން، އިތުބާރު ބޮޑު މުޖުތަމަޢަކަށް ބަދަލުވެގެންދިޔަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޚަބަރު 12 Sep 2026
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެ
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދަޢުވަތު އަރުވާފައިވަނީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ބޮޑުވަޒީރު އަންވަރު އިބްރާހީމް، މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޚަބަރު 11 Sep 2026